ރ20 :ުގަ އ2011 ީރައުރްބެ ފ9 ،16 :ުރަބްމަ ނ؟ްއެއަބްނޮ ކ ވުޅޮ މުބާހިތްނި އެގުކަތްލިސްނުއަ ކްލަކ ލ

Sun Magazine

  • Upload
    sun

  • View
    251

  • Download
    11

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine

2ރ0 ގު: އަ2011ރީ ރުއަފެބް 9 ،16 :ބަރުނަމް

މޮޅުީވ ކޮންބައެއް؟ޯލކަލް ކައުންސިލްތަކުގެ އިންތިހާބު

Page 2: Sun Magazine
Page 3: Sun Magazine

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 16 9 ފެބްރުއަރީ 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ ޯސޅަ ވަނަ އަދަދަށް ހުރިހާ ކިޔުންތެރިނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ ފަނަރަ ވަނަ އަދަދަށް ދެއްވި ފުރިހަމަ ތަރުހީބު ޝުކުރުވެރި

ކަމާއެކު ބަލައިގަންނަމެވެ. ސަންގެ ޯސޅަ ވަނަ ޢަދަދު މި ނިކުންނަނީ ރާއްޖެ އަނެއްކާ ވެސް ޮބޑު ބަދަލަކާ

ދިމާ އަށް މިސްރާބު ޖަހާފައިވާ ވަގުތެއްގަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އާރާއި ބާރު ގާނޫނީ ޮގތުން ރައްޔިތުންގެ އަތްމައްޗަށް ލިއްބައިދިނުމަށް ލާޒިމު ކުރާ އިންތިޚާބެއް ނިމިގެންދާ ވަގުތެއްގަ އެވެ. ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް އަންނަ

އިރު މި ބަދަލަށް ހެޮޔ ވެރިކަމެއްގެ ތެރެއިން ފަސޭހަ ޖާގައެއް ލިބިގެން ދިޔުމަކީ ޮކންމެހެން ބޭނުންތެރި ކަމަކަށް ވާނޭ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

ޯލކަލް ކައުންސިލްގެ އިންތިޚާބު ނިމިގެން ދިޔަ އިރު، އެ އިންތިޚާބުން ލިބުނު ފިލާވަޅުތައް ގިނަ އެވެ. ސިޔާސީ މަސްރަހުގެ މޫނުމަތި ބަދަލު ވެފައިވާ ޮގތް ސިފަވިލެއް ފުރިހަމަ އެވެ. ކުދި ރަށްރަށުގައި ކެމްޕޭނުގެ ޯފރި އޭގެ ހައްދުން ނެއްޓި

ބާޒާރީ ވެގެން ދިޔަ އިރު، އަދަބު އަޚުލާގުގެ ކަންފުޅެއް ވެސް އޭގެ ތެރޭގައި ނެތް މަންޒަރު ފެނުނީ މަދެއްޮކށެއް ނޫނެވެ. ޯވޓު ޯހދުމަށް ސިޔާސީން ކުރި ދަތުރު ތަކުގެ ފަހަތުން ނަމޫނާ ލިބިގަންނަން ތިބި މި ގައުމުގެ ޅަ

ޖީލަށް ފެނުނު މަންޒަރުތައް އެހާ ރީތި ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ. އެބައި މީހުންގެ ބަހުރުވަ ރީއްޗެއް ނޫނެެވެ. އަމަލުތައް ވެސް ރީއްޗެއް ނޫނެވެ. އަނެކާ ބަދުނާމު ކުރުމަކީ ކެމްޕޭނުގެ ޮމޅު ކަމެއް ނޫނެވެ.

އަނެކާގެ އަގު ވައްޓާލަން ޮދގު ވާހަކަތައް ފެތުރުމަކީ ދަސްޮކށްދެވޭ ރީތި އާދައެއް ނޫނެވެ. ތިމާ ތާއީދު ކުރާ މީހާ ޮހވުމުގެ އެދުމުގައި އެހެން

ކެންޑިޑޭޓުންގެ އަބުރަށް އަރައިގަތުމަކީ ވަރަށް ދަށް ފެންވަރުގެ އަމަލެކެވެ. ކެންޑިޑޭޓުން ޮހވެން ވާނީ އެ ކެންޑިޑޭޓުންގެ ހުރި ބަރުދަނަކުންނެވެ. އެކަން ވާނީ އަގު ހުރި، ވިއްކޭނެ ޕްޮރޑަކްޓަކަށް

ކެންޑިޑޭޓު ވެގެންނެވެ. އެހެން މީހުން ބަދުނާމުޮކށް، އެހެން މީހުންގެ އަބުރަށް އަރައިގަނެގެން ނޫން ޮގތަކަށް ތިމާ ތާއީދު ކުރާ ކެންޑިޑޭޓު ޮހވޭނެ ކަމަށް ގަބޫލު ނުކުރެވޭ ނަމަ އޭގެން

އެނގެނީ އެންމެ ކަމެކެވެ. އެއީ ތިމާ ޮހވަން މި އުޅޭ ކެންޑިޑޭޓުންގެ އަގެއް ނެތް ކަމެވެ. ޮހވޭ ވަރުގެ ބަރުދަނެއް ނެތް ކަމެވެ.

ޯލކަލް ކައުންސިލްގެ އިންތިޚާބު މި ވަނީ ނިމިގެން ޮގސްފަ އެވެ. ރައްޔިތުންގެ ބަސް ވަނީ އިއްވައިފަ އެވެ. ސަރުކާރު ހިންގާ އެމްޑީޕީން ބުނަނީ އިންތިޚާބުން ޮމޅުވީ އެ

މީހުން ކަމަށެވެ. އިދިޮކޅު ޑީއާރްޕީން ވެސް ބުނަނީ އިންތިޚާބުން ޮމޅުވީ އެ މީހުން ކަމަށެވެ. މައްސަލަ ސާފެވެ. މި ދެބައި މީހުން ވެސް މި ވަނީ ޮމޅު ވެފަ އެވެ. މާލޭގެ ސިޓީ ކައުންސިލް ތަކުގެ މެޯޖރިޓީ އާއި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ޮގނޑިއެއް އެމްޑީޕީ އަށް ލިބުމަކީ ޮބޑު

ކާމިޔާބެކެވެ. އެކަން ގަބޫލު ކުރާން ޖެހެ އެވެ. މުޅި ރާއްޖޭގެ ނަތީޖާ އަށް ބަލާ އިރު ގިނަ އަޮތޅު އަޮތޅު ތަކުގެ އަޮތޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތައް ކާމިޔާބު ކުރީ ޑީއާރްޕީ އެވެ. ޖުމުލަ ޯވޓަށް ބަލާ އިރު ޑީއާރްޕީ ޮއތީ ކުރީގަ އެވެ. އެހެން ކަމުން ޑީއާރްޕީ ވެސް މި ވަނީ ޮމޅު ވެފަ އެވެ. ހަމަ މިއާ އެކު ފާހަގަ ޮކށްލަން ޖެހޭ އަނެއް ކަމަކީ މި އިންތިޚާބުގައި ގިނަ ޢަދަދެއްގެ ޮގނޑިތައް އަމިއްލަ ކެންޑިޑޭޓުން ޯހދާފައިވާ ކަމެވެ. މީގެން އެނގުނު އެއް

ކަމަކީ ބައެއް ސަރަހައްދު ތަކުގައި ޕާޓީ ތަކަށް ޮއތް ތާއިދު ކުޑަ ވެފައިވާ ކަމެވެ. މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ ޯލކަލް ކައުންސިލްގެ އިންތިޚާބުގެ ނަތީޖާއާ

ގުޅޭ ޮގތުން ހައްވާ ލުބުނާ ލިޔުއްވާފައިވާ ޚާއްސަ ރިޯޕޓެވެ. އަޮތޅުތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ތާރީޚާ ގުޅޭ ޮގތުން އާދަމް ހަލީމު ލިޔުއްވާފައިވާ ލިޔުމަކީ ކިޔައިލުން މުހިންމު

ލިޔުމެކެވެ. މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު ޮކލަމްތައް ހިމަނާފައި ވާނެ އެވެ. އަދި އިތުރު ރިޯޕޓުތައް ވެސް ހިމަނާފައި ވާނެ އެވެ. ވިދާޅުވަމުން

ގެންދަވާށެވެ!

Page 4: Sun Magazine
Page 5: Sun Magazine

5

އިންސާނާގެ ކުރިމަތިން ޮދރެއް “ބަންދުވެއްޖެ ނަމަ އެފަދަ

އެއްހާސް ޮދރު އަލުން ހުޅުވެ އެވެ. އިންސާނާއަކަށް ހުރަހެއް

ނެތެވެ،

ކިރުޯބކިބާ

ބޭނުންވާތަކެތި

3 ޯޖޑު ހަނޑޫ3 ކިބަކާށީގެ ކިރު

މާ ފެންޮފދެއްފިނިފެންޮފދެއް

ރާނބާފަތު ފެންޮފދެއް4 ޯޖޑް ހަކުރު

ހަދާނެ ޮގތް

ފުރަތަމަ ހަނޑޫ ފެނުލައްވާށެވެ. ދެން ޮދންނަވައިގެން ފުނޑުއްވާށެވެ. ކާށިން ހުނިގާނުއްވާ

އެއަށްފަހު ކިރުފެއްލަވާށެވެ. ދެން ރާބާފަތުފެން ކައްކަވާށެވެ. އެއަށްފަހު ހަނޑުލުފުށާއި ހަކުރާ އެއްކުރައްވާ ރަނގަޅަށް ގިރުއްވާށެވެ. ދެން ކިރާއ، މާފެން، ރާނބާފަތު ފެނާއި މ ތިން ބާވަތުން ހަ ޯޖޑު އަޅުއްވާށެވެ. ދެން ހިއްލަވަން

އުއްދަވާށެވެ.

ރަނގަޅަށް ޯރފިލާ ހިލުނީމާ ފިއްސަވަން ބޭނުންވާ ތެއްޔެއްގައި ތެޮޔލައްވާ އެހިއްލެވި ފުއްއެތި އޭގެތެރެއަށް އަޅުއްވާށެވެ. ރަނގަޅަށް މަތި ޮއމާން ކުރެއްވުމަށްފަހު

ފިއްސަވަން އުނ+ދުން މައްޗަށް އުއްދަވާށެވެ. ތެލީގެދަށަށް ކުޑަ އަލިފާންޮކޅެއް ލައްވާ މައްޗަށް ވެސް ކުޑަ

އަލިފާންޮކޅެއް ލައްވާ މަޑުގިނީގައި އިރުޮކޅަކު ބަހައްޓަވާފާ ބާލުއްވާށެވެ. ކުޑަޮކށް ރަތްކުލަޖަހާލުމުން އެއްމެ ރަނގަޅެވެ.

ޒަރީނާ އިބްރާހިމް ދީދީ

ދިވެހިކާނާ 1 އިން ނަގައިފައިވާ

Page 6: Sun Magazine

www

ބިއޯވުލްފް"ބިޯއވުލްފް" އަކީ މުސްކުޅި އިނގިރޭސި ބަހުން ޮއންނަ ޝާއިރީ

ދާސްތާނެކެވެ. މިއީ އެންގްޯލ-ސެކްސަން ބަހުގެ އަދަބިއްޔާތުގެ އެންމެ މުހިއްމު އެއް ތަރިކައެވެ. ޤަދީމީ އިނގިރޭސި ވިލާތުގައި ކިޔިފައިވާ ދާސްތާނަކަށް "ބިޯއވުލްފް" ވިޔަސް، ދާސްތާނުގެ ހާދިސާތަކުގެ ފަސްމަންޒަރަކީ މައިގަނޑު ޮގތެއްގައި ޯނރސް މީހުންގެ ސްކެންޑިނޭވިއާއެވެ. މިހާރުގެ ސްވިޑްނާއި ޯނރވޭ ހިމެނޭ ސަރަޙައްދެވެ. ދާސްތާނުގެ ނުވަތަ ދާސްތާނުގައި ކިޔޭ ވާހަކައިގެ ބައެއް ހާދިސާތައް މިހާރުގެ

ޑެންމާރކާއި، ޮހލެންޑާއި، ބެލްޖިއަމުގެ ސަރަހައްދުގައި ވެސް ހިނގާފައިވާ ކަމަށް އައިސްފައި ވެއެވެ.

ބެލެވޭ ޮގތުގައި "ބިޯއވުލްފް" ގެ ވާހަކަ ޅެން ބަހުރުވައިން އެކުލަވައިލެވުނީ މީލާދީން 11 ވަނަ ޤަރުނާއި 8 ވަނަ ޤަރުނާ ދެމެދުގެ

ދުވަސްވަރެއްގައެވެ. މި ވާހަކަ ޅެން ބަހުރުވައަށް ގެނައީ ކާކުޯތ ނުވަތަ ޮކން ބައެއްޯތ އެނގޭކަށެއް ނެތެވެ. އެ ދުވަސްވަރު ލިޔެވުނު ޮކޕީތަކުގެ ތެރެއިން މިހާރު ފެންނަން ޮއތީ ވެސް ހަމަ އެންމެ ޮކޕީއެކެވެ. އެ ޮކޕީއަށް 'ޮނވެލް ޮކޑެކްސް" އެވެ ކިޔެއެވެ. މި ޮކޕީ އެތައް ޒަމާނެއް ވަންދެން ޮއތީ ރައްކާކުރެވިފައެވެ. މީގެ ދުއިސައްތައެއް

އަލްއުސްތާޛު އަޙުމަދު މާޖިދު

ޓު ކިލް އަ މޮކިންގާބރޑްފޮތުގެ ދުނިޔެއިން

އެމެރިކާގެ ލިޔުންތެރިކަމުގެ ތާރީޚުގެ އެންމެ އަލިގަދަ އެއް ދަނޑިވަޅަކީ "ޓު ކިލް އަ ޮމކިންގބާރޑް" ޝާއިޢުކުރެވުނު ދަނޑިވަޅޭ

ދެންނެވުމަކީ ޮދގެއް ނޫނެވެ. 1960 ވަނަ އަހަރު ހާރޕަރ ލީ ލިޔުއްވައި ޝާއިޢުކުރެއްވި "ޓު ކިލް އަ ޮމކިންގބާރޑް" އަކީ ޮދން އަންހެނަކު ރޭޕްޮކށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކަޅު ފިރިހެނެއްގެ

މައްސަލަ ޯކޓުގައި ހިނގައި ދިޔަ ޙާދިސާ ދައްކުވައިދޭ ވާހަކައެކެވެ. ހަމަ އެއާއެކު، ވާހަކައިގެ ފުރިހަމަކަން އިތުރުޮކށްދެނީ ކުޑަ ތިން ކުދީންގެ

މައުސޫމު ދިރިއުޅުމާއި ފިކުރުގެ ދުނިޔެއަށް ކިޔުންތެރިއާ ގެންޮގސްދޭ ޮގތް ފުރިހަމަކަމުންނެވެ.

ތުހުމަތު ކުރެވުނު ކަޅު ފިރިހެން މީހާގެ ދިފާޢުގައި ޯކޓުގައި ވަކާލާތުކުރަނީ ވާހަކައިގެ ބަޠަލް އެޓިކަސް ފިންޗެވެ. އެމެރިކާގެ އަދަބީ

ދުނިޔޭގައި އާއްމުޮކށް ބެލެވޭ ޮގތުގައި ނާވިލެއްގެ ބަޠަލެއްގެ ހައިސިއްޔަތުން އެންމެ ގިނަ ބައެއްގެ ޯލބި ޯހދާފައިވާ ޝަޚްސިއްޔަތަކީ އެޓިކަސްއެވެ.

ފާހަގަޮކށްލަން ޖެހޭ އަނެއް ކަމަކީ "ޓު ކިލް އަ ޮމކިންގބާރޑް" އަށް 1960 ވަނަ އަހަރު އެމެރިކާގެ އަދަބީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް

އެޯވޑު ކަމުގައި ވާ "ޕުލިޓްޒަރ ޕްރައިޒް" ލިބިފައިވާ ކަމެވެ.

ހައި އަހަރު ކުރިޔާ ހަމައަށް އައި އިރު އިނގިރޭސި ވިލާތުގައި "ބިޯއވުލްފް" ދަންނަނީ އަދަބިއްޔާތުގެ ޢިލްމުވެރީންގެ ތެރެއިން ވެސް މަދު ބައެކެވެ. ނަމަވެސް މީލާދީން 1815

ވަނަ އަހަރު "ބިޯއވުލްފް" ޗާޕްޮކށް ޝާއިޢުކުރުމުން މުޅި އިނގިރޭސި ވިލާތުގައި އެ ވާހަކަ މަޝްހޫރުވެގެން ދިޔައެވެ.

"ބިޯއވުލްފް" އަކީ މި ޒަމާނުގެ ފެންޓަސީ ނާވިލުތަކަށް ވަރަށް ޮބޑަށް އެ ވާހަކައެއްގެ ނުފޫޒު ޯފރާފައިވާ ވާހަކައެކެވެ. އެ ޮގތުން އެންމެ ޮބޑަށް ފާހަގަޮކށްލަން ޖެހެނީ މަޝްހޫރު "ދަ ޯލރޑް ޮއފް ދަ ރިންގްސް" އެވެ. "ދަ ޯލރޑް ޮއފް ދަ ރިންގްސް" ލިޔުއްވި

ޖޭ. އާރ. އާރ. ޮޓލްކީނަކީ މުސްކުޅި އިނގިރޭސި ބަހުގެ މާހިރެކެވެ. އޭނާގެ ޒަމާނުގައި އިނގިރޭސި ވިލާތުގައި ތިއްބެވި އެންމެ ޮމޅު ފިޮލޮލޖިސްޓުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އޭނާ ވަރަށް ތަފްސީލީ ޮގތެއްގައި "ބިޯއވުލްފް" މުތާލިއާ ކުރެއްވިއެވެ. އެއަށްފަހު އެ ވާހަކައިގެ މާޙައުލާއި، ޝަޚްސިއްޔަތުތަކާއި، ޙާދިސާތަކުން ވަރަށް ޮބޑަށް ޚިޔާލު ޯހއްދަވައިގެން

އޭނާގެ ޮފތް އެކުލަވައިލެއްވިއެވެ. އިނގިރޭސި އަދަބިއްޔާތުގެ ފާޑުކިޔުންތެރީން ވިދާޅުވާ ޮގތުގައި ފިންލޭންޑްގެ ޤައުމީ ދާސްތާން ކަމުގައިވާ "ކަލެވާލާ" އަށް ފަހު "ދަ ޯލރޑް ޮއފް ދަ ރިންގްސް" އަށް އެންމެ ޮބޑަށް ނުފޫޒު ޯފރުވި ޤަދީމީ ދާސްތާނަކީ "ބިޯއވުލްފް" އެވެ.

އަދަބާއި ފަންނު

6

Page 7: Sun Magazine

7

To commentSUN (comment) and send to 2747

www

ކޫފާގެ އަމީރަށް ވެދުމަކަށް ވަރަށް ރީތި ޙިމާރެއް އެރުވުނެވެ. މި ޙިމާރު ދަރުބާރަށް ގެނެވުމުން ދަރުބާރުގެ ޮބޑުން އެ ޮސރުގެ ރީތިކަމަށް ތަޢުރީފުކުރައްވައި، އެފަދަ ރީތި ހަދިޔާއެއް އަމީރަށް ލިބިވަޑައިގެންނެވީތީ އޭނާއަށް މަރުޙަބާ ދަންނަވައި ހެއްދެވިއެވެ. މި މަޖިލީހުގައި ދަރުބާރުގެ ޮބޑުންގެ ތެރެއިން ޚުޝާމަދުގެ ޮރނގުގައި އާދަޔާ ޚިލާފަށް ކުރީގައި ހުންނެވި ބޭފުޅެއް ކަމުގައިވާ ސައުދުލް ކޫފީ ވިދާޅުވިއެވެ.

"މި ހިމާރުގެ ސޫރަ ވެސް އާދައިގެ ޙިމާރުތަކާ ތަފާތެވެ. އެ ޮސރުގެ ބުއްދި ވެސް އާދައިގެ ޙިމާރުތަކަށް ވުރެ ޮމޅު ވާނެއެވެ. އަޅުގަނޑަށް ފެންނަ ޮގތުގައި މި ޙިމާރަށް ޮފތް ކިޔަން ވެސް ދަސްޮކށްދެވިދާނެއެވެ." ކޫފީގެ ވާހަކަ މިހައި ހިސާބަށް ގެންދެވުމުން އަމީރު ވިދާޅުވިއެވެ. " އަވަހަށް މަސައްކަތް ފައްޓަވާށެވެ. ޙިމާރަށް

ކިޔަން ދަސްވެއްޖެ ނަމަ ކޫފީއަށް މަތިވެރި އިނާމާއި ތަޝްރީފު ހުއްޓެވެ. ނޫންނަމަ ދަރުބާރުގެ ޢިއްޒަތް ދޫޮކށްލައްވައި، އަޅުގަނޑުގެ ޙިމާރުތައް ބަލަހައްޓާ ޚައްދާމެއްގެ

ވަޒީފާއާ ހަވާލުވެވަޑައިގަންނަވަން ޖެހޭނެއެވެ." އަމީރުގެ ބަސްފުޅު އިވިލެއްވުމުން ކޫފީގެ މޫނުފުޅުގެ އުޖާލާކަން ގެއްލި، ލަދުވެތިކަމާއި ހާސްކަމުގެ ސަބަބުން އޭނާގެ އިސް ދަށަށް ޖެހިއްޖެއެވެ. ނަމަވެސް އިތުރު ޚިޔާރެއް ނެތުމުން، އަމީރުގެ އަރިއަހުގައި "ތިޔަކަމަށް

ޓަކައި ދިހަވަރަކަށް ދުވަސް ދެއްވާށޭ" ދަންނަވާފައި، ޙިމާރު ޮގވައިގެން ގެއަށް ދުރުވީއެވެ. އިއްތިފާޤުން އެ ދުވަސްވަރު ބަހުލޫލުލް މަޖުނޫން ހުރީ ދަތުރުވަރިއެއްގައި

ކޫފާގައެވެ. ޙިމާރުގެ ޙާދިސާ ހިނގި ދުވަހު ބާޒާރުމަތީން ކޫފީއަށް ބަހުލޫލު ފެނިލައްވައިގެން އޭނާޔާ ވާހަކަދެއްކެވިއެވެ. އެ ދުވަހު ދަރުބާރުގައި ހިނގި ކަންތަކުގެ ވާހަކަ ބަހުލޫލަށް ކިޔައިދެއްވިއެވެ. ކޫފީގެ ވާހަކަ އަޑުއަހާފައި ބަހުލޫލު ފުރަތަމަ ފެށީ

ހޭށެވެ. އެތައް އިރެއް ވަންދެން ހުނުމަށް ފަހު އޭނާ ދެންނެވިއެވެ. " އަޅުގަނޑު ދަންނަވާ ޮގތަކަށް ހައްދަވާށެވެ. ޙިމާރަށް ކާން ނުދީ އިރުގަނޑަކު ބާއްވަވާށެވެ. އަދި

ޮފތެއްގެ ސަފުހާތަކުގެ ތެރެއަށް ޮގވާން އަޅުއްވާށެވެ. ޙިމާރު ބަނޑުހައިވާހައި އިރު ވުމުން ޙިމާރުގެ ކުރިމަތީގައި ޮފތް ބާއްވަވާފައި، ފަހަރަކު ސަފުޙާއެއް އެއްލަވާށެވެ. ޮކންމެ

ސަފުހާއެއް ވެސް އެއްލެވީމާ، ޙިމާރު އެ ސަފުހާގައި ހުރި ޮގވާން ފުއްތައް ކާނެއެވެ. އެ ސަފުހާގައި ހުރި ޮގވާން ހުސްވުމުން އަނެއް ސަފުހާ އެއްލަވާނީއެވެ. ދިހަ ދުވަސް ވަންދެން ވާ އިރު ޙިމާރު ވެސް ޮއންނާނީ އެ ކަމަށް އާދަވެފައެވެ. ދިހަ ވަނަ ދުވަހު

ދަރުބާރަށް ވަޑައިގަންނަވާނީ ޙިމާރު ނިކަން ޮބޑަށް ބަނޑުހައިކަމުގައި ބާއްވަވައިގެންނެވެ. އެ ދުވަހު ޮފތް ގެންދަވައި ޙިމާރުގެ ކުރިމަތީގައި ބާއްވަވާ އިރު، ޮފތުގެ ސަފުހާތަކުގެ

ތެރެއަށް ޮގވާން އަޅުއްވާނެކަމެއް ނެތެވެ. ޮފތް ފެނުމުން ހިމާރު ޮގވާންފުއްތަކުގެ ބޭނުމުގައި ސަފުހާތައް އުކައި، ޮކންމެ ސަފުހާއެއްގައި ވެސް މޫނު އުނގުޅައި، ވަސް

ގަނެ، ދޫލައި، ޮގވާން ހުރިޯތ ބަލާނެއެވެ. ބަލަން ހުންނަ މީހަކަށް ސިފަވާނީ ހިމާރު ޮފތް ކިޔާ މަންޒަރެވެ."

ބަހުލޫލު ބުނި ޮގތަށް ކޫފީ ހުރިހާ ކަމެއް ކުރެއްވިއެވެ. ކަންތައް ވީ ވެސް ބަހުލޫލު ބުނިޮގތަށެވެ. ދަރުބާރުގައި، އަމީރާއި އެހެނިހެން ޮބޑުންގެ ކުރިފުޅުމަތީގައި ހިމާރު ބާއްވާފައި، ހިމާރުގެ ކުރިމަތީގައި ޮފތް ބޭއްވުމާއެކު، އެ ޮސރު އަވަސް އަވަހަށް ޮފތުގެ ސަފުހާތައް އުކައި، ޮގވާމުގެ ފުއްތައް ފެނޭޯތ ޯހދަން ފެށިއެވެ. ފަހަރަކު ސަފުހާއެއް އެއްލަމުން ގެންދިޔައެވެ. އަމީރާއި އަރިސް ބޭފުޅުން މަންޒަރު ބައްލަވަން ތިއްބެވީ

އަންތަރީސް ވެވަޑައިގެންފައެވެ. އެންމެ ފަހުން އަމީރު އޭނާ ވައުދުކުރެއްވި ފަދައިން ސައުދުލް ކޫފީއަށް ގިނަގުނަ އިނާމާއި ތަޝްރީފު ދެއްވިއެވެ. އެއީ ހިމާރަށް ޮފތްކިޔަން ދަސްޮކށްދެއްވީތީއެވެ. މި ހާދިސާއާ ވިދިގެން ކޫފީގެ ހިތްޕުޅަށް އެރިއެވެ. ތެދެކެވެ.

ބަހުލޫލުލް މަޖުނޫނަށް ލިބިފައި ހުރި ކަހަލަ ބުއްދިއެއްގެ ބާރުގައި ނުކުރެވޭނޭ ކަންތައް ދާދި މަދުވާނެއެވެ.

ދާސްތާނުގައި ކިޔިފައިވާ ޮގތުގައި "ބިޯއވުލްފް" އަކީ ސްކެންޑިނޭވިއާ ގައި އުޅުނު "ގީޓްސް" އެވެ ކިޔޭ ޤަބީލާއަކަށް ނިސްބަތް ވާ ހަނގުރާމަވެރި ބަހާދަރެކެވެ. އޭނާއަކީ ހަށިގަނޑުގެ ބާރާއި، ހިތްވަރާއި، ހަނގުރާމައިގެ ހުނަރުތަކުގެ ޮގތުން ބަލާ އިރު އާދައިގެ އިންސާނުންނަށް ވުރެ އެތައް ގުނައެއް ކުޅަދާނަ މީހެކެވެ. ވާހަކައިގެ ބަޠަލަކީ އޭނާއެވެ. އަދި ވާހަކައިގެ މައިގަނޑު އެކުލެވިފައި ވަނީ ނުރައްކާތެރި ތިން ދުޝްމަނަކާ އޭނާ ކުރާ ހަނގުރާމައިގެ މައްޗަށެވެ. މީގެ ތެރެއިން އެއް ދުޝްމަނަކީ ގްރެންޑެލް އެވެ ކިޔުނު ނުލަފާ ފުރޭތައެކެވެ. ދެވަނަ ދުޝްމަނަކީ ގްރެންޑެލްގެ މައި

އެތި ކަމުގައި ހިމެނުނު ފުރޭތައެކެވެ. ތިންވަނަ ދުޝްމަނަކީ ނުރައްކާތެރި ޑްރޭގަނެކެވެ. މީގެ ތެރެއިން ގްރެންޑެލް އާއި އެ ޮސރުގެ މައި އެތި ބިޯއވުލްފްގެ އަތުން

މަރުވަނީ ބިޯއވުލްފް ގެ ޒުވާން އުމުރުގައެވެ. އެ ދުވަސްވަރު "ޑޭން" ދަރިޮކޅުގެ ރަސްކަލެއް ކަމުގައިވާ ޮރތުގަރ އުޅުއްވި ޝަހަރަށް ގްރެންޑެލް އަރައި، މީސްތަކުން ދިރިތިއްބައި ކައި ހަދާތީ އެ ފުރޭތައިގެ ކިބައިން ސަލާމަތްޮކށްދޭނޭ މީހަކު ޯހދަން އޭނާ އިއުލާންކުރެއްވުމުން، އެ ކަން ޮކށްދޭން ވެގެން ކަނޑު ހުރަސްޮކށްފައި އައީ ބިޯއވުލްފެވެ. ބިޯއވުލްފް އޭނާގެ ހިތްވަރާއި އާރާއި ބާރު ބޭނުންޮކށްގެން ގްރެންޑެލް

މަރާލައެވެ. އަދި ގްރެންޑެލްގެ މައި އެތި ވެސް މަރާލައެވެ. އެއަށްފަހު އޭނާ އެނބުރި އަމިއްލަ ވަޒަން ކަމުގައިވާ ގީޓްލޭންޑަށް ޮގސް ފަންސާސް އަހަރު ވަންދެން އޭނާގެ އަހުލުވެރީންގެ މައްޗަށް ރަސްކަން ކުރެއެވެ. އެއަށްފަހު ޑްރެގަންގެ ޙަމަލާއާ

ކުރިމަތިލައި ޑްރެގަން މަރާލައެވެ. ނަމަވެސް ޑްރެގަން މަރުވެގެން ދާ އިރު ބިޯއވުލްފް ވެސް ވަރަށް ޮބޑަށް ޒަޚަމުވެ، އެ ޒަޚަމުގެ ސަބަބުން އޭނާ މަރުވެއެވެ. މިއީ

ވާހަކައިގެ ނިމުމެވެ."ބިޯއވުލްފް" ގެ ދާސްތާނުގައި ކިޔޭ ޮގތުން، އެ ވާހަކައިގައި

ބަޔާންކުރެވިފައިވާ ޙާދިސާތައް ހިނގަނީ މީލާދީން 5 ވަނަ ޤަރުނުގެ ތެރޭގައެވެ. އެއިރު އެންގްޯލ ސެކްސަން ދަރިޮކޅުގެ މީހުން އިނގިރޭސި ވިލާތަށް ހިޖުރަކުރަން ފަށައިފިއެވެ. މީލާދީން 7 ވަނަ ޤަރުނު ފެށުމުގެ ކުރީން އިނގިރޭސި ވިލާތުގައި އުޅުނު އެންގްޯލ ސެކްސަން މީހުންނާއި، ސްކެންޑިނޭވިއާގައި އުޅުނު ޖަރމޭނިކް

ނަސްލުތަކުގެ މީހުންނާ ދެމެދުގައި ގުޅުންތައް އުފެދިފައި ވެއެވެ. "ގީޓް" ނަސްލަކީ ވެސް މި ދެންނެވި "ޖަރމޭނިކް" ނަސްލުތަކުގެ ތެރެއިން އެއް ނަސްލު ކަމުގައި ވާތީ، "ބިޯއވުލްފް" ގެ ވާހަކަ މުސްކުޅި އިނގިރޭސި މުޖުތަމަޢަށް ވާސިލުވެފައި ވަނީ ގީޓުން

ގެ ފަރާތުން ކަމަށް ވަރަށް ޮބޑަށް ބެލެވެއެވެ.ސްވިޑްނާއި ޑެންމާރކް ފަދަ ޤައުމުތަކުގައި މި ޒަމާނުގައި ކުރެވިފައިވާ

ތާރީޚީ އަދި އާރކިޮއޮލޖިކަލް ދިރާސާތަކުން ދޭހަވާ ޮގތުގައި "ބިޯއވުލްފް" ގެ ދާސްތާނަކީ ހިނގާފައިވާ ތާރީޚީ ޙާދިސާއެއްގެ ތެރެއިން އުފަންވެފައިވާ ޚިޔާލީ

ދާސްތާނަކަށް ވުން ވަރަށް ކައިރިއެވެ.

ބަހުލޫލުގެ ލަާފ

Page 8: Sun Magazine
Page 9: Sun Magazine

ސިއްކަ

މީލާދީން 1442 އިން 1467 އަށް، އަދި މީލާދީން 1467 އިން 1468 އަށް ދިވެހި ރާއްޖޭގެ ވެރިކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ތިންވަނަ ރާދަވީރު މަހާރަދުން، ނުވަތަ ހަދި ޙަސަން

ރަސްގެފާނަކީ ދިވެހި ރާއްޖޭގެ ރަސްރަސްކަލުންގެ ތެރެއިން އާދަޔާ ޚިލާފަށް ފާހަގަކުރެވޭ ރަސްކަލެކެވެ. ބައެއް ރަސްރަސްކަލުން ފާހަގަކުރެވެނީ ޤައުމަށް ޮކށްދެއްވާ ޮބޑެތި ޚިދުމަތްތަކުގެ ސަބަބުންނެވެ. އަނެއްބައި ރަސްރަސްކަލުން

ފާހަގަކުރެވެނީ ޤައުމަށް ބޭވަފާތެރިވުމާއި، ޤައުމުގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމުންނެވެ.

މިޮގތުން ބަލާ އިރު، މި ރަދުންނަކީ މަތީގައި ލިޔެވިފައި އެވާ ނަމުން ވެސް ޮކންމެވެސް ކަހަލަ އެކަށީގެން ނުވާ ސިފަފުޅުތަކެއް ހުރި

ބޭފުޅެއްކަން ކިޔުންތެރީންނަށް އެނގިވަޑައިގަންނަވާނެއެވެ. "ހަދި" މި ބަހަކީ އެ ރަސްގެފާނު ކުރެއްވި ނުބައި ކަންތައްތަކުގެ ސަބަބުން ކިޔާފައި ޮއތް ނަމެކެވެ. އޭނާއަކީ ޙައްޖުވެރިއަކަށް ވިޔަސް، ޙައްޖުވެރީންނަށް ދިވެހީންގެ

ތެރޭގައި ކިޔެމުން އަންނަ "ޙާޖީ" ގެ ނަން ނުކިޔަން ވެގެން ކިޔާފައި ޮއތް ނަމެކެވެ. އާދެ، މި ރަސްގެފާނު ޙައްޖަށް ވަޑައިގެންފައި އެނބުރި ރާއްޖެއަށް ވަޑައިގެންނެވި އިރު، ބުނެވޭ ޮގތުގައި 70 އަޅުން ގެންނެވިއެވެ. މި އަޅުން ރަސްގެފާނު ގެންގުޅުއްވަން ފެއްޓެވީ ދިވެހީންގެ ބަދަލުގައެވެ. ޮކންމެއަކަސް މި ރަދުންނަކީ ދިވެހި ތާރީޚު ދުށް ވަރަށް ވެސް ޮބޑު އަނިޔާވެރިއެކެވެ.

މި ރަދުން ދިވެހި ސިންގާސަނާގައި 25 އަހަރު ރަސްކަން ކުރެއްވި ކަމަށް ތާރީޚު ޢިލްމުވެރީން ވިދާޅުވެއެވެ. މި ރަދުންގެ އަމުރުފުޅަށް ބަދެވުނު ގުރާބެއް

ބާލަން ވެގެން އުޅުނު ދުވަހެއްގައި، އެއްވެފައި ޮއތް މީހުންތަކުގެ ތެރޭގައި ހުރި މާބަނޑު އަންހެނަކު ރަދުން ހިތްޕުޅާ ނުވާ ޒާތުގެ އެއްޗެއް ބުނުމުން، ރަދުންގެ އަމުރުފުޅަށް އެ މަނިއްޕުޅުގެ 70 އަޅުންގެ ތެރެއިން އެކަކު އެ

އަންހެންމީހާ ގުރާބު ބާލަން ބޭނުންކުރެވުނު ކަނދެއްގެ ޮގތުގައި ބާއްވައިގެން މަރާލިއެވެ. މި ކަމާ ދެޮކޅަށް އޭރު ހުންނެވި ފަނޑިޔާރު ކަލޭގެފާނު ވަޢުޠު

ވިދާޅުވެ، އެ ކަން ކުޅަ މީހުންގެ ކިބައިން ބަދަލުހިފަން ޖެހޭނެކަމަށް އެކަލޭގެފާނު ވިދާޅުވުމުން، ރަދުން އެކަމާ ޯކފާވެގެން، ފަނޑިޔާރު ކަލޭގެފާނުގެ ގައިޮކޅުގައި ކަފަ ބަނދެފައި ޯރޮކށްލީއެވެ. މިހެން ކަން ހިނގާފައި ވަނިޮކށް، ރަދުންެގެ ގައިޮކޅުން މާ ވަރުގަދަޔަކަށް ދިލަ ހޫނެއް އަރަން ފެށިއެވެ. މިކަން މިހެން ޮބޑުވަމުން ޮބޑުވަމުން ޮގސް ދެންދެން އަވަހާރަވެދާނޭހެން ހީފުޅުވުމުން، މި ބަލިން ރަނގަޅުވެއްޖެ ނަމަ ރަދުންގެ ދަރިކަލުންނަށް ރަސްކަން ދެއްވަން

ނަދުރެއް ވިދާޅުވިއެވެ. ޮކންމެއަކަސް، އެ ނަދުރާ ވިދިގެން ރަސްގެފާނުގެ

އާލާސްކަންފުޅު މުޅީން ފިލައި ރަނގަޅު ވެއްޖެއެވެ. ބުނެވޭ ޮގތުގައި ދެން ރަސްކަމުގެ ޢިއްޒަތަށް މުޅީންވެސް ނެރުއްވަނީ ދަރިކަލުންނެވެ.

މިޮގތުގެ މަތީން ކަންތައް ހިނގަމުން އައިސް، އެއް ދުވަހަކު ރަސްގެފާނުގެ ދަރިކަލުން ޢިއްޒަތުގައި ހުކުރަށް ވަޑައިގެންފައި، ހަމަ އެ

ފުރިހަމަ ޢިއްޒަތުގައި ނުވަތަ ހަރުބީގައި )މިއީ މި ޒަމާނުގައި ޖަހާ ބޭނެވެ( ވަޑައިގެންނެވިތަން ރަސްގެފާނު ކުޅިބަލާ ގެޮކޅުގައި އިންނަވާފައި ދެކެވަޑައިގެން

ހިތްޕުޅަށް އަރާވަޑައިގަތީ "ތިމަންނާގެ ދަރިފުޅެއް ކަމަކު، ދިވެހި ރާއްޖޭގެ ރަސްކަމަކީ ދޫޮކށްލައިގެން ހުރެވޭ ވަރުގެ ކަމެއް ނޫނެވެ. މި ޮގތަކަށް މިކަމެއް

ނުނިންމޭނެއެވެ." މި ޮގތަށް ޚިޔާލުފުޅު އައުމާއެކު އަނެއްކާވެސް ގައިޮކޅުން ހޫނު އަރަން ފަށައިފިއެވެ. މި ފަހަރު އެ ދިލަނެގުން ރަނގަޅެއް ނުތްވެވެ. އަބަދު ގައިޮކޅަށް ފެން އަޅައި، ވެވެއްގައި އެނދުދާންޮކޅު ބަހައްޓަވައިގެން،

ގައިޮކޅަށް ފިނިވާހެން ހައްދަވައިގެން، މި ވަރުން ވެސް ޮއބި ޯނވެ، އެ އަރާ ހޫނެއްގެ ސަބަބުން ފުރާނަޔަށް ކެތްނުވެގެން އެ ފުރާނަޔާ ހަށިގަނޑާ ދެތަން ވެއްޖެއެވެ. އޭނާގެ ފުރާނަ މަލާއިކަތާ ހިއްޕަވައިފިއެވެ. ބުނެވޭ ޮގތުގައި ދެން ވެސް ހޫނު ކުޑައެއް ނުތްވެވެ. ސަންޯދކަކަށް ވެސް އެޅޭ ޮގތެއް ނުވިއެވެ.

އެންމެ ފަހުން ޖެހުނީ ގަލުން ސަންޯދކެއް ހަދާށެވެ. ތަންޑިޔާ ލައިގެން މި ގާ ސަންޯދކުގައި ރަސްގެފާނު އުފުލުނީ ޮލނުޒިޔާރަތްޮކޅާ ހަމަޔަށެވެ. މިހާރުވެސް ޮލނު ޒިޔާރަތްޮކޅު ޕާކުތެރޭގައި )ރާއްޖޭގެ އަޑުގެ އެންޓަނާތައް ޖަހާފައި އެހެރަ ތަން( އެ ސަންޯދއް އެބަޮއތެވެ. އެއީ ގެންދެވުނު ހިސާބެވެ. އެ ހިސާބުން

ތަންޑިޔާގަނޑުގައި އައްސާފައި ހުރި ވާ އަނދައިގެން ޮގސް ސަންޯދއް ވެއްޓުނީއެވެ. އަޅުގަނޑުމެން ކުޑައިރު ވެސް ގާ ސަންޯދކޭ ކިޔާ ހިރިގަލުގެ ތަންގަނޑެއް ބިމުން މައްޗަށް އުފުލިފައި ޮއވެއެވެ. އަޅުގަނޑުމެން ކުޑައިރު ކިޔައިއުޅެނީ އެއަށް ކުޅުޖަހާފައި ފައިކޭއްތީމާ، ކުޅަށް ލޭކުލަ އަރާ ކަމަށެވެ.

އެހެން އަޅުގަނޑުމެން ހަދައި އުޅެމެވެ. އެއީ އެ ރަސްގެފާނުގެ ސަންޯދކޭ ކިޔާ އަޑު ވެސް އަހައި އުޅެމެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ޮބޑުވަޒީރުކަމުގެ ދުވަސްވަރު އެ ހިސާބުގަނޑު ބަންދުޮކށްގެން، ތާރީޚު ޮކމިޓީގެ މެންބަރުން ޮގވައިގެން އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް ދުރުވެ ހުންނަވައި، އެ

ތަން ޮކނެ ރަނގަޅަށް ސަންޯދއް ނެގިކަމަށް ވެސް މާލެތެރޭގައި ކިޔައިއުޅުނެވެ. އަދި އެ ސަންޯދއްތެރޭ އިންސާނެއްގެ ކަށިގަނޑު، ކަށި ފުރޭނި ފުރޭނި

ޮއތްކަމަށްވެސް ބުނެވުނެވެ.

ސިއްކަގޭ މުހައްމަދު ނަސީމް

ހަދި ޙަސަން ރަސްގެާފނު

9

Page 10: Sun Magazine

މުންޑޫ އާދަމް ހަލީމް

10

ރާއްޖޭގެ ގުދުރަތީ އަޮތޅުތައް ސިޔާސީ ޮގތުން ވަކި އަޮތޅުތަކަކަށް ބަހާލައިގެން ހިންގުމުގައި ޑިޮމކްރަސީއާ އެންމެ ގާތް

ކުރާ ޮގތަކަށް އެޅުނު އެއް ބިންގަލަކީ އަޮތޅު ޮކމެޓީތަކެވެ. މި

ޮގތަބަޔާ ރާޖަަޕްކްސަ

ބައިގަރުނު ކުރިން ވެސް އަތޮޅު ކައުންސިލް

ގައި ހިންގި ޖޭ ނިާޒމް ާރއް

ޮކމެޓީތަކަށް އެއްބައި ދުވަސްވަރެއްގައި ގާނޫނީ ބާރު ޮއތެވެ. އަނެއް ބައި ދުވަސްވަރެއްގައި ހިނގީ އެފަދަ ބާރަކާ ނުލަ އެވެ. ޮކންމެ ސިފަޔަކަށް

ހިންގިޔަސް އެއީ މިހާރު ވެސް މިކިޔާ ލާމަރުކަޒީ އުސޫލެވެ. ނަން ތަފާތުވިޔަސް އެއްޗަކީ ހަމަ އަޮތޅު ކައުންސިލެވެ. ރާއްޖެ އުފެދިފައިވާ ހަމަތަކަށް ބަލާއިރު މައި ވެރިކަމުގެ ދަށުގައި މުޅި އެޑްމިނިސްޓްރޭޝަން

ހިންގުމަކީ އެއް ދުވަސްވަރެއްގައި ވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހި ވެރިކަމުގެ އިންތައް ޖެހުމުގައި އަޮތޅުތަކުގެ ވެރިކަން ނުވަތަ ވާރުކަން

ކުރާ ރަށްތަކެއް ކަނޑައަޅައި ވަކި އެޑްމިނިސްޓްރޭޝަންތަކެއް ހިންގަމުން އަ އެވެ. މައި ސަރުކާރުގެ ދަށުން މި

އެޑްމިނިސްޓްރޭޝަންތައް ހިންގަމުން އައީ ވާރުވެރިންނާއި އަޮތޅުވެރިންގެ ޮގތުގަ އެވެ.

އެކި އިރު އެކި މަގަށެވެ.ރާއްޖޭގައި ފުރަތަމަ އަޮތޅު

ޮކމެޓީތައް އުފެދުނީ ރަދުން މުހައްމަދު ފަރީދުގެ ފަރާތްޕުޅުން ރައްޔިތުންގެ

މަޖިލީހަށް ހުށަހެޅުއްވި ބިލަކާ ގުޅިގެނެވެ.

Page 11: Sun Magazine

11

އެ ބިލުގައި ބުނަނީ ރާއްޖޭގެ އަޮތޅުތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުޮކށް ރައްޔިތުން ބޭނުންވާ ވެރިޔަކު އަޮތޅު ހިންގަން

ބެހެއްޓުމަށްޓަކައި ޮކންމެ އަޮތޅެއްގައި ގާނޫނީ ބާރު ލިބިފައިވާ އަޮތޅު ޮކމެޓީއެއް އުފައްދަން ބޭނުންވާ

ކަމަށެވެ. އަދި އެ އަޮތޅު ޮކމެޓީތައް ރައްޔިތުންގެ ޯވޓަކުން ޮހވައި އިންތިހާބު

ކުރާ ޮގތަށް ޮއންނަން ފެންނަކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބިލް މަޖިލިހަށް ހުށަހެޅީ ޖުލައި 16، 1961 ގައި ކަމަށް ބައެއް މީހުން ބަޔާންކުރެ އެވެ. އަނެއް ބައި ލިޔުންތަކުގައި ޖުލައި 18، 1961

ކަމަށް ވެސް ބުނެވެ އެވެ. މިފަހުން އުވާލި ގައުމީ މަރުކަޒުގެ ލިޔުންތަކާއި

ޮކލި ހަސަން އަހުމަދު މަނިކާއި އެނޫން ވެސް ތާރީހީ ލިޔުންތެރިން ބުރަވެވަޑައިގަންނަވަނީ ޖުލައި 16،

1961 އަށެވެ.މި ބިލު ވުޒާރަތުއް ދާހިލިއްޔާ އިން

ހުށެހެޅީ ރަދުން މުހައްމަދު ފަރީދު އަޮތޅު ޮކމެޓީތައް އުފައްދަވަން ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ޮއތްޮގތް ބެއްލެވުމަށް ބޭނުންފުޅު ވެގެންނެވެ. ރަދުން ބޭނުންފުޅުވީ އަޮތޅު ޮކމެޓީތަކުގެ

އިންތިހާބުގައި 19 އަހަރުން މަތީގެ ޮކންމެ ދިވެއްސަކަށް ވާދަކުރެވޭއިރު

ޮކމެޓީ އިންތިހާބު ޮކންމެ ދެ އަހަރުން އެއް އަހަރު ބާއްވާ

ޮގތަށެވެ.އެ ހުށަހެޅުއްވުމުގައި

ވެސް އަދި މަޖިލީހުގެ މެންބަރުންގެ ބަހުސްތަކަށް ފަހުގައި ވެސް

އަޮތޅު ޮކމެޓީތަކަށް ދޭން ފެނުނު ބާރުތަކެއް ހުއްޓެވެ. އެޮގތުން ތަރައްގީއަށްޓަކައި އަޮތޅުގައި ކުރަން ހުރި މަސައްކަތްތައް ކުރަންވީ ޮގތް ކަނޑައެޅުމާއި

ކަރަންޓުލުމާއި މާރުކޭޓާއި އެޒާތުގެ ތަންތަން ހެދުމާއި ބޭސް ވިއްކުމާއި

ވިޔަފާރިޮކށް ނަފާ ޯހދުމާއި ކުޅިވަރުގެ ކަންކަން ހިންގަންވީ ޮގތް ކަނޑައެޅުމުގެ ބާރާއި ޯލނު

Page 12: Sun Magazine

12

ނެގުމާއި އަދާކުރުމާއި ތައުލީމީ ޕްލޭންތައް އެކުލަވައިލާ ހިންގުން ހިމެނެ އެވެ.

މީގެ އިތުރުން ޯއގަސްޓް 13، 1961 ގައި އަޮތޅުތަކުގެ ފުރަބަންޑާރަ، އަޮތޅު ޮކމެޓީތަކަށް ފެންނަ ބަޔަކަށް ދިނުމުގެ ބާރު

ޮކމެޓީތަކަށް ދޫޮކށްލައި ގާނޫނުގައި އެކަން ކަނޑައެޅި އެވެ. ހަމައެހެންމެ ޖެނުއަރީ 18، 1962 ގައި އަޮތޅު ޮކމެޓީތަކުގެ މެންބަރުންނަކީ ހަމައެކަނި

އެ ވަޒީފާގައި ތިބޭ ބައެއްގެ ޮގތުގައި ޮބޑުވަޒީރު އިބްރާހިމް ނާސިރު ނިންމެވުމުން ރަށެއްގެ ކަތީބުކަމާއި އެނޫން ވެސް އެފަދަ މަގާމުތަކުގައި ތިބެގެން އިންތިހާބުވެފައިވާ މެންބަރުން ދާއިމީ ވަޒީފާ އިން އިސްތިއުފާ ދިނުމަށާއި އަޮތޅު ޮކމެޓީގެ މަގަމާކީ މާ މަތީ މަގާމެއް ކަމަށް ދާހިލިއްޔާ

އިން އެންގި އެވެ.އަޮތޅު ޮކމެޓީތަކުގެ މެންބަރުންނަށް މުސާރަ ދޭން ފެށީ އޭޕްރީލް 18، 1962 ގަ އެވެ. އަޮތޅުތަކުގެ މާލީ ހާލަތު ރަނގަޅު

ކުރުމަށް ސަބްސިޑީއެއް ދިނުމުގެ ޮގތުން ޮއކްޓޫބަރު 18، 1962 ގައި ޮކންމެ އަޮތޅަކަށް މާލޭގައި އަޮތޅު ފިހާރައެއް ހުޅުވައި އާމްދަނީގެ ޮބޑު

ބައި އަޮތޅު ޮކމެޓީތަކަށް ދޭން ފެށި އެވެ.އަޮތޅު ޮކމެޓީތަކުގެ މި ބިލު ފާސްކުރީ ޖުލައި 18، 1961 ގައެވެ.

ގާނޫނެއްގެ ޮގތުގައި ރަދުން ބިލު ތަސްދީގު ކުރެއްވީ ޖުލައި 22، 1961 ގައެވެ. އަމަލުކުރަން ފެށީ ވެސް އެ ތާރީހުގަ އެވެ.

މުހައްމަދު ފަރީދު ރަސްކަމުގައި އިންނެވީ ފުރަތަމަ ޖުމްހޫރިއްޔާ އިންގިލާބު ޮކށްލުމަށް ފަހު ރާއްޖެ ހިންގުމަށް އެކުލަވައިލި އިންގިލާބީ ޮކމެޓީގެ ފަރާތުން އިންތިހާބުކުރި ރަސްކަލެއްގެ ޮގތުގަ އެވެ. ގައުމުގެ

ވެރިޔާއާ ދައުލަތް ހިންގުމުގެ ބާރުތައް ވަނީ ތަފާތުޮކށް ވަކިޮކށްފަ އެވެ. އެކަމަކު ރާއްޖޭގެ މުޅި "މެޝިން" ހިނގަމުން އައީ އަކީ ރިޔާސީ ނިޒާމަކަށް

ވެސް އަދި ޕާލަމެންޓަރީ ނިޒާމަކަށް ވެސް ވަޑިފަތިވެގެނެއް ނޫނެވެ.އޭރު ސިޔާސީ ޮގތުން އިން ޖަހައި ރާއްޖެ ބައިޮކށްފައި ޮއތީ 18 އަޮތޅުގެ މައްޗަށެވެ. ނަމަވެސް އަޮތޅު ޮކމެޓީތައް ފެށިގެން އައިއިރު އެ 18 އަޮތޅުގެ ތެރެއިން ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި ޮއތީ 15 އަޮތޅެވެ.

މާނައަކީ ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑު އަޮތޅާއި ފުވައްމުލަކާއި ހުވަދު އަޮތޅު އޭރު ޮއތީ ދިވެހި ދައުލަތާ އެކަހެރިވެގަނެ "ޔުނައިޓެޑް ސްވައިދީބު

އައިލެންޑްސް"ގެ ނަމުގައި ޣައިރު ގާނޫނީ ވަކި ދައުލަތެއް އުފައްދައި މުޅިން ވަކި އެޑްމިނިސްޓްރޭޝަނެއްގެ ތެރެއަށް ވަދެ އެވެ. "ސްވައިދީބް

އައިލޭންޑްސް" އިއުލާންކުރީ މާޗު 13، 1959 ގަ އެވެ.ޯއގަސްޓް 29، 1961 ގައި ފުރަތަމަ އުފެދުނީ މާލެ އަޮތޅުގެ

އަޮތޅު ޮކމެޓީ އެވެ. އެޮކމެޓީ އިފުތިތާހުޮކށްދެއްވީ ވަޒީރުއް ސިއްހާ، އަހުމަދު ހިލްމީ ދީދީ އެވެ.

"ޔުނައިޓެޑް ސްވައިދީބު އައިލެންޑްސް" ގެ ނަމުގައި ޮއތް ވަކި ދައުލަތެއްގެ ދަށުގައި ވެގެން ތިބި ހުވަދު އަޮތޅާއި ފުވައްމުލަކާއި އައްޑު

އަޮތޅު އަލުން ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ފަހު ޖޫން 15، 1961 ގައި ހުވަދު އަޮތޅު ދެ ބައިޮކށްފައި ވަނިޮކށް މިދެ އަޮތޅު އެއްޮކށް އަނެއްކާ ފަހުން ފެބުރުއަރީ 7، 1962 ގައި ދެ ބައިޮކށް ގއ. އާއި ގދ. އަޮތޅު ޮކމެޓީތައް އުފެއްދީ ފެބުރުއަރީ 9، 1962 ގަ އެވެ. އައްޑު އަޮތޅުގެ

އަޮތޅު ޮކމެޓީ އިފްތިތާހު ކުރީ 1964 ގަ އެވެ. ފުވައްމުލަކުގައި 1970 ގަ އެވެ.

އަޮތޅު ޮކމެޓީތައް އިންތިހާބުކުރި ނަމަވެސް އަޮތޅުވެރިން އައްޔަން ކުރީ ސަރުކާރުންނެވެ. އެއީ ރަދުން މުހައްމަދު ފަރީދުގެ ބެއްލެވުގެ ދަށުންނެވެ. ނަމަވެސް 1971 އާއި 1973 ގައި ބޭއްވި

އަޮތޅު ޮކމެޓީތަކުގެ އިންތިހާބުގައި އެންމެ ގިނަ ޯވޓު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކީ އެ އަޮތޅެއްގެ އަޮތޅުވެރިޔާ ކަމަށް ހަމަޖެހިފައި ޮއތެވެ.އަޮތޅު ޮކމެޓީތައް އުވާލަން ޖެހުނީ ވެރިކަމުގެ ނިޒާމުގެ މައްޗަށް

ރައްޔިތުންގެ ހޭލުންތެރިކަން އިންތިހާ ދަރަޖައަށް ކުޑަވެ، ލިޔަން ކިޔަން ނޭނގޭ މީހުން ހެސް ކިޔާފައި ގިނަވެ އެފަދަ ޖާހިލުކަމުގައި ތިބި ގިނަ ފައިސާވެރިންތަކެއްގެ ބާރާއި ނުފޫޒުގެ ދަށުގައި އަޮތޅު ޮކމެޓީތައް ފިތި މުޅިން ހާވިޔާވެ މުޅި ސިސްޓަމް ޮބއްސުން ލައިގެން ކަމަށް އޭރުގެ

ބައެއް މީހުން ބުނެ އެވެ. އަޮތޅު ޮކމެޓީތައް އުވާލީ ޖޫން 11، 1975 ގަ އެވެ. އެއީ ޖޫން 8، 1975 ގައި ރައްޔިތުންގެ މަޖިލީހުން އެކަން

އެޮގތަށް ފާސްކުރުމުންނެވެ.ރައީސް މައުމޫނުގެ ވެރިކަމުގައި އެޯޓލްސް އެޑްވައިޒަރީ ޯބޑަށް އެހީވުމަށް އަޮތޅުވެރިޔާގެ ރިޔާސަތުގެ ދަށުގައި ޮއންނަ އަޮތޅު ކުރިއަރުވާ

ޮކމެޓީތަކެއް އޭޕްރީލް 13، 1979 ގައި އެމަނިކުފާނުގެ ގަރާރަކުން އުފެއްދެވި އެވެ. އޭގެ ފަހުން ޮއކްޓޫބަރު 1980 ގައި އެމަނިކުފާނުގެ ގަރާރަކުން ދެ އަހަރުގެ ދައުރެއް ލިބޭ އަޮތޅު ޮކމެޓީތައް އުފައްދަން

ނިންމެވި އެވެ.

Page 13: Sun Magazine

ކޮާމކޯޅި

ވެރިޯޒން ވަޔަރލެސްއިން މައުލޫމާތު ދޭ ޮގތުގައި ކުންފުނީގެ ތާރީޚުގައި ވެސް އެންމެ ސޭލްސް ރަނގަޅު ދުވަހަކީ މި މަހުގެ 3 ވަނަ ދުވަހެވެ. އެ ދުވަހަކީ އެ ކުންފުނީގެ ފަރާތުން އައިޯފން 4

ބާޒާރަށް ނެރުނު ދުވަހެވެ. ވެރިޯޒން ވަޔަރލެސް ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް ޮއފިސަރ ޑޭން މީޑް ވިދާޅުވި ޮގތުގައި ފެބްރުއަރީ 3

އަކީ ކުންފުންޏަށް ވަރަށް ޚާއްސަ ދުވަހެކެވެ. "މިއީ ޤަބޫލުކުރަން ދަތި ކާމިޔާބީއެއް. އަހަރެމެންގެ ޚާއްސަ ޮއފަރތަކަށް އަހަރެމެންގެ ކަސްޓަމަރުން

ދިން ތަރުހީބަށްޓަކައި ހުރިހާ ކަސްޓަމަރުންނަށް ވަރަށް ޮބޑަށް ޝުކުރު އަދާކުރަން." ޑޭން ވިދާޅުވިއެވެ.

ވެރިޯޒން ވަޔަރލެސްގެ އައިޯފން 4 ޢާއްމުޮކށް ބާޒާރަށް ނެރޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 7 ޖަހާ އިރު، އެމެރިކާގެ ކަންޮކޅުތަކުގައި ހުރި ވެރިޯޒންގެ 2000

ޮކމިޔުނިކޭޝަންސް ސްޯޓރ ހުޅުވޭނެއެވެ. އޭގެ އިތުރަށް އެޕަލް ކުންފުނީގެ ހުރިހާ އައުޓްލެޓަކުން ވެސް މި ޯފނު އެ ތާރީޚުގައި ލިބެން ހުންނާނެއެވެ.

ވެރިޒޯން ވަޔަރލެސް ގެ ސޭލްސް ރިކޯޑް މިންވަރަކަށް އަރައިފި

އަލަށް ތައާރަފުކުރެވޭ މީޯގ ޮއޕަރޭޓިންގ ސިސްޓަމް ބޭނުންޮކށްގެން ޮނކިއާ ކުންފުނީގެ ފުރަތަމަ ސްމާރޓް ޯފން ވަރަށް

އަވަހަށް ބާޒާރަށް ނެރެވޭނެކަމަށް ޚަބަރުލިބެއެވެ. ބެލެވޭ ޮގތުގައި މީޯގ ބަގް ރިޯޕޓެއް މެދުވެރިޮކށް އަލަށް ތައާރަފުކުރެވޭ ޮނކިއާ-މީޯގ ސްމާރޓް ޯފންގެ ބައެއް ފީޗަރތަކާ ބެހޭ މައުލޫމާތު ވަނީ ލީކުވެފައެވެ. މި މައުލޫމާތުތައް ލިބުނު ފަރާތްތަކުން ބުނާޮގތުގައި ޮނކިއާގެ އާ ޯފނަކީ ސަމާސާއެއް ނޫނެވެ. ބާޒާރުގައި މިހާރު ހުރި ހުރިހާ ވައްތަރުތަކަކަށް ޗެލެންޖުކުރެވޭ ވަރުގެ ޯފނަކަށް

މި ޯފނު ވެގެން ދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ. ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ޮގތުގައި މި ޯފނުގައި އިންޓެލް 1.6 ގިގަހާރޓްޒްފެ ޕްޮރސެސަރެއް ހުރެފައި، 480 × 854 ޕިކްސެލް ޑިސްޕްލޭއެއް ވެސް ހުންނާނެއެވެ. އޭގެ އިތުރަށް، މި

ޯފނަކީ 21 އެމްބީޕީއެސް އެސްޕީއޭ ޕްލަސް ސްޕީޑް ސަޯޕޓްކުރާނެ، އަދި ނިއަރ ފީލްޑް ޮކމިޔުނިކޭޝަން ނުވަތަ އެންއެފްސީ ގާބިލިއްޔަތު ވެސް ހުންނަ ޯފނެއް ކަމަށް ވެއެވެ. ހަމަ އެއާއެކު، މި ޯފނުގައި 1

ޖީބީ ރެމަކާއި، އެޗްޑީއެމްއައި ސްޮލޓެއް ވެސް ހުންނާނެ ކަމަށް ބުނެވެއެވެ.

ޮނކިއާގެ މި އާ ޯފން ތައާރަފުކުރެވޭނީ މި އަހަރު ސްޕޭނުގެ ބާސެޯލނާގައި ޮއންނަ ޮމބައިލް ޯވރލްޑް ޮކންގްރެސް

ގައި ކަމަށް ލަފާކުރެވެއެވެ.

ީމގޯ ގެ މައްޗަށް ބިާނކުރެވިފައިާވ ސްާމރޓްފޯނެއް ނޮކިާއ އިން ތަާއރަފުކުރަީނ

Page 14: Sun Magazine

14

ކުާރ މަސައްކަތަށް ވެރިންގެ ތައުީރފު ހޯދުން ޢަލީ ޚާލިދު

ވަޒީފާގައި ދެމިހުރުމުގައި މުސާރައަކީ ވަރަށް މުހިންމު އެއްޗެކެވެެ. އެހެންނަމަވެސް ވަޒީފާގެ ހުރިހާ އެއްޗަކީ މުސާރައެއް ނޫނެވެ. ތިމާ ކުރިއަށް ދާނެ

ދާއިރާއެއް ކަނޑައަޅައި ވަކި ތަނަކަށް ވަޒީފާއަދާ ކުރުމަށް ވަންނައިރު މުސާރަ އެއީ އެންމެ މުހިންމު އެއްޗެއް ނޫނެވެ. ގިނަ ސާވޭތަކުން ދައްކާޮގތުގައި ވަޒީފާގައި

މުސާރަަ އަންނަނީ 4 ނުވަތަ 5 ވަނައަށެވެ. މުސާރައިގެ ކުރިއަށް އަންނަނީ ވަޒީފާގެ ހިތްހަމަޖެހުން، ކުރިއެރުން، ކުރާކަންތައް ވެރިން ފާހަގަކުރުން ފަދަ ކަންކަމެވެ.

ވެރިން މުއައްޒަފުންގެ މަސައްކަތް ފާހަކުރާ މަސައްކަތު މާހައުލަކުން ފެނިގެންދާނީ މަސައްކަތަށް ފަރުވާތެރި، ހީވާގި، މަސައްކަތުގައި މަސްއޫލުވެ، އުފެއްދުންތެރި، އެހެން

މުއައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރާ އަދި ވަޒީފާގައި ދެމިތިބޭ، ތަނަށް އިހްލާސްތެރި މުއައްޒަފުންތަކެއް ވަޒީފާ އަދާކުރާތަނެވެ.

ގިނަ ފަހަރު ވަޒީފާ ބަދަލުކުރާ ގިނަ މުއައްޒަފުން ތަންދޫޮކށް ދަނީ އެމީހުން ކުރާ މަސައްކަތް ވެރިން ދެނެނުގަންނާތީއެވެ.

މުއައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ކުރާކަންތައްތަކެއް ހުރެއެވެ. ވަރަށް ގިނަ ކުންފުނިތަކުން މުއަައްޒަފުންގެ ދުވަސް، އަހަރީ ދުވަސް މުއައްޒަފުންގެ

ހިދްމަތް ތައް ފާހަކުރުމަށް ބާއްވައެވެ. އަދި ޯބނަސް، ސެޓްފިކެޓް ފަދަ އެއްޗެތިވެސް ދީ ހަދައެވެ. އެހެންނަމަވެސް، މިހުރިހާ ކަމަކަށް ވުރެން މުއައްޒަފަށް އޭނާގެ މަސައްކަތް ފާހަގަކުރާކަމުގެ އިހްސާސް ލިބޭނީ އެނާއާއި މެދު ބުނެވޭ ހެޮޔ

ބަސްތަކެވެ.ދެރަކަމަކީ ހުރިހާ މަސައްކަތު މާހައުލަކީ ކުރާ މަސައްކަަތް ފާހަގަކުރާނެ ތަންތަނެއް ނޫނެވެ. އެހެންނަމަވެސް ތިމާ މިހިރީ ކުރިއަށް

ދާނެދާއިރާއެއް ކަނޑައަޅާ ވަޒީފާއަދާކުރުންމަތީ އެވެ. އެހެންކަމުން ވަޒީފާއަދާާ ކުރާ ތަނުގައި ކުރާ މަސައްކަތް ފާހަގަ ކުރެވޭނެ ޮގތަށް އަމަލުތައް ބެހެއްޓޭޯތ

ބަލަންވާނެއެވެ. އެހެނީ އޭރުންނޫނީ ތިމާ ހިތްހަމަޖެހުމާއެކު ވަޒީފާއަދާކުރާ ހިތެއް ނުވާނެއެވެ. ތިމާ ކުރާ މަސައްކަތް "ޮބސް" ދެނެގަތުމަކީ ތިމާގެ ހައްގެކެވެ.

އެހައްގު ލިބިގަތުމަށް އެފަދަ މާހައުލެއް ނެތްނަމަ އެކަހަލަ މާހައުލެއް ޮކށާތައްޔާރު ކުރަން ޖެހޭނީ އަމިއްލަ އަށެވެ.

ނަމަވެސް ހަމައެކަނި ޮބސްގެ ސަމާލުކަން ޯހދުމުގެ ނިޔަތުގައި ކަމެއްކުރުމުން އެކަމުގެ ހަޤީޤަތް ޮބހަށް ނޭނގޭނެކަމަށް ހީނުކުރައްޗެވެ.

އެއްފަހަރަކު ވަޒީފާލިބިގެން މަސައްކަތަށް ނިކުތް ފުރަތަމަ ދުވަހު މިމުއައްޒަފު އެނާއަށް ކަނޑައެޅިފައި ހުރި މޭޒުކައިރީގައި ހަމަ އިށީންތަނާ އޭނާގެ ޮބސް

އަންނަތަން ފެނިއްޖެއެވެ. އެވަޤުތު އޭނާ ޯފނުނަގާ ވާހަކަދައްކަން ފަށައިފި އެވެ. ދައްކަމުންގެންދަނީ މަސައްކަތުގެ ވާހަކައެވެ. މިމުއައްޒަފު ޮބހަށް ދައްކާލަން ބޭނުންވީ އޭނާ މޭޒު ޮދށުގައި އިށީނުމާއި އެކު މިހާރު މިހީރީ މަސައްކަތުގައި ކަމެވެ. އާދެ، ޮބސް ވާހަކަ އަޑުއެހުމަށްފަހު ވާހަކަ ނިމުމުން ބުނީ، މިއައީ

ޯފނު އަދި ނުގުޅާ ހުރި ވާހަކަ ބުނަންކަމަށެވެ. މިޮގތަށް ކުރާކަންތައް ޮބހަށް ގިނައިން ފެންނަނަމަ ޮބސް ޤަބޫލުކުރާނީ ތިމާއަކީ ފޭކެއް ކަމަށެވެ. އަދި ކުރާގިނަ

Page 15: Sun Magazine

15

ކަންތައްތައް ދާނީ ތާކުތާކުން ނުޖެހި ފަނުފުލުންނެވެ.ތިމާ މަސައްކަތް ކުރާ ތަނުގައި ވެރިންނާއި އެކުގައި މަސައްކަތް ކުރާ

މުއައްޒަފުން ތިމާގެ މަސައްކަތަށް ތައުރީފް ޯހދަން ބޭނުން ނަމަ، ތިރީގައިވާ ކަންކަން ކުރަން ފައްޓާ ށެވެ.

1 . އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަަސައްކަތް ނިންމުމުން ފާޅުގައި އެކަން ފާހަކުރުން.

މިޮގތަށް ފާހަގަޮކށްލާނީ އެންމެނަށް ވެސް އިނގޭޮގތަށެވެ. "ކަސްޓަމަރުން ތިޔަ ހިފައްޓާލަނީ ވަރަށް ޮމޅަށް"، މިފަދަ ޮގތަކަށް ވެސް އެކުގައި މަސައްކަތްކުރާ

މުއައްޒަފުން ގެ މަސައްކަތް ފާހާގަކުރެވިދާނެއެވެ. އަދި ވެރިޔާގެ ރާޑަރުން ބޭރުގައި ހިންގާ ކުދިކުދި ކަންތައްވެސް ފާހަގަކުރަމުން ގެންދާށެވެ. މިޮގތަށް އެހެންމީހުންނަށް ތައުރީފް ކުރާނަމަ ޮކންމެވެސް އެއްފަހަރަކުން ތިމާގެ މަސައްކަތުގެ ވާހަކަ އެމީހުން

ވެރިޔާކައިރީ ބުނުމުގެ ފުރުސަތު ޮބޑުވާނެއެވެ.

2. ތިމާއަށް ފުރިހަމަ ކުރެވޭ ކަންކަން ވެރިޔާކައިރީ ބުނާށެވެ.

މިޮގތަށް ވެރިޔާ ކައިރީ ބުނަންވާނީ ވަރަށް ކުރުޮކށް އަދި އެކަންޏެވެ. ހާސިލު ކުރެވުނު ކަމުގައި އެހެންމީހުންގެ ހިއްސާ ހަނދާންޮކށް ސާމިލްޮކށްފައި ބުނާށެވެ.

3. ޮބޑެތި މަސައްކަތާއި ހަވާލުވުމަށް ކުރިމަތިލާށެވެ.

ޮބޑެތި މަސައްކަތާއި ހަވާލުވުމުން ތިމާ އަކީ އުޅޭމީހެއްކަން އެނގި ވެރިންގެ ރާޑަރަށް

އަރާނެއެވެ. ޮބޑެތި މަސައްކަތާއި ހަވާލު ނުވާނަމަ، ތިމާއަކީ ކުރިއަށް ދާން، ވަޒީފާގައި ކުރިއެރުން ޯހދަން، ފުރުސަތު ޯހދަން އުޅޭ މީހެއް ކަމުގައި ނުވާނެއެވެ.

4. ކުރާ މަސައްކަތާ ގުޅޭޮގތުން ހިޔާލު ޯހދުން) ފީޑްބެކް(

އިދިޮކޅު ހިޔާލަކީވެސް ރަނގަޅު ހިޔާލެވެ. އެއީ އެހިޔާލުންވެސް ތިމާ ކުރާމަސައްކަތް އިތުރަށް އިޝްތިހާރު ވާތީއެވެ. އިދިޮކޅު ހިޔާލުވިޔަސް ރަނގަޅު ނިޔަތުގައި ކުރިއަށް

ދިއުމަށް ބޭނުންކުރެވޭނެ ވަސީލަތް އޭގެ ސަބަބުން ލިބޭނަމަ ގަބޫލްކުރަންވާނެއެވެ. އަދި އެހިޔާލަށް ޝުކުރު އަދާ ކުރަން ފަހަށް ނުޖެހޭށެވެ.

5. ކުރެފައި ހުރި ތަޖްރިބާ ބަޔާންކުރުމަަށް ފަަސް ނުޖެހޭށެވެ.

މިއީ އެއްޮގތަކަށް ވެސް ތިމާގެ ޮމޅު ނުވަތަ ޮބޑު ވާހަކަ ދައްކަނީ އެއްނޫނެވެ. ސިދާ ތިމާގެ ވާހަކަ ނުދައްކާ ތިމާގެ ތަޖުރިބާ ވެރިޔާއާއި ހިއްސާޮކށްލާ

މަސައްކަތުގެ ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތެކެވެ.

6. ވެރިޔާގެ މަސައްކަތް ފާހަގަ ކުރުން.

މެނޭޖްމަންޓްގެ މެދު ފަންތީގައި އުޅޭ ވެރިންނަކީ އެންމެ ފާހަގަ ނުކުރެވޭމީހުންނެވެ. މިމީހުންގެ މަސައްކަތް ދޭތެރެ ދޭތެރޭން ޮކންމެވެސް ވަރަކަށް

ފާހަގަޮކށްލާށެވެ. އެމީހުންވެސް ތިމާކުރާ މަސައްކަތް ފާހަގަކުރާނެއެވެ. އަދި ޮކންމެވެސް ފަހަރަކުން ތިމާގެ ވާހަކަ ޮބސް ގާތުގައި ބުނުން ގާތެވެ.

Page 16: Sun Magazine
Page 17: Sun Magazine
Page 18: Sun Magazine

ހައްވާ ލުބްނާ

މި ރިޯޕޓުގައި ހިމަނާފައި އެވާ ތަފާސް ހިސާބު ތަކަކީ 7 ފެބުރުއަރީ ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ޮކމިޝަނުގެ ވެބްސައިޓުގައި ލިބެން ހުރި

މައުލޫމާތު ތަކެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ

ސިޓީ އާއި އަޮތޅާއި އަދި ރަށު ކައުންސިލްތައް އިންތިހާބު ކުރުމަށް މިދިޔަ ޮހނިހިރު ދުވަހު ބޭއްވި ޯލކަލް ކައުންސިލް

އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ޮބޑު އިންތިހާބެވެ. އެ އިންތިހާބު ނިމުމާއެކު އެންމެންވެސް ބޭނުންވީ ނަތީޖާ ބަލާށެވެ.

ޮމޅުވީ ޮކންބައެއްޯތ ބެލުމަށެވެ. ނުވަތަ ޮމޅުވީ ވެރިކަންކުރާ އެމްޑީޕީޯތ ނުވަތަ ވާދަވެރި ޑީއާރްޕީޯތ

ބެލުމަށެވެ. ދެޕާޓީން ވެސް ދަނީ އިންތިހާބުގައި އެޕާޓީ ޮމޅުވިކަމަށް ބުނެ ޮލރީބުރާއި ޮބޑުބެރުން އުފާފާޅުކުރަމުންނެވެ. ނަމަވެސް، ގުގުމަމުންދާ ޕާޓީތަކުގެ އުފާފާޅުކުރުމުގެ އަޑުތަކުގެ ތެރޭ

ރައްޔިތުން އަދިވެސް ތިބީ ސުވާލެއްގެ ތެރޭގަ އެވެ. ޮމޅުވީ އަސްލު ޮކންބަޔެއް ހެއްޔެވެ؟

އިންތިހާބު ނިމިގެން 48 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް، އިންތިހާބުގެ

ވަގުތީ ނަތީޖާ މުޅިއެކު އާއްމުންނާ ހަމައަށް އިލެކްޝަންސް ޮކމިޝަނަށް ގެނެސްދެވިފައެއް ނުވެ އެވެ. އަދި

ފުޅާދާއިރާއެއްގައި އިންތިހާބު ކަވަރުކުރި މީޑިއާތަކުން ގެނެސްދިން ޯވޓުގެ ނަތީޖާތަކުގައި، ޮބޑު ތަފާތުތަކެއް ހުރުމާއެކު، އެ ނަތީޖާ ވެސް އާއްމުންނަށް

ލޯކަލްކައުންސިލް އިންތިާހބު: މޮޅުީވ ކޮން ބައެއް؟ވަނީ ބަލައިގަންނަން އުނދަގޫވެފަ އެވެ.

ނަމަވެސް، އިންތިހާބުގެ ވަގުތީ ނަތީޖާގެ ޮބޑު ބައެއް މިހާރު ވަނީ އިލެކްޝަންސް އިން އާއްމުޮކށްފަ އެވެ. އެ ވަގުތީ ނަތީޖާ ރަނގަޅަށް

ދިރާސާޮކށްލުމުން، ޯލކަލް ކައުންސިލް އިންތިހާބުގެ ފައިނަލް ނަތީޖާގެ ޮބޑު މަންޒަރާ ކައިރި މަންޒަރެއް ފެންނާނެ އެވެ. މިހާތަނަށް އައިއިރު އިންތިހާބުން

ޮމޅުވީ ޮކންބައެއްކަން ބަލައިލެވޭނެ އެވެ.

ޮމޅުވި ބައެއް ބަލާނީ ކިހިނެއް؟

ޯލކަލް ކައުންސިލް އިންތިހާބަކީ ހަގީގަތުގައި ވަކިވަކި ތިން އިންތިހާބެކެވެ. އެއީ ދެ ސިޓީ ކައުންސިލު ޮހވަން ބޭއްވި ސިޓީ ކައުންސިލް

Page 19: Sun Magazine

އިންތިހާބާއި 19 އަޮތޅު ކައުންސިލް އަދި 188 ރަށު ކައުންސިލް ޮހވަން ބޭއްވި ދެ އިންތިހާބެވެ. އެ ހުރިހާ ކައުންސިލްތަކަކަށް ރައްޔިތުން ޯވޓުލައިގެން

ޮހވަން ޖެހެނީ ޖުމްލަ 1091 މަންދޫބެކެވެ. އެއީ ސިޓީ ކައުންސިލަށް 17 މެމްބަރުންނާއި، އަޮތޅު ކައުންސިލަށް 132 އަދި ރަށު ކައުންސިލްތަކަށް 942

މީހުންނެވެ. އެ ޮގނޑިތައް ކާމިޔާބުކުރުމަށް ރީނދޫ ޓިކެޓުގައި 930 ކެންޑިޑޭޓުން

އިންތިހާބަށް ނެރެފައިވާއިރު އެއީ ސިޔާސީ ޕާޓީއަކުން ނެރުނު އެންމެ ގިނަ ކެންޑިޑޭޓުންނެވެ. ޑީއާރްޕީން ނެރުނީ ގާތްގަނޑަކަށް 830 ކެންޑިޑޭޓުންނެވެ. އަދި ގައުމީ ޕާޓީއާއި ޕީޕަލްސް އެލައަންސް)ޕީއޭ( އިން އަށް ކެންޑިޑޭޓުން

ނެރުނު އިރު ދިވެހި ގައުމީ އިއްތިހާދުން 10 ކެންޑިޑޭޓުން އަދި އަދާލަތުން 53

ކެންޑިޑޭޓުން ނެރުނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރީ 46 ކެވެ. އަދި ސިޔާސީ ކުލައެއް ނުޖެހޭ އަމިއްލަ 765 ކެންޑިޑޭޓުން ވާދަކުރި

އެވެ. އެހެންކަމުން، ހާހަކަށް ވުރެ ގިނަ ޮގނޑިއަށް ރައްޔިތުންގެ މަންދޫބުން

އިންތިހާބަކުރަން ޖެހޭ މި ކައުންސިލް އިންތިހާބުގައި ޮމޅުވި ބަޔެއް ބެލޭނެ އެންމެ ފުރިހަމަ އެއް މިންގަނޑަކަށް ވާނީ، ޯވޓުގެ އަޣުލަބިއްޔަތު ޯހދައިގެން

އެންމެ ގިނަ ޮގނޑި ކާމިޔާބުކުރި ބައެއް ބެލުމެވެ. ނުވަތަ ތިން ކައުންސިލްގެ ތެރެއިން އެންގެ ގިނަ ކައުންސިލް ޮކންޓްޯރލް ކުރީ ޮކން ބަޔެއްޯތ ބެލުމެވެ.

19

ލޯކަލްކައުންސިލް އިންތިާހބު: މޮޅުީވ ކޮން ބައެއް؟އިންތިހާބުގެ ޮގނޑިތައް ކާމިޔާބުކުރި ޮގތް:

ފެބްރުއަރީ 8، 2010 ގެ އިރުޮއއްސި 6:00 ގެ ނިޔަލަށް އިލެކްޝަންސް ޮކމިޝަނުން އާއްމުޮކށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު އިންތިހާބުގައި ހިމެނޭ އެންމެ ގިނަ ޮގނޑި ކާމިޔާބުޮކށްގެން ކުރީގައި ޮއތީ ޑީއާރްޕީ އެވެ. އެޮގތުން 1091 ޮގނޑީގެ ތެރެއިން ޑީއާރްޕީ އަށް 512 ޮގނޑި ލިބިފައިވާއިރު، ވެރިކަންކުރާ އެމްޑީޕީ ޮއތީ 378 ޮގނޑިއާއެކު

ދެވަނައިގަ އެވެ. ތިން ވަނަ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުލިބޭއިރު، އެ މަގާމު ޯހދީ ޖުމްލަ 166 ޮގނޑި ކަށަވަރުކުރި އަމިއްލަ ކެންޑިޑޭޓުންނެވެ. އަދި 35 ޮގނޑިއާއެކު އެހެނިހެން ކުދި ޕާޓީތައް ޮއތީ އެންމެ ފަހަތުގަ

އެވެ.

ޮގނޑީގެ ނިސްބަތަށް ބަލާއިރު، ވާދަވެރި އެމްޑީޕީ އާއި އަދި ޑީއާރްޕީއަށް ވެސް މި ތާރީޚީ އިންތިހާބުގެ އަޣުލަބިއްޔަތެއް ނުލިބެ އެވެ. އެއީ އެއްވެސް

ޕާޓީއަކަށް 50 ޕަސަންޓަށްވުރެ އިތުރަށް ޮގނޑި ލިބިފައިނުވާތީ އެވެ.

ކައުންސިލްތައް ކާމިޔާބުކުރި ޮގތް:

މި އިންތިހާބުގައި ހިމެނެނީ ޖުމްލަ 209 ކައުންސިލެވެ. އެއީ

Page 20: Sun Magazine

ދެ ސިޓީ ކައުންސިލާއި 19 އަޮތޅާއި އަދި 188 ރަށު ކައުންސިލެވެ. މި ކައުންސިލްތައް ކާމިޔާބުކުރި ޮގތަށް ބަލާއިރު، އެންމެ ގިނަ

ކައުންސިލްތަކުގެ ޮކންޓްޯރލް ޮއތީ ނޫ ޕާޓީއަށެވެ. ޑީއާރްޕީން ވަނީ 107 ކައުންސިލެއްގެ މެޯޖރިޓީ ޯހދައިފަ އެވެ. އެއީ 11 އަޮތޅު ކައުންސިލާއި 96 ރަށު ކައުންސިލެވެ. ނަމަވެސް، ސިޓީ ކައުންސިލް އިންތިހާބުގައި

ޑީއާރްޕީ ވަނީ ޮބޑު ތަފާތަކުން ބަލި ވެފަ އެވެ. ރާއްޖޭގައި އަލަށް އުފައްދާ މާލެ ސިޓީއާއި އައްޑޫ ސިޓީގެ ހުރިހާ ކަންކަމެއް ބަލަހައްޓާ ދެ ސިޓީ ކައުންސިލްގެ ޮކންޓްޯރލްވެސް

ޮއތީ ރީނދޫ ޕާޓީއަށެވެ. އަދި އެޕާޓީން ވަނީ 63 ކައުންސިލެއްގެ މެޯޖރިޓީވެސް ޯހދައިފަ އެވެ. އެއީ 2 ސިޓީ ކައުންސިލުގެ އިތުރުން ދެ

އަޮތޅު ކައުންސިލް އަދި 59 ރަށު ކައުންސިލެވެ. މިނިވަން ކެންޑިޑޭޓުން ވަނީ 23 ރަށު ކައުންސިލެއްގެ އަޣުލަބިއްޔަތު ޯހދައިފަ އެވެ. އަދި ދ.އަޮތޅު ކައުންސިލްގެ ހުރިހާ

ޮގނޑިއެއް ކާމިޔާބުޮކށް، އެ އަޮތޅު ވަނީ އަމިއްލަ ކެންޑިޑޭޓުންގެ ބާރުގެ ދަށަށް ގެންޮގސްފަ އެވެ. ދ. އަޮތޅުގެ އެއްވެސް ޮގނޑިއެއް ޑީއާރްޕީ

އަށް ނުވަތަ އެމްޑީޕީއަށް ވެސް ޯހދިފައެއް ނުވެ އެވެ.މީގެ އިތުރުން، ކުދި ޕާޓީތަކުގެ ތެރޭ ހިމެނޭ އަދާލަތު ޕާޓީން އެއް

ރަށު ކައުންސިލް އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ރަށު ކައުންސިލްގެ މެޯޖރިޓީ ޯހދައިފައިވެ އެވެ.

ބާކީ ހުރި ކައުންސިލްތައް ވަނީ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން މެދުގައި، އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެއް ނުލިބޭ ޮގތަށް

ބެހިފަ އެވެ.

ސިޓީ ކައުންސިލްތައް:

މި އިންތިހާބުގައި ޮހވައިފައިވާ ހަ ޮގނޑީގެ އައްޑޫ ސިޓީ ކައުންސިލް އެއްޮކށް އެމްޑީޕީ ކާމިޔާބު ކުރި އިރު، މާލެ ސިޓީ ކައުންސިލުން ވެސް ޮބޑު

ތަފާތަކުން ކުރި ޯހދީ އެމްޑީޕީ އެވެ. އެޮގތުން 11 ޮގނޑީގެ މާލެ ސިޓީ ކައުންސިލުން ޖުމްލަ 9 ޮގނޑި ގެންޮގސްފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. ޑީއާރްޕީއަށް ކާމިޔާބުކުރެވުނީ ދެ ޮގނޑިއެވެ. އެހެންކަމުން ރާއްޖޭގައި ފުރަތަމަ

ފަހަރަށް އުފެދުނު ދެ ސިޓީގެ ކަންތައްތައް ބަލަހައްޓާ ކައުންސިލްތަކުގެ ޮކންޓްޯރލް އެމްޑީޕީން ގެންޮގސްފައިވާތީ، ސިޓީ ކައުންސިލް އިންތިހާބުން ޮމޅުވީ

އެމްޑީޕީއޭ ކަށަވަރުޮކށް ބުނެވިދާނެ އެވެ.

އަޮތޅު ކައުންސިލްތައް:

ޯލކަލް ކައުންސިލް އިންތިހާބުގައި 19 އަޮތޅު ކައުންސިލެއް ހިމެނޭއިރު، އެ ކައުންސިލްތަކުގެ އެންމެ ގިނަ ޮގނޑި އަދި ކައުންސިލްތަކުގެ

ވެސް މެޯޖރިޓީ ޯހދައިފައި ވަނީ ޑީއާރްޕީންނެވެ. އެޮގތުން އަޮތޅު ކައުންސިލްތަކުގައި ހިމެނޭ 132 ޮގނޑީގެ ތެރެއިން 74 ޮގނޑި ޑީއާރްޕީން ވަނީ ކާމިޔާބުޮކށްފަ އެވެ. އެމްޑީޕީ އަށް ލިބުނީ 40 ޮގނޑި އެވެ. އަދި 11 ޮގނޑި

އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކުރި އެވެ. ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް 5 ޮގނޑި ލިބުނުއިރު ޕީޕަލްސް އެލައަންސާއި ގައުމީ ޕާޓީގެ ތެރެއިން ޮކންމެ ޕާޓީއަކުން އަޮތޅު

ކައުންސިލްގެ އެއް ޮގނޑި ކާމިޔާބުޮކށްފައިވެ އެވެ.މީގެ އިތުރުން، އެމްޑީޕީއަށް ދެ ކައުންސިލެއްގެ މެޯޖރިޓީ ލިބުނުއިރު،

20

Page 21: Sun Magazine

ޑީއާރްޕީ ވަނީ 11 އަޮތޅު ކައުންސިލެއް ޮކންޓްޯރލްޮކށްފަ އެވެ. އެއީ ނ. އަޮތޅާއި ރ. އަޮތޅާއި ބ. އަޮތޅާއި ކ. އަޮތޅާއި ވ. އަޮތޅާއި މ. އަޮތޅާއި

ތ. އަޮތޅާއި ލ. އަޮތޅާއި ށ. އަޮތޅާއި ގއ. އަޮތޅުގެ އިތުރުން ގދ. އަޮތޅު ކައުންސިލެވެ.

އެމްޑީޕީއަށް މެޯޖރިޓީ ލިބުނީ ހދ. އަދި އއ. އަޮތޅުންނެވެ. އެމްޑީޕީއަށް ވެސް އަދި ޑީއާރްޕީ އަށް ވެސް އަޣުލަބިއްޔަތު ނުލިބޭ ފަސް އަޮތޅެއް ވެސް އެބަޮއތެވެ. އެއީ ދ. އަޮތޅާއި ފ. އަޮތޅާއި އދ. އަޮތޅާއި ޅ. އަޮތޅު އަދި ހއ. އަޮތޅެވެ. އޭގެ ތެރޭގައި ހިމެނޭ ހަ ޮގނޑީގެ ދ. އަޮތޅު ކައުންސިލްގެ ހުރިހާ ޮގނޑިއެއް ކާމިޔާބުކުރީ އަމިއްލަ

ކެންޑިޑޭޓުންނެވެ.

އަދި ހއ. އަޮތޅާއި ޏ. އަޮތޅު ކައުންސިލުން އެމްޑީޕީއާ ޑީއާރްޕީ ތެރެއިން ޮކންމެ ޕާޓީއަކަށް ވެސް ކާމިޔާބުކުރެވުނީ ފަސް ޮގނޑި އެވެ. އެހެންކަމުން އެ އަޮތޅު ކައުންސިލަކީ ވާދަވެރި ދެ ޕާޓީގެ މެދުގައި

އެއްވަރަކަށް ބެހިގެން ދިޔަ ހަމައެކަނި ދެ ކައުންސިލަށެވެ.އދ. އާއި ޅ. އަދި ފ. އަޮތޅުގެ ކައުންސިލްތަކުގެ ޮގނޑިތައް ވަނީ ޮބޑު ދެ ޕާޓީ އާއި އަމިއްލަ ކެންޑިޑޭޓުންނާއި އަދި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި، އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބޭ ޮގތަށް

ބެހިފަ އެވެ.އަޮތޅު ކައުންސިލްތަކަށް ބަލާއިރު އެމްޑީޕީއަށް އެއްވެސް

ޮގނޑިއެއް ނުލިބޭ ހަތަރު އަޮތޅެއް އެބަޮއތެވެ. އެއީ އދ. އާއި ދ. އާއި ވ. އަޮތޅު އަދި މ. އަޮތޅެވެ. ޑީއާރްޕީއަށް އެއްވެސް ޮގނޑިއެއް ނުލިބެނީ އަމިއްލަ ކެންޑިޑޭޓުންގެ ބާރުގެ ދަށަށް ދިޔަ ދ. އަޮތޅު ކައުންސިލުންނެވެ.

ރަށު ކައުންސިލްތައް:

ރަށު ކައުންސިލްތަކަށް ޖުމްލަ 942 ކެންޑިޑޭޓުން

އިންތިހާބުޮކށްފައިވެ އެވެ. އޭގެ ތެރެއިން 436 ޮގނޑި ކާމިޔާބުޮކށްފައި ވަނީ ޑީއާރްޕީންނެވެ. އެމްޑީޕީއަށް ލިބުނީ 323 ޮގނޑި އެވެ. ދެން އެންމެ ގިނަ

އަދަދެއްގެ ޮގނޑި ޯހދައިފައި ވަނީ އަމިއްލަ ކެންޑިޑޭޓުންނެވެ. އެއީ 155 ޮގނޑި އެވެ. ކުދި ޕާޓީތަކުން ވަނީ ރަށު ކައުންސިލްތަކުގެ 28 ޮގނޑިއެއް ކާމިޔާބުޮކށްފަ

އެވެ. ރަށު ކައުންސިލްތަކުގެ މެޯޖރިޓީއަށް ބަލާއިރު، 96 ރަށު

ކައުންސިލްގައި ޮއތީ ނުލުގެ މެޯޖރިޓީ އެވެ. އެމްޑީޕީއަށް ޮކންޓްޯރލްކުރެވުނީ 59 ރަށު ކައުންސިލެވެ. މީގެ އިތުރުން، 24 ރަށު ކައުންސިލެއްގެ ބާރު މިނިވަން

ކެންޑިޑޭޓުން ޯހދިއިރު، އަދާލަތާއި ޖުމްހޫރީ ޕާޓީންކުރެ ޮކންމެ ޕާޓީއަކުން ވެސް ވަނީ އެއް ރަށު ކައުންސިލްގެ މެޯޖރިޓީ ޯހދައިފަ އެވެ.

އެހެންވީމާ، އިންތިހާބުން ޮމޅުވީ ޮކންބައެއް؟

ފުރަތަމަ ޮއތީ ކާމިޔާބުކުރި ޮގނޑީގެ އަދަދެވެ. ޑީއާރްޕީ އުޅެނީ އެބައިން އެމްޑީޕީއަށް ވުރެ ކުރީގަ އެވެ. އެހެންކަމުން ޑީއާރްޕީއަށް އެ ލިބުނީ އެއް ޮޕއިންޓެވެ. ދެން ޮއތީ ކައުންސިލްތަކުގެ ޖުމްލަ އެވެ. އެމްޑީޕީއަށް ލިބުނީ

63 ކައުންސިލެވެ. ޑީއާރްޕީއަށް 107 ކައުންސިލެވެ. އެހެންކަމުން މިބައިން ވެސް ޮޕއިންޓް ލިބެނީ ޑީއާރްޕީއަށެވެ.

ޮޕއިންޓް ދެވެން ޮއތް ތިން ވަނަ ކެޓަގަރީއަކީ ޯވޓުގެ އަދަދެވެ. މި އިންތިހާބުގައި ޑީއާރްޕީއަށާއި އެމްޑީޕީއަށް ޯވޓުލީ މީހުންގެ އަދަދު، ހުރިހާ ޯވޓު ޮފއްޓެއްގެ ނަތީޖާ އިލެކްޝަންސް އިން ނެރެފައިނުވާތީ އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް، އެންމެ ގިނަ ޯވޓުގެ ބައިން ޮމޅުވާ ޮޕއިންޓް ޮކންމެ ބަޔަކަށް

ލިބުނަސް، ޑީއާރްޕީ އެ ޮއތީ އެމްޑީޕީއަށްވުރެ ދެ ޮޕއިންޓް ކުރީގަ އެވެ. އެހެންކަމުން އެންމެ ގިނަ ޮގނޑިއާއި ކައުންސިލްތަކުގެ މެޯޖރިޓީ ޯހދައިގެން މި

އިންތިހާބުން ޮމޅުވީ އިދިޮކޅު ޑީއާރްޕީއޭ ބުނުމުން ޮދގަކަށް ނުވާނެ އެވެ.

21

Page 22: Sun Magazine
Page 23: Sun Magazine

23

Page 24: Sun Magazine

24

ތަާފތު ތަސްީވރު

Page 25: Sun Magazine

25

މިއީ އަޅުގަނޑުގެ ވާހަކައެވެ. މިވާހަކަ މިދަންނަވާލަނީ ހަމްދަރުދީ ޯހދާކަށެއް ނޫނެވެ. ލިބުނު ތަޖުރިބާއެއް ޙިއްސާކުރާށެވެ.

އަޅުގަނޑުގެ ޒުވާންދައުރުގެ ފަހުޮކޅުގައި މާލޭގައި ހޭދަކުރި ދުވަސްތަކެއްގައި ބައެއްފަހަރު ގެއިން ބޭރުން ދިމާވާ

ބައެއްކަންތައްތަކާމެދު ހިތްހަމަނުޖެހި ކަންޮބޑުވުމުން އަޅުގަނޑުގެ އާދައަކަށްވީ ގެއަށް އައިސް ވަގުތުން ލިޔުމެވެ. ބައެއްފަހަރު ވާހަކައެކެވެ.

އަނެއްބައި ފަހަރު މަޒްމޫނެކެވެ. އަޅުގަނޑަށް ތަޖުރިބާކުރެވުނީ އެވަގުތުގައި އަޅުގަނޑު ލިޔާ ލިއުން، އަޅުގަނޑު ލިޔާ އެހެން ލިޔުންތަކަށްވުރެ އާދަޔާ ޚިލާފަށް ރަގަޅަުކަމަށެވެ. އަދި އެކަމުން

އަޅުގަނޑަށް ވަރަށް ޮބޑު ހިތްހަމަޖެހުމެއްލިބޭކަމެވެ. މިޮގތަށް އަޅުގަނޑު ލިއުނު ލިއުމުގެ ތެރެއިން، އަޅުގަނޑު ހަނދާންވާޮގތުގައި ޗާޕްކުރެވުނީ

އެންމެ ލިއުމެކެވެ. ފަހުން އަޅުގަނޑުގެ މިއާދަ ހުއްޓިއްޖެއެވެ. އަހަރުތަކަކަށް ފަހު މިފަހަރު އަނެއްކާވެސް އަޅުގަނޑު އިންތިހާ ދަރަޖައަށް ދެރަވި ކަމަކާ ދިމާވިއެވެ. މިކަމުގެ ހައްލެއް ޯހދުމަށް

އަޅުގަނޑު މަސައްކަތްތަކެއް ކުރީމެވެ. ވިސްނީމެވެ. ރޭގަނޑު ނުނިދި ހޭލާޮއވެވުނެވެ. ދެރަވެގެންނެވެ. ޮގތްހުސްވެގެންނެވެ. އެންމެފަހުން

އަޅުގަނޑު ދިޔައީ އަޅުގަނޑުގެ ދޫކުރެވިފައިވާ އާދައަށެވެ. ލިޔާށެވެ. އަޅުގަނޑުގެ މަރުޙޫމް ބައްޕަ ދެކެވަޑައިގެންނެވިޮގތުގައި ރަގަޅު ވަޒީފާއެއް ޮއތުމަކީ ސަރުކާރުގެ ވަޒީފާއެއް ޮއތުމެވެ. އަދި ސަރުކާރުގެ

ވަޒީފާއެއްގައި ދިގުމުއްދަތަކަށް ދެމިހުރެވިއްޖެނަމަ ވަކިމުއްދަތެއްގެ ތެރޭގައި ޕެންޝަންވެސް ލިބޭނެތީވެއެވެ.

އަޅުގަނޑު ސަރުކާރުގެ ވަޒީފާއެއް ޯހދީ ކުރިންދެންނެވުނުފަދަ ސަބަބުތަކާއިހުރެއެވެ. ޮކންމެ މީހަކުވެސް މަސައްކަތެއްކުރަނީ އާމްދަނީއެއް ޯހދުމަށެވެ. އޭގެ އިތުރަށް އަޅުގަނޑު މަސައްކަތްކުރީ އުފަލަކަށެވެ. ކުޑަ މުސާރައެއްގައި ވެސް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއި އެކުގައެވެ. އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު އުފަންވާން އަނބިމީހާ ޮހސްޕިޓަލުގައިި

ޮއތްއިރު، އަޅުގަނޑު އިނީ ޮއފީހުގައެވެ. އަޅުގަނޑުގެ ވެރިއާ އަޅުގަނޑު ދޫނުކުރައްވައިގެންނެވެ. ބޭރު ޤައުމެއްގެ މުހިއްމު ބޭފުޅަކު

ތަޙްޤީޤެއްކުރައްވަން ވަޑައިގަންނަވައިގެން އެތާގައި އަޅުގަނޑު ޮކންމެހެން ހުންނަންޖެހޭނެ ކަމަށް ވިދާޅުވެގެންނެވެ. މަޣްރިބް ނަމާދުގެ ވަގުތަށް

ބައްދަލުވުން މެދުކަނޑާލެވުނުއިރު ނަސީބަކުން އަޅުގަނޑުގެ އަންހެނުން ނުވިހައެވެ. އަޅުގަނޑު ރާއްޖެއިން ބޭރަށް ކުރާދަތުރުތަކުގައި އެނބުރި

އަންނައިރު ޮއފީސް ހުޅުވާފައިހުރިނަމަ ފުރަތަމަ އަޅުގަނޑުދިޔައީ ޮއފީހުގެ މަސައްކަތަށެވެ. ގެއަށްދަނީ ޮއފީހުގެ ގަޑި ނިމުނީމައެވެ. އެހެންނަމަވެސް

އަޅުގަނޑަކީ ޮކންމެހެން ދާންޖެހިގެންނޫނީ ބަންދުގަޑީގައި ޮއފީހަށް ނުކުންނަ މީހެއް ނޫނެވެ. އަޅުގަނޑުގެ ހުސްވަގުތަކީ އަޅުގަނޑުގެ އާއިލާއާއި އެކު ހޭދަކުރާ ވަގުތަށްވާތީވެއެވެ. ހެނދުނު 8.15 ގައި ޮއފީހަށްދިޔަ ޒަމާނުގައި އެއްދުވަހަކު އަޅުގަނޑު ޮއފީހަށް ދިޔައިރު އަޅުގަނޑުގެ ވެރިޔާ އަޅުގަނޑަށްވުރެ ކުރިން ޮއފީހަށް ވަޑައިގެން

ާފން ސީނާ އަހުމަދު ޒާހިރުސިކުނީޑގެ ތޫ

އިންނެވިއެވެ. އޭރުގެ ޙާލަތުހުރިޮގތުން އަޅުގަނޑުމެންނަށް ތިބެންޖެހުނީ އެއްޮކޓަރިއެއްގައެވެ. އަޅުގަނޑު ޮއފީހަށްދާ ގަޑި އަވަސްކުރީމެވެ. އަވަސްޮކށްގެން

ދިޔަދުވަހުވެސް އަޅުގަނޑަށްވުރެ ކުރިން ޮއފީހުގެ ވެރިޔާ ޮއފީހަށް ވަޑައިގެން އިންނެވިއެވެ. ޖެހިގެން އައިދުވަހު، ކުރީދުވަހަށްވުރެވެސް ކުރިން އަޅުގަނޑު

ޮއފީހަށް ދިޔައީމެވެ. އެހާކުރިން ޮއފީހަށް އަންނަނީ ކީއްވެޯތ އެދުވަހު އަޅުގަނޑުގެ ކައިރިން އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ވެެރިޔާ

އަޅުގަނޑަށްވުރެ ކުރިން ޮއފީހަށް ވަޑައިގަންނަވާތީވެއެވެ. އޭނާ ވިދާޅުވީ އޭނާ އެޮގތަށް ހައްދަވަނީ ކުރިން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ ޮއފީހެއްގެ

މަސައްކަތް ކުރިން ނިންމަވާލެއްވުމުންކަމަށެވެ. އެހެންނަމަވެސް އޭގެފަހުން ޮއފީސް ރަސްމީޮގތުން ހުޅުވަންޖެހޭ ގަޑީގެ ކުރިިން އޭނާ އަޅުގަނޑުމެންގެ

ޮއފީީހަށް ވަޑައެއްނުގަންނަވައެވެ. އަޅުގަނޑު ސަރުކާރުގައި މަސައްކަތްކުރާތާ ވިހި އަހަރުފުރުމުން

އަޅުގަނޑަށް ޕެންޝަންލިބުނެވެ. އޭރު މީހުންނަށް ލިބޭ މުސާރައާއި ޕެންޝަނާއި އަޅާބަލާލާއިރު އަޅުގަނޑަށް ލިބުނީ ރަގަޅު ޕެންޝަނެކޭ ދެންނެވިދާނެއެވެ.

އަޅުގަނޑު ސަރުކާެރުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރީމެވެ. 2008 ވަނަ އަހަރު ދައުރު ބަދަލުވުމާއިއެކު އަޅުގަނޑުގެ ވަޒީފާ ގެއްލުނެވެ.

2010 ވަނަ އަހަރުގެ ފަހުޮކޅުގައި އަޅުގަނޑަށް ޕެންޝަން ލިބުން ހުއްޓިއްޖެއެވެ. އަޅުގަނޑަށް ޕެންޝަން ނުލިބޭ ސަބަބެއް ޯހދުމަށް ކަމާއިބެހޭ ޮއފީސްތަކުގައި ދެންނެވުމުން ވިދާޅުވީ ޤާނޫނުގައި ވާޮގތުން އަޅުގަނޑަށް ޕެންޝަން ލިބުން ހުއްޓުނީކަމަށެވެ. ދެން އަޅުގަނޑަށް ލިބޭނީ ސަރުކާެރުން ދެއްވާ ޚާއްޞަ އިނާޔަތްކަމަށެވެ. އެކަމަށް އެދި ޯފމެއް ހުށައެޅުމުން، އެކަމަށް ޝަރުތު

ފުރިހަމަވާނަމަ ދެއްވާ ދެހާސް ރުފިޔާއެވެ. ޤާނޫނުގައި ޮއންނަނީ އެހެންޯނލައެވެ. އަޅުގަނޑު ފަހަށް ރައްކާކުރުުމަށްކުރި މަސައްކަތްދިޔައީ ފެނަށެވެ.

އަޅުގަނޑަށް ޕެންޝަން ބޭނުންވިދުވަހު އަޅުގަނޑަކަށް ޕެންޝަނެއް ނުލިބުނެވެ. ޕެންޝަނަށް ލިބޭ ފައިސާއަކީ ކުޑަ އެއްޗެކެވެ. އަޅުގަނޑުމެންގެ ގޭގެ ޚިދުމަތުގެ

ބިލްތަކަށް ފައިސާ ދެއްކުމުން ބާކީ އެއްޗެއް ޯނވެވެސް ހިގައިދާނެއެވެ. އެހެންނަމަވެސް އެފައިސާ މުހިއްމީ އެވެ. އެއީ ހަޔާތުގެ ދާޮއހުރުވުމާއި އުދަގުލާއި

ދަތިކަމުގެ އުފާވެރި ފަހު ނަތީޖާކަމަށް ދެކޭތީވެއެވެ. އުމުރުން ސަތޭކަ އެތަކެއް އަހަރުވެފައިވާ އަޅުގަނޑުގެ ޮބޑުބޭބޭ ދުނިޔޭގައި ހުންނެވިއިރު އޭނާއާއި ބައްދަލުކުރަން އަޅުގަނޑު ދާދުވަސްދުވަހު

ހޭވެރިކަމެއްހުރިއްޔާ އަޅުގަނޑުކުރެން ޮބޑުބޭބެގެ ޕެންޝަނުގެ ފައިސާ ލިބެމުންދޭޯތ އައްސަވައެވެ. ބޭބެގެ ދަރިން އެފައިސާ ޯހއްދަވާ ވާހަކަ އަޅުގަނޑު

ދަންނަވަމެވެ. ވަރަށް ކުޑަކުޑަ އެއްޗެކެވެ. އެސުވާލުގެ މުހިއްމުކަން މިހާރު އަޅުގަނޑަށް އިޙްސާސްވެއެވެ. އެއީ ޕެންޝަނަށް ލިބޭ ފައިސާއެއް ނޫނެވެ. އެއީ މީހެއްގެ ޤަދަރެވެ. ނަފްސުގެ ޢިއްޒަތެވެ. ޙަޔާތުގެ މިންނަތެވެ. ކެތްތެރިކަމެވެ. ބުރަ މަސައްކަތުގައި ޮއޮހރުވުނު ދަލެވެ. ކުރެވުނު ޤުރުބާނީއެވެ. މަސައްކަތާއި

ވަކިވުމުގެ ވަދާޢީ ހަދިޔާއެވެ. އުފާވެރި ދުވަސްތަކެއްގެ ހަނދާންތަކެވެ. އެފައިސާ އެހާ މުހިއްމީ އެހެންވެގެންނެވެ.

Page 26: Sun Magazine

26

އަހަރެއް ފާއިތުވެ، އާ އަހަރަކަށް

ޮބލީވުޑް ކުރިމަތިލާފައި ވާ އިރު،

މި އަހަރު އެންމެ ޮބޑު ފިލްމުތަކަކީ

ޮކބައިޯތ މި ސުވާލު މިހާރު ވަރަށް ގިނަ

ފަރާތްތަކަކުން ކުރެއެވެ.

"ޮބލީވުޑް ހަންގާމާ"

ގެ ފަރާތުން ހިންދީ ފިލްމު ބަލާ

ސަރަހައްދުތަކުގައި ނަގާފައިވާ ޮޕލްއަކުން

މި އަހަރުގެ އެންމެ ގިނަ ބަޔަކު

އިންތިޒާރުކުރާ ފިލްމުތަކާއި، އެންމެ

ވިދާލާނެ ކަމަށް ބެލެވޭ ނަންތައް ވަނީ

ޯހދާފައެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ

ތެރޭގައި ބޭއްވި މި ޮޕލްގައި އިންޑިޔާގެ

އިތުރުން ޔޫރަޕާއި އެމެރިކާއާއި ކެނެޑާގައި

އިންޑިއާގެ ފިލްމުތައް ބަލާ މީހުންވެސް

ހިމެނުނެވެ. އީމެއިލް މެދުވެރިޮކށް ނެގުނު

މި ޮޕލްގައި ދައްކާ ޮގތުން މި އަހަރުގެ

އެންމެ ވިދާލާނެ ނަންތަކަކީ ޝާހުރުކް

ޚާނާއި، ކަރީނާ ކަޕޫރާއި، ސަލްމާން

ޚާނާއި ޕްރިޔާންކާ ޯޗޕްރާއެވެ. މީގެ

އިތުރަށް، މި އަހަރުގެ އެންމެ ގިނަ ބަޔަކު

އިންތިޒާރުކުރާ ފިލްމުތައް، ޯވޓު ލިބުނު

ތަރުތީބުން ތިރީގައި އެވަނީއެވެ.

ޮޑން 2 .1

ރާ. ވަން .2

ޒިންދަގީ ނާ މިލޭގީ ދުބާރާ .3

ޮބޑީގާރޑް .4

ރެޑީ .5

ސާތު ޚޫން މާފް .6

އޭޖެންޓް ވިޯނދު .7

ޮރކްސްޓާރ .8

ދިއްލީ ބެލީ .9

2011 ވަނަ އަހަރުގެ ބޮޑު ފިލްމުތައް

Page 27: Sun Magazine

27

އޭޝިއާގެ ޮމޒާރޓްގެ ޮގތުގައި ސިފަކުރެވޭ އޭ. އާރ. ރަހުމާން މި ފަހަރުގެ ޮއސްކަރ އެޯވރޑް ހަފުލާގައި ޕާރޯފރމް ކުރާނެ ކަމަށް ޚަބަރު ލިބެއެވެ. ޮއސްކަރ

އެޯވރޑް އިންތިޒާމުކުރާ އިދާރާގެ ފަރާތުން ވާހަކަ ދައްކަމުން ބްރޫސް ޮކއެނާއި ޮޑން މިޝާރ ބުނެފައިވާ ޮގތުގައި މި ހަފުލާގައި އޭ. އާރ. ރަހުމާން ކުޅޭނީ

މިޔުޒިކް އެޯވރޑަށް ޮނމިނޭޓްވެފައިވާ އޭނާގެ ލަވަތަކެވެ.

އެންމެ ފަހުން ބޭއްވުނު 82 ވަނަ ޮއސްކަރ އެޯވރޑް ގައި މިޔުޒިކްގެ ދާއިރާއިން އެންމެ ވިދާލި ފަންނާނުގެ ވިދުން މި ފަހަރު ވެސް ކުޑަނުވުމަކީ

އެކަށީގެންވާ ކަމެކެވެ. މި ފަހަރު ވެސް އޭނާ ވަނީ އެއްވަނަ މިޔުޒިކާއި، އެންމެ ޮމޅު ލަވައިގެ ކެޓަގަރީން

ޮނމިނޭޓްވެފައެވެ. އެއްވަނަ މިޔުޒިކަށް އޭ.އާރް. ޮނމިނޭޓްވެފައި ވަނީ އެއްވަނަ ފިލްމަށް ވެސް ވާދަކުރާ ފިލްމެއް ކަމަށްވާ 127 އަވަރސް އިންނެވެ. އެއްވަނަ ލަވައަށް އޭނާ ވާދަކުރަނީ މި ފިލްމުގެ "އިފް އައި

ރައިޒް" މި ލަވައިންނެވެ. މި ލަވައިގެ ޅެން ހަދާފައިވާ މީހުންގެ ހައިސިއްޔަތުން ޮރޯލ އާރމްސްޓްޯރންގާއި ޑީޯޑ

ވެސް އެޯވރޑަށް ޮނމިނޭޓްވެފައި ވެއެވެ.

މި ފަހަރުގެ ޮއސްކަރ އެޯވރޑް ހަފުލާ ބޭއްވޭނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ޮހލީވުޑް އެންޑް

ހައިލޭންޑް ސެންޓަރުގައި ހުންނަ ޮކޑެކް ތިއޭޓަރުގައެވެ.

އޮސްކަރ އެވޯރޑް ހަފުާލގައި އޭ.ާއރ.ރަހުާމން

ާޕރފޯރމް ކުާރނެ

Page 28: Sun Magazine

28

ޯމނިންގްސަން މޫސާމަނިކު ނުވަތަ ކުޑަމޫސައަކީ ކުޅިވަރުގައި އަބަދުވެސް ނަސީބު ރަނގަޅު މީހެކެވެ. އެންމެ ތުއްތުއިރުއްސުރެ ކުޅިވަރަށް

ޯލބިޮކށް، އެ ދާއިރާއިން ކުރިއަށް ދާން މަސައްކަތްކުރި މޫސަ އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އެންއެސްއޭގެ ޮވލީ މުބާރާތުންނެވެ. އެ މުބާރާތުގައި ކުޅުނު އެންމެ ކުޑަ ކުއްޖަކީ މޫސައެވެ. އެކަމަކު މުބާރާތުގެ އެއްވަނަ ސެޓަރަކަށް ޮހވުނީ ވެސް އޭނާއެވެ. އެހެންވެ ޮއލިމްޕިކް ޮކމެޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރު އެދުވަހު އިއުލާންކުރެއްވީ "އެއްވަނަ ސެޓަރަކީ ކުޑަކުޑަ މޫސަ" ކަމަށެވެ. "ކުޑަމޫސަ"ގެ ނަން ކުޅިވަރުގެ ދަނޑަށް ތައާރަފުވީ އެ

ދުވަހުގެ އެ ހިނދުޮކޅާ އެކުގައެވެ. އޭގެ ފަހުން މަޝްހޫރު ފުޓްޯބޅަ ކުޅުންތެރިޔާ، އަދި ޯކޗު

ކުޑަމޫސަ އަކީ މިއަދުވެސް އެންމެން ދަންނަ، ގިނަ ބަޔަކު އިހުތިރާމްކުރާ

ކުޅިވަރުގެ އެންމެ އަލިގަދަ އެހާމެ ވަރުގަދަ ޝަހުސިއްޔަތެކެވެ. ގިނަ ބަޔަކު އެއްބަސްވާޮގތުގައި އޭނާއަކީ ރާއްޖޭގައި ނުއުފެދޭ ވަރުގެ ނަމޫނާ ކުޅުންތެރިއެކެވެ. ޮވލީ އާއި އެހެން ކުޅިވަރުތައް ވެސް ޮމޅަށް ކުޅުނު މޫސަގެ ފުޓްޯބޅަ ހަޔާތަށް އެކަނި ބެލިޔަސް އޭނާއަކީ ކުޅިވަރުގެ އެ ފަދަ ދެވަނަ އެއްނުވާ ނަމޫނާއެއްކަން އެނގެއެވެ. އެހެންވެ އޭނާ ކުޅިވަރުގެ ދަނޑުގައި ހުނަރާއި ފަންވަރު ހިފެހެއްޓި ވަރަށް އެއްވެސް ކުޅުންތެރިއަކަށް ނުހިފެހެއްޓޭނެ ކަމަށް އަދިވެސް ފުޓްޯބޅައިގެ

ގިނަ މާހިރުން ބުނަމުންދެއެވެ.ކުޑަމޫސަގެ ފުޓްޯބޅަ ހަޔާތް ފެށިފައިވަނީ 1980 ވަނަ އަހަރު

ނިއު ރޭޑިއަންޓުންނެވެ. އޭގެ ކުރިން އޭނާ ޯބޅަ ކުޅުނީ ރައްޓެހި ކުދިންނާއެކު ގޭޮދށުގައާއި އެނޫން ހުސް ބިންތަކުގައެވެ. ފުއްޕާހަމުން ޯބޅަ ހަދައިގެން

އެކުވެރިންނާއެކު ކުޅުނު އިރު ވެސް މޫސަ އަކީ އެންމެ ޮމޅު އެއް ކުޅުންތެރިޔާއެވެ.

ކުލަބު ފުޓްޯބޅައިގެ ހަޔާތުގައި މޫސަ ކުޅުނު ޮކންމެ ޓީމަކަށް

އަބްދުهللا އަޒްީމން

ކުޑަ މޫސަގެ އުންީމދަީކ

މުާއން

އބްދުهللا އަޒުމީން

Page 29: Sun Magazine

29

ވެސް އޭނާ ޯހދައިދިން ކާމިޔާބީތަކުގެ މަތިން އެ ކުލަބުތަކުން އަދިވެސް ހަނދާންކުރެއެވެ. ގައުމީ ފުޓްޯބޅަ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް 1982 ވަނަ އަހަރު ނިއުއަށް ލިބުނު އިރު، ފައިނަލްގައި ވިކްޓަރީ ޮކޅަށް ނިއުގެ

ނޫ ޓީމު ޖެހި ދެ ލަނޑު ވެސް ޖެހީ މޫސައެވެ. މި މެޗަކީ އޭނާގެ ހަނދާނާ ގުޅިފައިވާ އެންމެ މުހިއްމު އެއް މެޗަށް ވާއިރު، ނިއު ދޫޮކށް ވެލެންސިއާއަށް

މޫސަ ބަދަލުވެ އެ ޓީމަށް ގައުމީ ތަށި އެންމެ ފުރަތަމަ ލިބުނު އަހަރު ކަމަށްވާ 1993 ވަނަ އަހަރު ވެލެންސިއާގެ ކެޕްޓަންކަން ކުރީ ވެސް މޫސައެވެ.

ފައިނަލުގައި ނިއު ޮކޅަށް ވެލެންސިއާއިން ޖެހި ހަތް ލަނޑުގެ ތެރެއިން މޫސަ ވެސް އެއް ލަނޑުޖެހިއެވެ. އޭގެ ފަހުން ވަރަށް އާދައިގެ ޓީމެއްގެ ޮގތުގައި ޮއތް ހުއްރިއްޔާ 1997 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ގެންޮގސްދީ، އެ ޓީމަށް 1999 ވަނަ އަހަރު ޮޕމިސްކަޕް ކާމިޔާބުޮކށްދިން ކުޅަދާނަ ޯކޗަކީ ވެސް

މޫސައެވެ.ފައިސާ އަށް ކުޅުންތެރިން ގަނެވިއްކުމުގެ ޯފވަހި ފެށުމުގެ

ސަބަބަކަށްވި ކުޑަމޫސަ އަކީ ތާރީހުތަކުން އެނގޭޮގތުގައި އެހާތަނަށް އެންމެ އަގުޮބޑުޮކށް ކުލަބު ބަދަލުކުރި ކުޅުންތެރިޔާއެވެ. މެދުކެނޑުމެއްނެތި 11 އަހަރު ނިއު އަށް ކުޅުމަށްފަހު 1992 ވަނަ އަހަރު އޭނާ ވެލެންސިއާ އަށް ބަދަލުވުން

ވެގެންދިޔައީ މޫސަގެ ފުޓްޯބޅަ ހަޔާތުގައި ދިމާވި އެންމެ ހަލަނޮބލި އެއް ކަންތައްގަނޑަށް ވެސް

މެއެވެ. ވެލެންސިއާ އަށް ބަދަލުވުމުން ބައެއް މީހުން މޫސައަށް ހުތުރު އެއްޗެހި ކިޔައި ހަޅޭއްލަވައިހެދިއެވެ.

އަދި ވެލެންސިއާ އަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީސް ވެލެންސިއާއާ އެކު އޭނާ ކުރީ ސައްހަ

އެގްރީމަންޓެއް ނޫން ކަމަށް ނިއު އިން ބުނުމުން ނިއުގެ އެދުމަށް މޫސަ ޯކޓަށްޮގސް ދެ ވަނަ ފަހަރަށް ނިއުއާ ގުޅެން މަސައްކަތްކުރިއެވެ. ނަމަވެސް މި މައްސަލާގައި މޫސަ އަށް ނާކާމިޔާބުވިއެވެ.

މި މައްސަލަ ވެފައިވަނީ ދިވެހި ފުޓްޯބޅައިގައި

އެހާތަނަށް ހިނގި ފުރަތަމަ ޯކޓުކޭހަށެވެ. ނިއު އަށް ދާން ކުރި މަސައްކަތް ނާކާމިޔާބުވުމުން 96 ގެ ނިޔަލަށް މޫސަ ކުޅުނީ ވެލެންސިއާ އަށެވެ. އޭނާ

ވެލެންސިއާ އަށް ކުޅުނު އަހަރުތަކުގެ ތެރޭގައި އެ ކުލަބަށް ގިނަ ކާމިޔާބުތަކެއް ޯހދައިދިނެވެ. އެޮގތުން އޭނާގެ ކެޕްޓަންކަމުގެ ދަށުން ދެ ގައުމީ ތައްޓާއި

ތިން ފަހަރު ލީގް ޗެމްޕިއަންކަންކަމާއި ދެ ޮޕމިސްކަޕާއި ދެ އެފް.އޭ.ކަޕް އަދި ފުރަތަމަ ކަޕް ވިނާސް ކަޕް ވެލެންސިއާ އަށް ޯހދައިދީފައިވެ އެވެ.

އޭގެ ފަހުން 96 ވަނަ އަހަރުގެ ވަކި ހިސާބަކުން ވެލެންސިއާ ދޫޮކށް މުހައްމަދު ވަހީދުއްދީންގެ ޯއކިޑަށް މޫސަ ބަދަލުވިއެވެ. އެކަމަކު އެ ކުލަބުގައި މާ ކާމިޔާބު ދުވަސްތަކެއް ހޭދަ ނުކުރެވި އުޅެނިޮކށް ވަހީދުއްދީން

މާލެއަޮތޅު ހުރަ އަށް މޫސަ ގެންދިޔައެވެ. ހުރަ އަށް ކުޅެ، ޯކޗުޮކށްދިން ތިން އަހަރަކީ މޫސަގެ ކުޅިވަރުގެ ހަޔާތުގެ ހަނދާންތަކުން ޮފހެވިގެންދާނެ

ދުވަސްތަކެއްނޫނެވެ. އާއިލާއާ ވަކިން، އާބާދީ މަދު ރަށަށް މުޅި ދިރިއުޅުންހެން ބަދަލުޮކށް، މޫސަ ޓީމުގެ މެދުތެރޭގައި ހުރެ، އަދި ޯކޗެއްެގެޮގތުން އެހީތެރިވަމުން

ޓީމަށް ޮބޑެތި ކާމިޔާބުތަކެއް ޯހދައިދިނެވެ. އެޮގތުން ފުރަތަމަ ފަހަރަށް އަޮތޅުތެރޭގެ ޓީމުތަކުގެ ތެރެއިން ޮޕމިސްކަޕް ޯހދި ޓީމަކަށް މޫސަ ހުރާ

ހަދައިދިނީ 1999 ވަަނަ އަހަރުއެވެ. މޫސަ ގައުމީ ފައިނަލަށް ވެސް ދެ ފަހަރު ހުރާ ގެންޮގސްދިނެވެ. އަދި އެއް ފަހަރު ހުރަޔަށް ލީގް ޗެމްޕިއަންކަން ޯހދައިދީ،

އެއް ފަހަރު އެފް.އޭ.ކަޕްގެ ފައިނަލަށް ވެސް ޓީމު ގެންޮގސްދިނެވެ. މިހުރިހާ ކާމިޔާބުތަކާއެކު މޫސަ ވަނީ ކުޅުންތެރިއެއްގެ ޮގތުގައި 34 ފައިނަލް ކުޅެ 16 ތަށި ޯހދައިފައެވެ. މޫސަ އަށް އެންމެ ގިނައިން ލިބިފައިވަނީ

ގައުމީ ތައްޓެވެ. އޭނާ ގައުމީ މުބާރާތުގެ 16 ފައިނަލްގައި ކުޅެ 8 ތަށި ޙާސިލްޮކށްފައި ވެއެވެ.

މޫސަ އަކީ އޭނާ ކުޅުނު ދުވަސްވަރު ޮކންމެ މަގާމަކަށް ވެސް ޮމޅަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ކުޅުނު ޮކންމެ ޓީމަކަށް ވެސް ޯގލް

ކީޕަރު ނޫން ހުރިހާ މަގާމަކަށް މޫސަ ޮމޅަށް ކުޅެފައިވެއެވެ. އަދި އޭނާ އަށް ލިބުނު ކާމިޔާބީތައް ވެސް އެހާމެގިނަ ގުނަ އެވެ. އެޮގތުން މޫސަ ވަނީ އެންމެ

ޮމޅު މިޑްފީލްޑަރު ކަމާއި އެންމެ ޮމޅު ޯފވަޑް އަދި އެންމެ ގިނަ ޯގލު ޖެހި ކުޅުންތެރިޔާގެ އިތުރުން އަހަރުގެ އެންމެ ޮމޅު ކުޅުންތެރިޔާގެ މަގާމު އެތަކެއް

ފަހަރު ޯހދައިފައެވެ. ކުޅެން ފަށައިގެން މާގިނަ ދުވަހެއްނުވަނީސް އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ޯހދި މޫސަ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ހަތަރު އަހަރުޮކށްފައެވެ. ފުރަތަމަ ފަހަރަށް ދިވެހި ރާއްޖެއަށް ބައިނަލް

އަގުވާމީ ފުޓުޯބޅައިން ރިހިމެޑަލް ޯހދައިިން ޓީމުގައި ވެސް ހިމެނުނު މޫސަ އަށް ފުޓްޯބޅަ ހަޔާތްފެށިތާ މާގިނަ

ދުވަހެއްނުވެ ކުޅިވަރުގެ ގައުމީ އިނާމް ވެސް ވަނީ ލިބިފައެވެ. އަދި އޭނާ އަކީ ދުވަހު ނޫސް ހަވީރުން ޮހވި ހުސްވި ގަރުނުގެ އެންމެ

ޮމޅު ފުޓްޯބޅަ ކުޅުންތެރިޔާ ވެސްމެއެވެ.

ކުޅުންތެރިއެއްގެ ޯޖޒީން ޯކޗެއްގެ ޯޖޒީ އަށް ބަދަލުވުމަށް ފަހު މޫސަ ފެނިފައިވަނީ ދެ ޓީމެއްގެ ބެންޗުންނެވެ. އެއީ އޭނާގެކުރީގެ ދެ ކުލަބު ކަމަށްވާ ނިއު

އާއި ހުރާއިންނެވެ. މި ދެ ކުލަބަށް ވެސް ޯކޗެއްގެ

ޮގތުން އޭނާ ޮބޑެތި ކާމިޔާބުތަކެއް ޯހދައިދިނެވެ. ހާއްސަޮކށް ހުރަ އަށް އޭނާ ކާމިޔާބުޮކށްދިން ޮޕމިސްކަޕް ތައްޓަކީ މޫސަގެ ކެރިއަރުގައި ވެސް ހާއްސަ ތައްޓެކެވެ.

ދަނޑުމަތީގަ އާއި އާއްމު ދިރިއުޅުމުގައި ވެސް އަޚުލާގު ރަނގަޅު ކުޅުންތެރިޔާގެ ކާމިޔާބީ ސިއްރަކީ ޮކބައިބާވައެވެ؟ ޔަގީނުން ވެސް އޭނާގެ

އަޒުމާއި ހިތްވަރާއި ކުޅިވަރުގައި ގެންގުޅުނު ރިވެތި ސުލޫކު މިކަމުގައި މުހިންމު ދަައުރެއް އަދާކުރާނެއެވެ.

ފުޓްޯބޅައިގައި މިއަދު މޫސަގެ މުސްތަގްބަލަކީ އޭނާގެ ޮދށީ ދަރިފުޅު މުއާން މޫސާ މަނިކެވެ. އަންނަ މަހު ޮއލިމްޕިކް ޮކލިފައިންގައި ވާދަ ކުރަން ތައްޔާރުވާ ޒުވާން 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 19 އަހަރުގެ މުއާން ފަރިތަކުރާއިރު ޮކންމެ ދުވަހަކު ވެސް މޫސަ އެ މަންޒަރު ބަލަން އިނދެ އެވެ.

ދަރިފުޅު ޮގވައިގެން ގަޑިއަށް ދަނޑަށް ދަނީ ވެސް މޫސައެވެ. ޕްރެކްޓިސް ނިމޭއިރު ބަލާދަނީ ވެސް މޫސައެވެ. އޭނާގެ މިއަދުގެ ހުވަފެނަކީ ދަރިފުޅު މުއާން

ވެސް މޫސަ ހިނގިމަގުން ހިނގައި، ދިވެހި ކުޅިވަރުގެ ބްރޭންޑަކަށް ވުމެވެ.

Page 30: Sun Magazine

)ކުރީގެ އަދަދާ ގުޅޭ(

"ބައްޕަ ބޭނުންވަނީ ލަސްނުޮކށް ކައިވެނި ކުރަން." ޝިމްލާގެ ޮކނޑުމަތީގައި ޝިނާން އަތް ބާއްވާލި އެވެ.

"ކައިވެނި ކުރަންވާނީ އެކަމަށް ތައްޔާރުވެސް ވެގެން. ކުއްލިއަކަށް ކުރީމަ ޮކން މަޖަލެއް ވާނީ. އަދި މަޑުޮކށްލާނީ ޯދ!"

"ޯއކޭ! އަހަރެން ބައްޕަގާތު ތިވާހަކަ ބުނާނަން. ބައްޕަވެސް ޯއކޭ ވާނެ.""ކައިވެނި ނުކުރިޔަސް ޝިނާންގެ އެއްވެސް ކަމަކަށް އިރާދަކުރެއްވިއްޔާ

އުނިކަމެއް އަޔަކަ ނުދޭނަން. އޭރުން ޯއކޭ އެއްނު." ވަގުތުގެ ދީލަތި އެހީއާއެކު ޝިނާނުގެ ހަޔާތްވެސް އާދައިގެ

ހާލަތަކަށް އަތުވެއްޖެ އެވެ. ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ. ކުރިއެކޭ އެއްޮގތަށް ޝިމްލާއާއެކު ބޭރަށް ޮގސްވެސް ހަދަން ފަށައިފި އެވެ.

އެހެންނަމަވެސް މިހާރުވެސް މަންމަގެ ހަނދާންތަކުން އޭނާއަށް އުނދަގޫ ކުރެ އެވެ. ދެ ޮލލަށް ކަރުނަ ޖަމާކުރެ އެވެ. ހުއްޓުން އަރުވަ އެވެ. އެފަދަ ޮކންމެ ދަނޑިވަޅަކު އޭނާއަށް އެހީތެރިވަނީ ޝިމްލާ އެވެ. ޝިމްލާ އޭނާއަށް ހިތްވަރުދެ

އެވެ. އެހެން ޮކންމެވެސް ވާހަކައެއް ފަށައިގެން މޫޑު ބަދަލުކުރެ އެވެ.އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. ފިހާރައިގައި އުޅެފައި ކުއްލިޮގތަކަށް ގެއަށް އަންނަން ޖެހިގެން އަބީރު ގެއަށް އައެވެ. ގެހުރީ ތަޅުލާފައި ކަމުން ތަޅަށް ތަޅުދަނޑި ޖަހައި ހުޅުވައިލި އެވެ. ގޭތެރޭގައި

ރަސްކަން ކުރަމުން ދަނީ ފަޅުކަމެވެ. ދުވާލުގެ ގިނަވަގުތު އެ ގެ ޮއންނާނީ ފަޅަށެވެ. މިފަދަ ޮގތަކަށް ގޭތެރެ ޮއއްވާ ގެއަށް ވަދެވޭ ޮކންމެ ފަހަރަކު

އަބީރުގެ ހިތް ޮރއްވާލަ އެވެ. ދެޯލ ފެންކަޅިވެ އެވެ. އަންހެނުންގެ ހަނދާން ތަކުންނެވެ. އެހެންވެ މި ގަޑީ ގެއަށް ނާންނަންވެސް އަބީރު އުޅެއެވެ. އެހެނަސް މިއަދު މުހިންމު ކަމެއް ޖެހިގެން އަންނަން މަޖުބޫރުވީ އެވެ.

ގެއަށް ވަނުމަށްފަހު ޮކޓަރިއަށް ދިޔުމަށްޓަކައި އަބީރު

ހިނގައިގަތެވެ. އެޅުނީ ދެތިން ފިޔަވަޅެވެ. ކުއްލިއަކަށް ހުއްޓުން އަރައިފި އެވެ. ތަޅުންގަނޑުގައި ދެފައި ތަތްވި ކަހަލަ އެވެ. ފައިކައިރީގައި ޮއތް ކަރުދާސްގަނޑެއް ފެނިފަ އެވެ. ހިތަށް އެރި އެވެ. މި ކަރުދާސްގަނޑު މިގެއަށް އަނެއްކާ މި ގެނައީ ކާކުބާވަ އެވެ؟ މިއީ މިހާރު ފުލުހުންނާ

ހަވާލުޮކށްފައިވާ އެއްޗެކެވެ. ތެޅިތެޅި ޮއތް ހިތަކާއެކު އޭނާ ގުދުވެ ކަރުދާސްގަނޑު ނެގި އެވެ. ނިއުޅައިލި އެވެ. މިއީ އެކަރުދާސްގަނޑެއް ނޫނެވެ. އެކަމަކު އެއް ލިޔުމެކެވެ. އެއް ކުލައެކެވެ. ތަފާތީ އިބާރާތެވެ. އަބީރަށް އެ ލިޔުންޮކޅު ކިޔައިލެވުނެވެ. ތިން ހަތަރު ފަހަރު ތަކުރާރު ޮކށްލެވުނެވެ. އިބާރާތަކަށް

ބަދަލެއް ނައެވެ. އޭގައި އެޮއތީ އިންޒާރެކެވެ. މީގެ ހަމަހެއްހާ ދުވަސްކުރިން އޭނާގެ އަންހެނުންނަށް އައި ކަހަލަ މަރުގެ އިންޒާރެކެވެ. އެކަމަކު މިފަހަރު އެއިންޒާރު އަމާޒުކުރެވިފައިވަނީ އޭނާއަށެވެ. އަބީރަށެވެ.ޮއފީސް ނިންމާލާފައި ޝިނާނަށް ގެއަށް އާދެވުނުއިރު ތިނެއް

ޖަހައިފި އެވެ. ޮދރާށި ތަޅުނުލާ ހުރުމުން ޝިނާނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހިތަށް އެރި އެވެ. އަނެއްކާ މިއަދު އަވަސް އަރުވާލާފައި

ތަޅުނުލާ ދެވުނީބާވަ އެވެ. ލިބުނު ހައިރާންކަމާއި ހާސްކަމަށް ހަމަޖެހުމެއް ގެނެސްދިނީ ފާރުކައިރީގައި ޕާކުޮކށްފައި ހުރި އަބީރުގެ ސައިކަލެވެ.

ހިތަށް އެރި އެވެ. ބައްޕަ މިއަދު ގެއަށް އައިސް އެއުޅެނީ ހާދަ ނުގަޑިއެއްގަ އެވެ. އެހެންޏާ މިއީ މިއިން ދުވަހަކުވެސް ބައްޕަ ގެއަށް

އައި ގަޑިއެއް ނޫނެވެ. މިކަހަލަ ޚިޔާލުތަކެއްގައި ހުރެ ޝިނާން ގެއަށް ވަނެވެ.

ގޭތެރޭގައި ވަނީ ފަޅުކަމެވެ. ބައްޕަގެ ޮކޓަރިން ފަންކާ އެނބުރޭ އަޑު އިވެއެވެ. ޮދރު ލައްޕާފައި ހުރި ނަމަވެސް ބައްޕަ އުޅޭކަން ޔަގީނެވެ. ޝިނާން ހުރީ ވަރަށް ޮބޑަށް ބަނޑުހައިވެފަ އެވެ. ޮއފީސް ނިންމާފައި ގެއަށް އަންނަ ޮކންމެ ފަހަރަކު އޭނާގެ ހިތުގައި މަންމަގެ

30

މަރުގެ އިންާޒރުމުހައްމަދު ާގސިމް، އއ. މަތިވެރި

Page 31: Sun Magazine

31

ހަނދާންތައް އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ޮއފީސް ނިންމާފައި އައިސް މިޮގތަށް

ބަނޑުހައިވެގެން ހުންނާކަށް ނުޖެހޭނެ އެވެ. ހުންނާނީ ކާން ހަދާފަ އެވެ. އެކަމަކު މިހާރު މިޖެހެނީ..........

ގޭގައި ގެންގުޅޭނެ ބޭރު މީހަކު ގެންނަން އަބީރު އުޅުނެވެ. ޝިނާނު އެކަމަށް އެއްބަސް ނުވީމާ ދޫޮކށްލީ އެވެ. ގޭތެރެ ސާފުޮކށް ބަލަހައްޓަނީ ޝިމްލާއެވެ. އެހެންކަމުން އެކަމަކަށް އިތުރު

މީހަކު ބޭނުމެއް ނުވެއެވެ. ކިތަންމެ އެކަނިވެރިކަން އިހުސާސް ކުރެވުނަސް ގެއަށް ބިދޭސީ އަންހެނަކު ވައްދާކަށް އަދިވެސް

ޝިނާނު ބޭނުމެއް ނުވެއެވެ. މައްސަލައަކީ ޝިމްލާ ކައިވެންޏަށް އެއްބަސްނުވާކަމެވެ. އެހެންނޫންނަމަ މިހާރު ވަރަށް ހަމަޖެހިލައިގެން

އުޅެވިދާނެ އެވެ. މިކަހަލަ ފިކުރުތަކެއްގައި ހުރެ ޝިނާން އެއްޗެހި

ބަދަލުޮކށްލައިގެން ވަނީ ފާޚާނާއަށެވެ. ފެންވަރާލާ ހަދާލައިގެން ނިކުމެ ޝިމްލާއަށް ގުޅި އެވެ. އެއްޗެއް ކައިލާން ދާންކަމަށެވެ. ތިން ހަތަރު

ފަހަރު ގުޅިފަހުން ޝިމްލާ ޯފނު ނަގައިފި އެވެ. "ހާދަ ވަރަކަށް ގުޅައިފީމޭ. ޮކންތާކު ތިއުޅެނީ؟"

"ފެން ވަރާލައިގެން މި ނިކުތީ. މިހާރު ކައިފީމުތަ؟" "ތިކަމާ މިގުޅަނީ. މަވެސް މި ނިކުތީ ފެންވަރައިގެން.

ތައްޔާރުވެލައިގެން މިދަނީ، އިނގޭ!"ޝިނާން ޯފނުބައްވާފައި އަވަސް އަވަހަށް

ތައްޔާރުވެލައިގެން ނިކުތެވެ. ބައްޕަގެ ޮކޓަރީ އަދިވެސް ހުރީ ފަންކާ ޖަހާފަ އެވެ. ހިތަށް އެރި އެވެ. ބައްޕަ ޮކޓަރީގައި އުޅޭތާ ހާދަ

އިރެކެވެ. އަނެއްކާ ބަލިވެ އުޅެނީބާވަ އެވެ. ބައްޕަގެ ހާލު ބަލައިނުލައި ގެއިން ނިކުންނާކަށް

ޝިނާނަކަށް ފަސޭހައެއް ނުވިއެވެ. ޮކންމެ ޮގތެއްވިޔަސް މިހާރު ބައްގެ ކަންކަން ބަލަހައްޓާނޭ އިތުރު މީހަކު ނެތެވެ. ކަމެއް ވިޔަސް

އަޅައިލަން ހުރި މީހަކީ އޭނާއެވެ. ބައްޕަގެ ޮކޓަރިއާ ދިމާއަށް ޝިނާން ހިނގައިގަތެވެ. ޮކޓަރީ ޮދރު ހުރީ ލައްޕާފަ އެވެ. އޭނާ ޮގސް މަޑުމަޑުން ޓަކި

ޖަހައިލި އެވެ. އިރުޮކޅަކު މަޑުޮކށްލީ ބައްގެ ޚަބަރެއް ވޭޯތ އެވެ. ނުވި އެވެ. ފަހަރެއްގައި ނިދިފައި ޮއވެދާނެއެވެ. އެހެންކަމުން

ތަންޮކޅެއް ބާރަށް ޖަހާލައިފި އެވެ. ޚަބަރެއް ނުވި އެވެ. ތަޅުގައި ހަމަ ހިފައިލީ ޮކންމެހެން ހުޅުވާކަށް ނޫނެވެ. އެހެނަސް

ހިފާލުމާއެކު ހުޅުވިއްޖެ އެވެ. ހުރީ ތަޅުލާފައެއް ނޫނެވެ. ޮކޓަރިތެރެއަށް ބަލައިލުމާއެކު ޝިނާނަށް ވީޮގތްވެސް ނޭނގުނެވެ.

ފުރަތަމަ މީހާ ހުރިޮގތަށް ހުއްޓުން އަރާޮގތް ވީއެވެ. ފެނުނު މަންޒަރު ގަބޫލު ނުކުރެވުނީ ކަމަށްވެދާނެ އެވެ. އެހެނަސް އެޮގތުގައި

ހޭދަވީ ހަމަ ދެތިން ސިކުންތެއްހައި އިރެވެ. "ބައްޕާއޭ" ކިޔައި ހަޅޭއްލަވައިގެންފައި ޮކޓަރިތެރެއަށް ދުއްވައިގެންފި އެވެ. އެދިޔަޮގތަށް ޮގސް ޮއޅުލައިގަތީ ޮކޓަރީ ތަޅުންގަނޑު މަތީގައި ލެއިން ތަތްތެޅިފައި

ޮއތް އޭނާގެ ބައްޕަގެ ފުރާނަ ނެތް މަސްގަނޑުގަ އެވެ. ޝިނާނު ޮމޔަވި ކަހަލަ އެވެ. ބައްޕަގެ ގައިގައި ޮއޅުލަ

ޮއޅުލާފައި ޮރއި ހަޅޭއްލަވަމުން ގެންދާއިރު، އޭނާ އެ އިނީ ހަމަހެއަކު ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެ އެވެ. ކުއްލިއަކަށް

އިވެން ފެށީ ޯފނެއްގެ ރިންގުގެ އަޑެވެ. ޯފނުގެ ރިންގުގެ އަޑާއެކު ޝިނާނުގެ އަޑު ކެނޑުނެވެ. އަބީރުގެ ޖީބުގައި ޮއތް ޯފނު ރީންގުވަނީ

އެވެ. އިރުޮކޅަކު އިނދެފައި ޝިނާން ޯފނު ނެގި އެވެ.

"އަބީރު. ކިހާއިރަކުޯތ ފިހާރައަށް ދުރުވަނީ؟ " ޯފނު ކަންފަތުގައި ޖައްސައިލުމާއެކު ޝިނާނަށް އިވުނެވެ.

ޝިނާނަކަށް އަނގައަކުން ނުބުނެވުނެވެ. ދެޮލލުން ޯހސްލާފައި ކަރުނަ ޮއހިގެންފި އެވެ. އެޮކޅުން ކިޔާ ނުކިޔާ އެއްޗެއް އޭނާއަކަށް ނޭނގެ އެވެ. ޯފނު

ކަންފަތުގައި ޖައްސައިގެން އިނދެ، ބައްޕަގެ ލެއިން ތަތްތެޅިފައިވާ މޫނަށާއި މެރިފައިވާ ދެޮލލަށް ބަލައިލެވުނެވެ. އެއާއެކު އަނެއްކައިވެސް ބަޑި ފަޅައިގެން ހިނގައްޖެ އެވެ. ކިތަންމެ އަވަސް އަވަހަށް ޯފނު ކަނޑައިލެވޭޯތ ޝިނާން

މަސައްކަތް ކުރިނަމަވެސް ޯފނު ޮކށްގެން ހުރި މީހާއަށް އޭނާ ޮރއިގަތް އަޑު އިވޭނެ އެވެ.

އަބީރުގެ މަރުގެ ޚަބަރު އިސާހިތަކު މުޅި މާލެއަށް ޢާންމުވެއްޖެ އެވެ. ކަމާބެހޭ ފަރާތް ތަކުން މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އެހެނަސް ކުރެވޭނެ މާޮބޑު ކަމެއް ނެތެވެ. ތުހުމަތު ކުރެވޭ މީހަކު ނެތް ތާނގައި، ހެއްކަކަށް ގަރީނާއަކަށް ފުދޭނެ އެއްޗެއް ވެސް ނެތެވެ. އެނގޭ ކަމަކީ އަބީރު ޮއތީ ތޫނު އެއްޗަކުން ހަމަލާދީ މަރައިލާފައި ކަމެވެ. އެ ޮކޓަރިން ފެނުނު

ލިޔުމުން އެނގުނީ އެ ދެމަފިރިންގެ ގާތިލަކީ އެކަކު ކަމެވެ. ލިބުނު ފުން ހިތާމައިގައި ޝިނާންގެ ސިކުނޑި ހަމައިން ނެއްޓުނެވެ.

ބާރަ ވަރަކަށް ގަޑިއިރު ހޭނާރާ ޮއވެފައި ހޭއެރިއިރު އޭނާކިޔަނީ ހަމަނުޖެހޭ އެއްޗިއްސެވެ. ޝިނާނަށް ވީޮގތް ފެނިފައި އެންމެ ޮބޑު އަސަރެއް ކުރީ

ޝިމްލާއަށެވެ. އެފަކީރުގެ ދެޯލ ވަނީ ދުޅަވެފަ އެވެ. ފާރުވެފަ އެވެ. ޝިނާންގެ ސިކުނޑި ހަމައަކަށް އެޅުނީ ޢަބީރު ނިޔާވިތާ ފަސް ހަ ދުވަސް ފަހުންނެވެ.

ޮޑކްޓަރުގެ ފަރުވާއާއެކުގަ އެވެ. ޝިމްލާގެ ޯލތްބާއި އަޅާލުމުގެ ސަބަބުންނެވެ. މި ހުރިހާ ކަމަކަށްވުރެ ޮބޑީ هللاގެ ރަޙުމަތްފުޅެވެ.

މިއަދު ޝިނާނަކީ ދިރިހުޢްޓަސް ރޫހު މަރުވެފައިހުރި މީހެކެވެ. ޝިމްލާފަދަ ބައިވެރިޔަކު ނުލިބުނު ނަމަ، މިއަދު އޭނާގެ މަންޒިލަކަށްވާނީ

ކަށްވަޅެވެ. ނޫނީ ޮމޔައިންގެ މަރުކަޒެކެވެ. އެހެނަސް އެފަދަ ދުވަހެއް ނުދައްކަވާ އޭނާ ސަލާމަތް ވެއްޖެ އެވެ. އެކަމުގެ މައްޗަށް ޝިމްލާ ޮކޅު ނެތްޮކޅަށް

ޝުކުރުވެރިވި އެވެ. އުފާކުރި އެވެ. އޭނާ އަބަދުވެސް އެދެނީ ޝިނާނަށް ހެޮޔ ޮގތް މެދުވެރި ވުމަށެވެ. އުފާވެރި ދުވަސްތައް ދެއްކެވުމަށެވެ.

ދުނިޔޭގެ އުސޫލުން ދުވަސްތައް މާޒީއާ އެކުވަމުން ޮގސް ޝިނާނު ހަމައަކަށް އެޅިއްޖެ އެވެ. މުޅިން ހުރިހާ ކަމެއް ހަމައަށް ނޭޅުނު ނަމަވެސް އާދައިގެ ހާލަތަކަށް އަތުވެއްޖެ އެވެ. ޮއފީހަށް ނިކުންނަން ފަށައިފި އެވެ.

ފިހާރައިގެ ކަންކަމުގައިވެސް ވީވަރަކުން ހަރަކާތްތެރިވާން ފަށައިފި އެވެ. ބައްޕަ ދުނިޔޭގައި ވިޔަފާރީގެ ކަންކަމުގައި ޙަރަކާތްތެރި ނުވި ނަމަވެސް މިއަދު އޭނާއަށް

ވަނީ އެކަމުގައި އުޅެން މަޖުބޫރުވެފަ އެވެ. ޝިނާނުގެ މިހާރުގެ ހުރިހާވެސް މީހަކީ ޝިމްލާ އެވެ.

ޝިނާނުގެ ހުރިހާ ކަމެއް ކުރިއަށްވުރެ ވެސް ރަނގަޅަށް ޝިމްލާ ގެންދަނީ ބަލަހައްޓަމުންނެވެ. އެއްޗެހި ޮދވުމެވެ. އިސްތިރިޮކށްދިނުމެވެ. ބައެއް ޙާލަތްތަކުގައި ގޭގައި މީރު އެއްޗެހި ކައްކާ ޝިނާނަށް ކާންވެސް ދެއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ޝިމްލާގެ ކައިވެންޏަށް ޝިނާނު އެދުނެވެ. މިޮގތަށް ދެމީހުން އެކަނި ވަގުތުތައް ހޭދަކުރުން ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވޭތީއާ ވެސް

އެކުގަ އެވެ. ޝިނާނު ހީކުރީ މިފަހަރުވެސް ޝިމްލާ ދޭނީ ކުރީފަހަރުވެސް ދިންފަދަ ޖަވާބެއް ކަމަށެވެ. އެހެންނަމަވެސް މިފަހަރު ވީ އެހެންނެއް ނޫނެވެ. ހީވީ ޝިނާން

ނާހައިގެން ހުރިހެންނެވެ. ވަރަށް ފަސޭހައިން އެއްބަސް ވެއްޖެ އެވެ. މިހާރު ޝިމްލާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝިނާނާ ކައިވެނި ކުރާށެވެ. ޝިނާނުގެ

މީހަކަށް ހުރިހާ ޮގތަކުންވެސް ވާށެވެ. ޝިނާނުގެ އެކަނިވެރިކަމާއި، އަންބެއްގެ ބޭނުން އޭނާއަށް ޖެހިފައިވާ މިންވަރު ވިސްނެނީ ކަމަށް ވެދާނެ އެވެ. )ނުނިމޭ(

Page 32: Sun Magazine

ދުޢާ އިޖާބަ ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ބަޔަކު މީހުން ޢިލްމުވެރިޔަކާ ސުވާލުކުރިއެވެ. "އަޅުގަނޑުމެން މާތްهللا ގެ ޙަޟުރަތަށް ކުރާ ދުޢާ އިޖާބަ

ނުކުރައްވަނީ ކީއްވެގެން ޯތއެވެ؟" ޢިލްމުވެރިޔާ ޖަވާބުދެއްވިއެވެ. "ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތުން ތިޔަ އެދެނީ ތިޔަބައިމީހުން

އެހެނިހެން އިންސާނުންނަށް ދޭން ތައްޔާރަށް ނުތިބޭ ކަންތައްތަކަކަށެވެ. ތިޔަބައިމީހުން އަނެކުންގެ އަނިޔާއިން ސަލާމަތްޮކށްދެއްވުން އެދި

އެކަލާނގެ ޙަޟުރަތަށް ދުޢާކުރަމުއެވެ. ނަމަވެސް ތިޔައިގެ ތެރެއިން މީހަކަށް އާރެއް ބާރެއް ލިބިއްޖެނަމަ ތިޔަބައިމީހުންގެ ބާރުގެ ދަށުގައި ތިބި ބަޔަކަށް އަނިޔާވެރިކަމުގެ ރަހަ ދައްކާކަށެއް ފަހެއް ނުޖެހެމުއެވެ.

ތިޔަބައިމީހުންގެ ޖާނާއި މާލުގެ އަމާންކަމާއި ސަލާމަތަށް އެދި އެކަލާނގެ ޙަޟުރަތަށް ދުޢާކުރަމުއެވެ. ނަމަވެސް ތިޔަބައިމީހުން ކުރެ މީހަކަށް ފުރުސަތެއް ހަމަ ލިބޭ އިރަށް ތިމާގެ އަޚާގެ ޖާނާއި މާލު ތިމާގެ މައްޗަށް ހުއްދަޮކށްގަންނަމުއެވެ. ތިޔަބައިމީހުން

ޝަރަފުވެރި ދިރިއުޅުމަކަށް އެދި މާތްهللا ގެ ޙަޟުރަތަށް ދުޢާ ކުރަމުއެވެ. ނަމަވެސް ތިޔަބައިމީހުން ކުރެ

މީހަކަށް އެހެން މީހަކަށް ބާރުޯފރުވޭ ޮގތް ދިމާވެއްޖެނަމަ އެ މީހަކު

ނިކަމެތި ޮކށްލައިގެން ހިތްހަމަޖެހުން ލިބިގަންނަމުއެވެ. ތިޔަބައިމީހުން

ދުޝްމިނުންގެ ނުރައްކާތެރި ރޭވުންތަކުން ސަލާމަތްޮކށްދެއްވުން އެދި ދުޢާކުރަމުއެވެ.

ނަމަވެސް ތިޔައިގެ ތެރެއިން މީހަކު އަނެކަކާ ދެބަސްވެލާ އިރަށް އެ މީހެއްގެ

އަގުވައްޓައިލައި ދިރިއުޅުން ހަލާކުޮކށްލަން ހުރިހާ ވައްތަރެއްގެ ނުބައި ރޭވުންތަކެއް ރާވަމުއެވެ."

ދުޢާ އިޖާބަ ކުރެއްވުމުގައި ލާޒިމީ އެއް ޝަރުޠަކީ ދުޢާ ކުރާ މީހާ އޭނާގެ ދުޢާއާ މެދު ސީރިޔަސްވުމެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ އޭނާ ކުރާ ދުޢާއަކީ އޭނާގެ ހިތާއި ދުލުން، އޭނާގެ އެތެރެފުށާއި ބޭރުފުށުން ކުރާ ދުޢާއަކަށް ވުމެވެ. އޭނާގެ ނަފުސާއި

އޭނާގެ މުޅި ވުޖޫދުގެ އަޑެއް ކަމުގައި އެ ދުޢާއެއް ވުމެވެ. ހަމައެކަނި ތުން ތަޅުވައިލުމަކުން ނިކުމެފައިވާ އަޑެއް ކަމުގައި ނުވުމެވެ. ކަމަކާ

މެދު މީހަކު ސީރިޔަސްވެއްޖެ ނަމަ އެ ކަމެއްގައި އެ މީހެއްގެ

ދެފުށުއެޅުމެއް ޯނންނާނެއެވެ. އޭނާގެ މުޅި ޙަޔާތު މިސުރާބުޖެހިފައި ވާނީ އެ ދިމާޔަކަށެވެ. މިފަދަ ޮގތެއްގައި ހުރެ މީހަކު ކަމަކަށް އެދި ދުޢާކުރާ އިރު އޭނާގެ ދުޢާއާއި އޭނާގެ ޢަމަލުގައި އެއްވެސް ތަފާތެއް ޯނންނާނެއެވެ. ފުށުއެރުމެއް ޯނންނާނެއެވެ. މީހަކު ޙަޤީޤަތުގައި ވެސް

އަނިޔާވެރިކަމާ ނުރުހޭ ނަމަ، އެހެން މީހުންގެ އަނިޔާއަކީ އޭނާ އެ ކަމާ ދެޮކޅަށް ޝަކުވާކުރަން ޖެހޭ ފަދަ ކަމެއް ކަމުގައި ދެކޭ ނަމަ އޭނާއަކީ ޚުދު އޭނާގެ ދާއިރާގައި އަނިޔާވެރިޔަކު ކަމުގައި ވުމަކީ ވާނެ ކަމެއް ނޫނެވެ. ތިމާގެ އިމްތިޔާޒުގެ ދާއިރާގައި އަނިޔާވެރިވުމާއި އަނެކުންގެ

އަނިޔާވެރިކަމާ މެދު އިޙްތިޖާޖުކުރުމަކީ ބަހާއި ޢަމަލުގައި ފުށުއެރުމެވެ. ބަހާއި ޢަމަލު ދިމާނުވުމެވެ. އެކަމުން ސާބިތުވަނީ އޭނާއަކީ އޭނާގެ

ހިތުގެ އަޑީގެ ޝުޢޫރާ އެއްޮގތަށް ވާހަކަދައްކާ މީހެއް ނޫން ކަމެވެ. އޭނާގެ ބަހަކީ ޢަމަލާ ގުޅުމެއް ނެތް ބަހެއް ކަމެވެ. މީހާ ކުރާ ދުޢާގެ ޢިބާރާތާއި އޭނާގެ ޢަމަލާ ދިމާނުވާ މީހާގެ ދުޢާއަކީ އޭނާއަށް ރައްދުކުރެވިގެން ވާނެ ދުޢާއެކެވެ. އެފަދަ ދުޢާއަކީ މާތްهللا ގެ ޙަޟުރަތުން ޤަބޫލުކުރެއްވުމުގެ ޝަރަފު

ލިބޭނެ ދުޢާއެއް ނޫނެވެ. މީހުންގެ މެދުގައި ދެޮކޅުވެރިކަން އުފައްދަން

މަސައްކަތް ކުރާ މީހެކެވެ. ދެބަޮއޑުވަމުން ހިނގާ މީހެކެވެ. އެކަމަކު އޭނާ ދުޢާކުރެއެވެ. "ހައްދަވައި

ޮބޑުކުރެއްވި ރަސްކަލާޯކއެވެ! މީސްތަކުން އެއްބައިވަންތަ ޮކށްދެއްވާނދޭވެ!" މިފަދަ މީހުންގެ މިފަދަ ދުޢާއަކީ

ޙަޤީޤީ މާނައިގައި ދުޢާއެއް ނޫނެވެ. އަދި ކީއްޯތއެވެ. އެއީ ފުރައްސާރައެކެވެ. ނުވަތަ މަޖަލެކެވެ. އެފަދަ މީހުންގެ ދުޢާއާ މެދު ޙައްޤުކަން ޮބޑީ އޭނާއަށް އެކަމުގެ އަދަބު

ލިބުމެވެ. ދަރުމަ ލިބުމެއް ނޫނެވެ. z ކުރާ މީހާއަކީ އޭނާ މާތްهللا ގެ ޙަޟުރަތުން ާ ތިމާއަށްޓަކައި އެދޭ ކަންތައްތައް އެކަލާނގެ އެހެނިހެން އަޅުތަކުންނަށް

ދޭން ތައްޔާރަށް ހުންނަ މީހަކަށް ވުމެވެ. އެކަލާނގެ އެހެނިހެން އަޅުތަކުންނަށް އެކަންކަން ލިބުން އެދޭ މީހަކަށް ވުމެވެ. ތިމާ هللا

ގެ ޙަޟުރަތުން ތިމާއަށް ޓަކައި އެދޭ ރަޙްމަތާއި ޢިނާޔަތް އެކަލާނގެ އެހެނިހެން އަޅުތަކުންނަށް ވެސް ލިބުން އެދުމެވެ. އެ ކަމާ ހިތުގެ އަޑީން ރުހި ޤަބޫލުވުމެވެ. މިއާ ޚިލާފަށް ކުރާ ދުޢާއަކީ ތިމާ ކުރާ ކުށްވެރި ޢަމަލެކެވެ. މާތް هللا ގެ ޙަޟުރަތަށް އަދައި ދެންނެވޭ

ދެންނެވުމެއް ނޫނެވެ.

މީހުންގެ މެދުގައި ދެޮކޅުވެރިކަން އުފައްދަން މަސައްކަތް ކުރާ މީހެކެވެ.

ދެބަޮއޑުވަމުން ހިނގާ މީހެކެވެ. އެކަމަކު އޭނާ

ދުޢާކުރެއެވެ.

32

Page 33: Sun Magazine

33

Page 34: Sun Magazine

34

އެންމެ ބޮޑު "ރައްޔިތުންާނ" އިދިކޮޅު ާޕީޓ!

މުހައްމަދު ބުޝްރީކެޔޮނިރު

ދިވެހިރައްޔިތުންގެ ޕާރޓީ )ޑީ.އާރ.ޕީ( އަކީ، ބުނެވޭ ޮގތުގައި، އެންމެ ޮބޑު އިދިޮކޅު ޕާރޓީއެވެ. އެކަމަކު އެޕާރޓީ އިދިޮކޅު ވަނީ ޮކންބަޔަކާ ކަމާ މެދު

މިހާރު ސުވާލު އުފެދެއެވެ. ޑީ.އާރ.ޕީ ދެބަޔަކަށް ނުވަތަ ދެފެކްޝަނަކަށް ބެހިގެން އުޅޭ ކަމަކީ

އެންމެންނަށް ވެސް މިހާރު އެނގޭ ކަމެކެވެ. މި ދެ ބައިގެ ތެރެއިން

އެއްބައިމީހުން ތާއީދުކުރަނީ ޕާރޓީގެ ރަމްޒީ މަޤާމެއް ކަމުގައިވާ

ޒައީމުގެ މަޤާމުގައި ހުންނެވި މައުމޫނު އަބްދުލް ޤައްޔޫމަށެވެ. އެ ފެކްޝަނުގެ މީހުން ބޭނުންވަނީ 2013 ވަނަ އަހަރު ބޭއްވޭ

ރިޔާސީ އިންތިހާބުގައި ޑީ.އާރ.ޕީ ގެ ފަރާތުން ޤައުމުގެ ރައީސްކަމަށް

ވާދަކުރައްވާ ކެންޑިޑޭޓަކަށް މައުމޫނު ހެދުމަށެވެ. އަނެއްބައި

މީހުން ތާއީދުކުރަނީ ޑީ.އާރ.ޕީ ގެ ލީޑަރ ތަސްމީނު އަލީ އަށެވެ.މައުމޫނާ ތަސްމީނުގެ މެދުގައި

އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވަގުތީ ޮގތުން އެކަހެރިޮކށް،

ބޭރު ފުށް ޮޕލިޝްކުރަން ދެފަރާތުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އިރެއްގައި ގާތް މި ދެ ބޭފުޅުންގެ މެދުގައި މިހާރުވަނީ ސިޔާސީ

އަދާވާތްތެރިކަން އުފެދިފައެވެ.މައުމޫނުގެ ފެކްޝަން ބަލިޮކށްލުމަށްޓަކައި ރައީސް ނަޝީދުގެ އެމް.ޑީ.ޕީން ތަސްމީނަށް ނުސީދާޮކށް ތާއީދުޮކށް ބަޔާންތައް ނެރޭތަން ފެންނަމުންދެއެވެ. ޑީ.އާރ.ޕީގެ ހާލަތު މިހިސާބަށް ޮގސްފައިވާއިރު އަޅުގަނޑަށް ސިފަކުރެވޭ

ޮގތުގައި ޑީ.އާރ.ޕީ އަކީ މިހާރު ދެ ޕާރޓީއެކެވެ. އެއީ މައުމޫނު ޕާރޓީ އާއި ތަސްމީނު ޕާރޓީއެވެ.

މައުމޫނު ޕާރޓީ އަކީ ވެސް އެންމެ ޮބޑު އިދިޮކޅު ޕާރޓީއެވެ. އަދި ތަސްމީނުގެ ޕާރޓީ އަކީ ވެސް އެންމެޮބޑު އިދިޮކޅު ޕާރޓީއެވެ. ނަމަވެސް

މިދެބައިމީހުން "އިދިޮކޅު" ވަނީ ތަފާތު ދެ ފަރާތަކާއެވެ. މައުމޫނު ޕާރޓީ އަކީ އެންމެ ޮބޑު )ރައްޔިތުންނާ( އިދިޮކޅު ޕާރޓީއެވެ. އަދި ތަސްމީނުގެ ޕާރޓީ

އަކީ އެންމެޮބޑު )ސަރުކާރާ( އިދިޮކޅު ޕާރޓީއެވެ.ރައްޔިތުންގެ ވައިޮނޅިއަށް އެރުމުގެ ތިރީސް އަހަރުގެ ތަޖުރިބާ އާއި އެކު

ޒައީމް މައުމޫނު ސިޔާސީ މައިދާނަށް އަލުން ނިކުންނެވުމަކީ އޭނާގެ ފެކްޝަނަށް "އެންމެޮބޑު )ރައްޔިތުންނާ( އިދިޮކޅު ޕާރޓީ" ގެ ލަގަބު ލިބޭ ސަބަބެވެ. އެފަދަ

ޕާރޓީއެއްގެ ޒައީމުކަމަށް ވެސް އަދި ލީޑަރުކަމަށް ވެސް މައުމޫނަށް ވުރެއް "ޤާބިލު" ބޭފުޅަކު މި ޤައުމަކު ނުހުންނާނެކަން ކަށަވަރެވެ. މައުމޫނުގެ ޕާރޓީ އަށް އެ ލަގަބު

ހަމަ ހައްޤެވެ. ނަމަވެސް ތަސްމީނުގެ ޕާރޓީއަށް އެންމެ ޮބޑު ) ސަރުކާރާ ( އިދިޮކޅު ޕާރޓީގެ ލަގަބު ހައްޤުޯތ ސުވާލު އުފެދޭނެ ޖާގަ އެބަޮއތެވެ.

ސަރުކާރަށް އަމާޒުކުރައްވާ ތަސްމީނު ކިތަންމެވަރަކަށް ހޫނު ގޭސް ސްޕެރޭ ކުރެއްވިއަސް،

ރައީސް ނަޝީދު ދޭތެރެ ދޭތެރެއިން ތަސްމީނަށް އެޮއއް ކުރައްވާ ތައުރީފަކަށް ހިތުގައި ޝައްކު އުފެދެއެވެ. ތަސްމީނަކީ ހަމަ ހަޤީޤަތުގައިވެސް ސަރުކާރާ

އިދިޮކޅު ބޭފުޅެއް ބާވައެވެ. ނުވަތަ ބޭރުފުށުން ދެޮކޅު ކަމަށް ހެދިގެން ރައްޔިތުންނަށް ޑްރާމާއެއް ދައްކަވާ

ބޭފުޅެއް ބާވައެވެ.ޑީ.އާރ.ޕީ ތެރޭގައި އުފެދިފައިވާ ފަދަ ދެ ބައިގަނޑެއް ނުވަތަ ދެ ފެކްޝަނެއް އެމް.ޑީ.ޕީ ތެރޭގައި އުފެދިފައި ނެތަސް އެމް.ޑީ.ޕީ ގައިވެސް ރައީސް ނަޝީދުގެ ބައެއް ސިޔާސަތުތަކާ ނުރުހޭ ބަޔަކު އެބަތިއްބެވެ. އެފަދަ މީހުންނަށް

ދިމާވެފައިވާ އެންމެ ޮބޑު މައްސަލައަކީ ރައީސް ނަޝީދުގެ ޯބޓުން ފައިބައިގެން ޮގސް އަރާނެ އެހެން ޯބޓެއް ފެންނަން ނެތުމެވެ. މައުމޫނުގެ ޯބޓަށް އަރައިފިނަމަ ބެލެވޭނީ ރައްޔިތުންނާ އިދިޮކޅު މީހެއް ކަމަށެވެ. ތަސްމީނުގެ ޯބޓަށް އަރައިފިނަމަ ބެލެވޭނީ

ދެއުޅިއެއްނުވާ މީހެއްކަމަށެވެ! އެހެންކަމުން ކެތްޮކށްލައިގެން، ހިންދިރުވާލައިގެން، ހައްޕުކިޔައިގެން އެފަދަ

ބައެއް މެމްބަރުން އެމް.ޑީ.ޕީ ގެ ޯބޓުގައި އެބަތިއްބެވެ. މުނައްވަރުގެ ޮބއްކުރާ، ހަސަންސައީދުގެ ކެޯނ އާއި ޮޑކްޓަރ ވަހީދުގެ ބާލިދީ އާއި ގާސިމްގެ ކަޓަމަރާން

ވެސް ވަށައިގެން މުޯގލި އަޅަމުން ދެއެވެ. ނަމަވެސް މިއިން އެއްވެސް އުޅަނދަކަށް އެރުމަކަށް އެފަދަ އެމް.ޑީ.ޕީ މެމްބަރުންގެ ޒަމީރު ޤަބޫލެއް ނުކުރެއެވެ.

ހައްތަހާވެސް ފޭލިވެފައިވާ ޮޕލިޓީޝަނުންނެވެ. ސަމުގާއެއް ޮއތް ޯބޓެއް ހަމަނެތީ ބާވައެވެ؟ ތަރިތަކަށް ބަލައިގެންނަމަވެސް މަންޒިލަށް ދަތުރުކުރަން އެނގޭ މާލިމީއެއް

ނެތީ ބާވައެވެ.

Page 35: Sun Magazine
Page 36: Sun Magazine