ރ20 :ުގަ އ2011 ީރައުނެ ޖ26 ،15 :ުރަބްމަ ނ ޅޮ ގްނަޗްއަ މްނުފި ހަދަ ގ

Sun Magazine

  • Upload
    sun

  • View
    251

  • Download
    19

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine

2ރ0 ގު: އަ2011ރީ ނުއަ ޖެ26 ،15 :ބަރުނަމް

ީޅ ގޮ މައްޗަންގަދަ ހިފުން

Page 2: Sun Magazine
Page 3: Sun Magazine

އެޑިޓަރުގެ ނޯޓްއެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 15 26 ޖެނުއަރީ 2011

ސިނާން އަލީއެޑިޓަރު

"ސަން" ގެ ޮލބުވެތި ކިޔުންތެރިންނަށް އަޅުގަނޑުމެން މި ފަހަރު މި ހުށަހަޅާލަނީ މަޖައްލާގެ ފަނަރަވަނަ ޢަދަދެވެ. މި އަދަދާއެކު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މަރުހަބާ މި ދަންނަވަނީ މަޖައްލާއަށް ތިޔަ ބޭފުޅުން ދެއްވާ ހޫނު ތަރުހީބަށް ޓަކައި ޝުކުރު ފަށްފަށް

ކުރަމުންނެވެ. މި ދުވަސްވަރަކީ ސިޔާސީ ޮގތުން ރާއްޖޭގެ މަސްރަހު އާދަޔާ ޚިލާފަށް

ހަލަނޮބލިވެފައިވާ ދުވަސްވަރެކެވެ. ޯބމަތިވެފައި މިޮއތީ ޯލކަލް ކައުންސިލްތަކުގެ އިންތިހާބެވެ. މުޅި ގައުމުގެ ނަޒަރު މި ވަގުތު ހުއްޓިފައި ވަނީ މި އިންތިހާބަށެވެ. އެހެންކަމުން މި

ފަހަރު ކަވަރ ސްޯޓރީއެއްގެ ޮގތުގައި ހުށަހަޅާލާފައި ވާނީ އިންތިހާބުގެ އެންމެ ވާދަވެރި އެއް ދާއިރާކަމަށް ގިނަ ބަޔަކު ދެކޭ، މާލޭ ސިޓީ ކައުންސިލުގެ މައްޗަންޮގޅީ ދެކުނު ދާއިރާއާ ބެހޭ

ޮގތުން އަބްދުهللا ޝިނާން ލިޔުއްވާފައިވާ ލިޔުމެވެ. އައްޑޫ ސިޓީއަކަށް ހެދުމުގެ މައްސަލައަކީ ވެސް މި ދަނޑިވަޅުގައި އެ މައްސަލައެއްގެ ވާހަކަ ދެއްކުން މުނާސިބުވެގެންވާ މައްސަލައެކެވެ. ގައުމުގެ ހާލުގެ ދުލުން އެދިޮގވަމުން ގެންދަނީ މިފަދަ ޮކންމެ

މައްސަލައެއް ވެސް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނޭ ބީދައަކުން، ޤާނޫނީ އިންތަކުގެ

ތެރެއިން ޙައްލުވެގެން ދިޔުމަށެވެ. މިފަދަ މައްސަލަތަކާ ގުޅިގެން ހާލާތުގެ ނާޖާއިޒު ފައިދާނަންގަވަން ސިޔާސީން މަސައްކަތްކުރައްވާ ނަމަ، އެއީ ވަރަށް ދެރަ ކަމެކެވެ. ޑިޮމކްރަސީއަކީ އެބްރަހަމް ލިންކަން ވިދާޅުވި ފަދައިން

"ރައްޔިތުންނަށް ޓަކައި، ރައްޔިތުން، ރައްޔިތުންގެ ވެރިކަން ކުރުން" ކަމުގައި ވާ އިރު، ޑިޮމކްރަސީގެ

ޝިއާރުތައް ޮގވައިލައްވާ ބޭފުޅުން މިފަދަ މައްސަލަތަކުގައި ހަމައެކަނި ރައްޔިތުންގެ ފައިދާއަށް ވިސްނެވުން މުހިއްމެވެ. އަމިއްލަފުޅު އެޖެންޑާތައް ގައުމަށްޓަކައި ގުރުބާންކުރެއްވުން މުހިއްމެވެ.

ހަގީގީ ލީޑަރުންނަކީ ރައްޔިތުންނަށްޓަކައި، ރައްޔިތުން ދެކެ ޯލބިން މިފަދަ ގުރުބާނީތައް ވެވަޑައިގަންނަވާ ބޭފުޅުންނެވެ. ޮކންމެ މީހަކަށް ވެސް ޮގނޑިއާއި ބާރު ލިބިދާނެއެވެ. ނަމަވެސް

ރައްޔިތުންގެ ޯލބި ލިބޭނީ މި ދެންނެވި ފަދަ، ރައްޔިތުންނަށްޓަކައި ގުރުބާންވެވަޑައިގަންނަވާ ލީޑަރުންނަށެވެ. ވަގުތު އައުމުން ރައްޔިތުން ކަރުނައާއި ހެޮޔ ދުޢާއާއި މާމެލާމެލީގެ

ގުލްދަސްތާތަކުން އަލްވަދާޢު ދަންނަވާނީ އެފަދަ ލީޑަރުންނަށެވެ. އިސްލާމީ ޤައުމެއް ކަމަށްވާ ޓިޔުނީޝިއާގައި ދާދި ފަހުން ގެނެވުނު "އިންގިލާބަކީ" އަޅުގަނޑުމެން އެ ހާދިސާއަކާ މެދު ވިސްނައި ފިކުރުކުރުން މުހިއްމު ހާދިސާއެއްކަން ޔަގީނެވެ. މިފަދަ ޮކންމެ ހާދިސާއަކީ ގުދުރަތުގެ ގަލަމުން، ތާރީޚުގެ ސަފުހާތަކުގައި ލިޔެދޭ ޢިބުރަތްތެރި ފިލާވަޅެކެވެ. ގައުމެއް "ދިރޭ" ގައުމަކަށް ވާނީ މިފަދަ ފިލާވަޅުތަކާ މެދު ފުންޮކށް ވިސްނުން

ހިންގައި، އެ ފިލާވަޅުތަކުގެ މަފްހޫމުތައް ދެނެގަނެ، އެ ފިލާވަޅުތަކުން ލިބިދޭ އިބުރަތްތައް މާނަހުރި ޮގތެއްގައި ހާސިލުޮކށްގެންނެވެ. އެހެންކަމުން މި "އިންގިލާބާ" މެދު އަލްއުސްތާޛު

އަޙުމަދު މާޖިދު ލިޔުއްވާފައިވާ ރިޯޕޓުގެ މުހިއްމުކަން ޮބޑު ކަމަށް އަޅުގަނޑު ދެކެމެވެ. "ގައުމު ހީރަސްޖެހުން" މި ސުރުހީގެ ދަށުން ފަރެސް އާމިރު ލިޔުއްވާފައިވާ

ލިޔުމާއި، "ސާކް ސަމިޓާއި އައްޑު އަޮތޅު" މި ސުރުހީގެ ދަށުން އިމާދު ލަތީފް ލިޔުއްވާފައިވާ ލިޔުއްވުމަކީ ވެސް ވަރަށް މުހިއްމު މެސެޖުތަކެއް ހިމެނޭ، ވަރަށް މުހިއްމު ލިޔުއްވުންތަކެވެ.

މަޖައްލާގެ ސަފުހާތަކަށް އިންސާފުޮކށްލައްވާށެވެ!

Page 4: Sun Magazine
Page 5: Sun Magazine

5 14

އަދުލު އިނާްސފު

21

ފަރެސް މުހައްމަދު އާމިރުގެ

ދިޔަވަރު

ގައުމުގައި ހީރަސްޖެހުމޭ މި ދެންނެވީ މުޅި ގައުމަކީ ޮފތެއް ކަމަށް ސިފަޮކށްފައެވެ. ޮފތަކީ ތަފާތު ގަނޑުތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗެކެވެ. މި ގަނޑުތައް ޮފތަކަށް ހެދުމަށްޓަކައި އެއަށް ހީރަހެއް ޖަހަން ޖެހެއެވެ. ހުރިހައި ގަނޑުތަކާއި ބަނޑޭރިގަނޑު އެއްޮކށް ހިފަހައްޓައިދެނީ

ހީރަހުންނެވެ.ހީރަހަކުން ޮފތަށް އަންނަންޖެހޭ ފުރިހަމަކަން މިއަދުގެ ދިވެހި

ގައުމަށް ވެސް ވަނީ ބޭނުންވެފައެވެ. ގައުމެއްގައި ހުންނަ ހުރިހައި ބައިތަކެއް އެއް ތަރަހައެއްގައި ހިފަހައްޓައިލެވޭ ފަދަ ހީރަހެކެވެ.

ގައުމުގެ އަދުގެ ހާލަތު ޮއތީ ގަނޑުތައް ވަކިވެފައިވާ ޮފތެއްގެ ސިފައިގައެވެ. ބައެއް ގަނޑުތައް ވަޔާދަނީއެވެ. ބައެއް ގަނޑުތައް ފައިޮދށަށް ވެއްޓެނީއެވެ. ބައެއް ގަނޑުތައް ތަރުތީބު ޮއޅިފައެވެ. އެހެންކަމުން ގަނޑުތައް

ހަމައަށް ޮއތަސް މިއީ ފުރިހަމަ ޮފތެކޭ ބުނެވޭކަށް ނެތެވެ. ދިވެހިންނަކީ ދެމިގެންވީ ދިގު މާޒީއެއް ޮއތް ބައެކެވެ. ދިގު

ތާރީޚެއް ޮއތް ބައެކެވެ. އެންމެން ހިއްސާކުރާ ސަގާފަތެއް ޮއތް ބައެކެވެ. އެހެން ގައުމުތަކާއި ތަފާތުކުރެވޭ ސިފަތަކެއް ޚާއްސަ ވެފައިވާ ބައެކެވެ.

މިކަންކަމަކީ ގައުމެއްގެ ޮގތުގައި ދިވެހިން ދެމިތިބެން ބޭނުން ސިފަތަކެކެވެ. ގައުމު ގައުމަކަށްވީ ސިފަތައް ގުޅުވައިދީ ހިފަހައްޓައިދޭނޭ ގަދަ

ބާރެއް މިގައުމަށް ބޭނުމެވެ. ގައުމަށްޓަކައި ފަޚުރުވެރިވާން ޖެހޭ ވަރުގެ ކުލުނަކާއި އިތުބާރެއް ގައުމުގެ ދަރިންގެ ހިތްތަކުގައި އުފައްދައިދޭނެ

މުރައްބީ އެއް މިގައުމަށް ބޭނުން ވެއްޖެއެވެ. ގައުމަށް ނިސްބަތްވުމުން ލިބޭ ހިތްހަމަޖެހުމަކުން މިގައުމުގެ ދަރިން ހިތްތައް ފަހިޮކށްދޭނޭ އިތުބާރެއް ބޭނުން ވެއްޖެއެވެ. ވަޠަން އެދޭ ޮގތޭ ބުނެ އެޮގތަކާއިގެން ހިންދެމިލުމުގައި ޝައްކު

ނުކުރެވޭނޭ ޮގތްތަކެއް ދައްކައިދޭން ވެއްޖެއެވެ. މިއަދު ދިވެހި ގައުމަށް މިވަނީ ޑިޮމކްރަސީ އަށް އަލިވިލިފައެވެ. ރައްޔިތުންގެ އަތްމައްޗަށް ބާރު ލިބިފައެވެ.

ސިޔާސީ ހަރަކާތްތަކުގައި އަތްފުޅާޮކށްގެން ހިނގޭނޭ ޖާގަ ތަނަވަސް ވެފައެވެ. ނަމަވެސް މިކަންކަން ކުރުމުގައި ގައުމުގެ ފަސްމަތިން ފެންނަ ކަންކަމާ މެދު

ޝަކުވާ ގިނަވަމުން އެބަދެއެވެ. ހިތްތައް ނުތަނަވަސް ވަމުން އެބަދެއެވެ. މަޑުމަޑުން އެކަމަކު ހަމަ ކަށަވަރުން ޯޖޝްތައް ފިނިވެ ވިންދު ދަށްވަމުން

އެބަދެއެވެ. އުންމީދު ގެއްލޭ ރައްޔިތުންގެ އަދަދު ގިނަވަމުން އެމީހުން ގައުމުގެ ކަންކަމާ ދުރުވަމުން ދުރުހެލިވަމުން އެބަދެއެވެ. ގައުމަށްޓަކައި ޮގވައިލެވޭ ހިނދު

ވަރުބަލިކަން އިހުސާސްކުރެވޭ މީހުން ގިނައެވެ. ގައުމަށްޓަކައި ޮގވައިލެވޭ ހިނދު އެކަމަށް ޝައްކުކުރާ މީހުން ގިނައެވެ.

ޑިޮމކްރަސީއާއި ފުރިހަމަ މިނިވަންކަމަށް ގައުމު ހުޅުވައިލެވުނު އިރު އެކަމަށްޓަކައި ގުރުބާން ކުރެވުނު ތަކެތީގެ ތެރެއިން އިސް އެއްޗަކަށް ގައުމުގެ އަޚުލާގު ވެއެވެ. އެހެންކަމުން އަޚުލާގު ނެތުމުގެ އުނިކަން މުޖުތަމައު ދެކެމުން އެބަދެއެވެ. ހަމައާއި އިންސާފަކީ މިގައުމަށް ދުވަހަކުވެސް ނުލިބޭނޭ އެއްޗެއް ކަމަށް އެއްބަޔަކު ހީކުރެތެވެ. ވަގުންނާއި ގަދަ މީހުންގެ ޖީބު ފުރިގެން ނޫނީ ރައްޔިތުންގެ އާންމު ފަރުދުންނަށް ރާހަތެއް ނުކުރާނޭކަމަށް ހީކުރެތެވެ. މި

ހުރިހައި ކަމެއް އެއްކުރެވޭ މާނައަކީ އިތުބާރު ހިފޭ ހަމަތަކާއި އުސޫލުތަކެއް

ގައުމުގައި އަށަގެންފައި ނުވުމެވެ. ގިނަމީހުން އަމަލުކުރާނޭ އަދި އެމީހުން ތަބާވާނޭ އިޖުތިމާއީ ހަމަތަކެއް އަށަގެންފައި ނެތުމެވެ. އަމިއްލަވަންތަ ސިފަ ލިބިގެންވީ ރައްޔިތެއްގެ މައްޗަށް ބިނާވެފައިވާ ގައުމީ ސިފަތަކެއް ނެތުމެވެ.

ބަޔާން ކުރެވުނު ގިނަ ކަންކަމާ ގުޅޭ އެންމެ ކުޑަ މިސާލަކީ މިނިވަން މުސްތަގިއްލު ޮކމިޝަންތަކާއި އެފަދަ މަގާމުތަކެވެ. މި ފަދަ ފަރާތްތަކުން ނެރެ ހާމަކުރާ ބަޔާންތަކެވެ. ސިވިލް ސަރވިސް ޮކމިޝަނާއި ސަރުކާރުގެ ގުޅަމަތި

ހިފުމެވެ. ސަރުކާރާއި މަޖިލީހުގެ ހަނގުރާމައެވެ. ސަލާމަތީ ބާރުތަކުގެ މައްޗަށް ޯކޓުގައި އުފުލޭ ދައުވާތަކެވެ. ދައުލަތުން ޖަވާބުދާރީ ވާން ޖެހޭޮގތަށް ސަރުކާރާ ދެޮކޅަށް އުފުލޭ ދައުވާތަކެވެ. މި ދައުވާތަކުގެ ގަޒިއްޔާތައް ނިމިގެންދާ ޮގތެވެ. ދައުލަތުގެ މުއްސަސާތަކުން އަމަލުކުރަމުންދާ ޮގތުން މިއީ އެއް ދައުލަތެއްގެ

މުވައްސަސާތަކެކޭ ހިއެއް ނުވެއެވެ. މިއެންނަކީ އެއް އަމާޒަކަށް ކުރާ ދަތުރެއްގެ ބައިވެރިންކަމަކަށެއް ދޭހައެއް ނުވެއެވެ. އެމީހުންނަކީ ދިވެހި ރާއްޖޭގެ

ޖުމްހޫރިއްޔާއޭ ކިޔުނު ދައުލަތެއްގެ ބައިތަކެއްކަން ދޭހައެއް ނުވެއެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ޮއފީސްތަކުގެ މެދުގައި ވެސް މި ޮގތް

ޮބޑުވަމުން އެބަދެއެވެ. އަމާޒުން ކައްސާލާކަމަށް ބެލެވޭ ކަންކަން ހިނގަމުން އެބަދެއެވެ. އެހެންކަމުން ދައުލަތުގެ އަގުޅިނެތްކަން ހާމަވަމުން އެބަދެއެވެ.

މިކަންކަމުން ކަށަވަރު ކުރެވެނީ ގައުމުގައި މައްސަލަތަކެއް އެބަހުރި ކަމެވެ. ގައުމަށް ޮކށްދޭންވެފައި ހުރި ކަންތަކެއް ނުޮކށްދީ އެބަޮއތް ކަމެވެ.

އިސްވެ ދެންނެވުނު ފަދަ ކަންކަން ގައުމުގައި އަށަގަންނުވަނީ ގައުމުގައި އުފެދޭ ވަރުގަދަ ލީޑަރުންނެވެ. ފަސްމަތިން ނަންފުޅު ފުހެވިގެން ނުދާނޭ ޒަޢީމުންނެވެ. އަބަދަށް ވިދާލާ ޚިދުމަތްތެރި ވެރިންނެވެ. ނަމަވެސް

މިގައުމުގައި އެފަދަ ޝަޚުސީ ގަދަކަމެއް ދެއްކުނު މީހަކު ކައިރި މާޒީއެއްގައި ފެނިފައެއް ނެތެވެ.

ގައުމުގެ ހުރިހައި ކަމެއް އެއްތަނޑަކުން ގުޅުވައިދެނީ އެ ގައުމެއްގައި ޮއންނަ އިންޓެލެކްޗުއަލް ޮކމިޔުނިޓީއެވެ. ގައުމުގައި ކިޔަވައިގެން ތިބި މީހުންނެވެ. ގައުމުގެ ޚަޒާނާއިންނާއި ޯފރާމީހުންގެ ޖީބުން ހޭދަޮކށްގެން

ޮމޅުޮކށްފައިވާ ސިކުނޑިތަކުންނެވެ. ނަމަވެސް މިގައުމުގައި މިކަން އަދި މިޮއތީ ވަށައި ނުޖެހިއެވެ. ކިޔަވައިގެން ތިބި މީހުން އެބަތިއްބެވެ. އެމީހުންގެ އަތުގައިވާ ސަނަދުތައް މަތިވެރި އެވެ. އެމީހުންގެ ފާސްތައް ގަދަރުވެރި އެވެ. ނަމަވެސް

އެއީ ސަނަދުވެރިންނެވެ. އިލްމުވެރިންނެއް ނޫނެވެ. އެމީހުންގެ އަތުގައި ސަނަދާއި ފާސް ޮއތަސް އެމީހުންގެ އިންޓެލެކްޗުއަލް ދައުރު އަދާޮކށްދޭތަނެއް ނުފެނެއެވެ.

އަދުގެ ދިވެހި ރާއްޖޭގެ ހާލަތަށް ބަލާއިރު ދައުލަތުގެ ބައިތައް ގުޅުވައި ހިފަހައްޓާލެވޭ ވަރުގެ ގަދަ ބާރެއް މިގައުމަށް ބޭނުންވެއެވެ. ގައުމުގެ

ކަންކަން އިތުބާރު ހިފޭ އިންތިޒާމަކުން ތަންޒީމުކުރާނޭ އަތެއް ބޭނުންވެއްޖެއެވެ. މިގައުމުގެ މާޒީއާއި މިގައުމުގެ ޝަޚުޞީ މަތިވެރިކަމާއި މިގައުމުގެ

މުސްތަގުބަލަށް ކުރެވޭ އުންމީދާއި، މިގައުމުގެ ކީރިތި މޫރިތިކަން ނަގަހައްޓައިދޭނޭ އަތެއް ބޭނުންވެއްޖެއެވެ. މިގައުމުގައި ވަކިވަކިވެ ރޫޅިފައިވާ ސަފުހާތައް

އެއްޮކށް ޖަހާނޭ ހީރަހެއް ބޭނުންވެއްޖެއެވެ. މި ހީރަސް ޖަހައިދޭނޭ ޚިދުމަތްތެރި މުލައްދަނޑިއެއް ބޭނުންވެއްޖެއެވެ.

ގައުމު ީހރަސްޖެހުން

Page 6: Sun Magazine

www

ހެރޮޑޮޓަސް ގެ ހިސްޓްީރޒްހެޮރޮޑޓަސްގެ "ހިސްޓްރީޒް" މި ޮފތަކީ ހުޅަނގުގެ ދުނިޔޭގައި ޤަބޫލުކުރެވޭ ޮގތުގައި ތާރީޚުގެ ޮރނގުން ލިޔެވިފައިވާ އެންމެ މުހިއްމު އެއް ޮފތެވެ. ޤަދީމީ ޔޫނާނުގައި، ޢީސާ ޢަލައިހިއްސަލާމްގެ 450 ވަރަކަށް އަހަރު ކުރީން ލިޔެވުނު "ހިސްޓްރީޒް" އަކީ މެޑިޓަރޭނިއަން ކަނޑުގެ އައްސޭރި ސަރަޙައްދުތަކާއި ހުޅަނގު އޭޝިއާގެ ޙަޟާރަތްތަކުގެ ޤަދީމީ ޘަޤާފަތާއި،

ސިޔާސަތާއި، ޖިޮއގްރަފީއާއި އަދި އެކި އެކި ޤައުމުތަކުގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކާއި ހަނގުރާމަތަކާ ބެހޭ ބަޔާންތަކުގެ މައްޗަށް އެކުލެވިފައިވާ ޮފތެކެވެ. މި ޮފތުގައި ހެޮރޮޑޓަސް ލިޔުއްވާފައިވާ ބަޔާންތަކަކީ ތަޢައްޞުބުން

ފުރިފައިވާ ބަޔާންތަކެކެވެ. ނަމަވެސް ހުޅަނގުގެ ޢިލްމީ މައިދާނުގައި މި ޮފތަށް ވަރަށް ޮބޑު ޤަދަރެއް ދެވިފައި ވެއެވެ. އަދި މި ޮފތަކީ ތާރީޚު ޢިލްމުގެ ބިންގާ

ކަމަށް ވެސް ހުޅަނގުގެ ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ހެޮރޮޑޓަސް އަކީ ތާރީޚުގެ ބާނީ ކަމަށާއި، އޭނާގެ "ހިސްޓްރީޒް"

އަލްއުސްތާޛު އަޙުމަދު މާޖިދު

އެނިމަލް ާފރމް ފޮތުގެ ދުނިޔެއިން"އެނިމަލް ފާރމް" އަކީ އިނގިރޭސި ބަހުގެ އެންމެ ފުންނާބު އުސް އަދީބުންގެ ތެރޭގައި ހިމެނިވަޑައިގަންނެވި ޯޖރޖް ޯއރވެލްގެ އެންމެ މަޝްހޫރު ވާހަކައެވެ. 1945 ވަނަ އަހަރު ޝާއިޢުކުރެވުނު މި ވާހަކައަކީ

ޚާއްސަ ޮގތެއްގައި ސިޔާސީ ދާއިރާއާ ގުޅުން ހުރި ވާހަކައެކެވެ. މި ވާހަކައިގައި ދައްކުވައިދެނީ ދަނޑުވެރިއެއްގެ ޚުދުމުޚުތާރު، އަދި ޮގށްމުށު ބާރުގެ "ވެރިކަން"

ނިމުމަކަށް ގެނެސް، އަޚުވަންތަކަމާއި ހަމަހަމަކަމުގެ ބިންގަލުގެ މަތީގައި އާ މުޖުތަމަޢެއް ޤާއިމުކުރަން އެ ދަނޑުގައި ދަނޑުވެރިޔާ ގެންގުޅޭ ޖަނަވާރުތައް ކުރާ މަސައްކަތެވެ. އަދަބިއްޔާތު ދިރާސާކުރައްވާ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވާ ޮގތުގައި މި ވާހަކައަކީ އެއިރުގެ ޮސވިއެޓް ޔުނިއަނުގެ ޚުދުމުޚުތާރު ވެރިކަމާ ގުޅުވާލައްވައިގެން ޯއރވެލް ލިޔުއްވި ވާހަކައެކެވެ. ނަމަވެސް މި ވާހަކައަކީ ހަމައެކަނި ވަކި މުޖުތަމަޢެއްގައި ހިނގާ ޙާދިސާތަކުގެ މައްޗަށް ހުއްޓިފައިވާ ވާހަކައެއް ނޫނެވެ. ހުރިހާ މުޖުތަމަޢުތަކެއްގައި ހިނގާ ސިޔާސީ ފަސާދައާއި،

ރައްޔިތުންގެ ޮބލަށް ވެރީން ސަވާރުވުމުގެ މައްސަލައަށް ފާޑުކިޔުމުގެ ނަޒަރެއް ހިންގާ ވާހަކައެކެވެ. ވާހަކައިގައި އުޅޭ ޖަނަވާރުތައް ވާހަކަދައްކައި،

ހިނގައިބިނގައި، ޤާނޫނު ހަދައި، ޕްޮރޕެގެންޑާ ފަތުރައި، ކުށްތަކަށް އަރައިގަނެ، ފަސާދަ ހިންގައި ހަދައެވެ. ޝައުގުވެރިކުރުވަނިވި ޮގތަކަށް ލިޔެވިފައިވާ "އެނިމަލް

ފާރމް" އަކީ މި ޒަމާނުގެ ސިޔާސީ ދުނިޔޭގެ ނިޒާމަށް މީހާގެ ޯލހުޅުވައިދޭ ޢިބުރަތްތެރި ވާހަކައެކެވެ. ކިޔާލުން ވަރަށް މުހިއްމު ވާހަކައެކެވެ.

އަކީ ތާރީޚު ޢިލްމުގެ ފެށުން ކަމަށް ހުޅަނގުގެ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް، އެ ބޭފުޅުންގެ އެ ބަސްފުޅަކީ، ވަރަށް ގިނަ

ސަބަބުތަކަށްޓަކައި، ޤަބޫލުނުޮކށް ރައްދުކުރަން ޖެހޭ ބަސްފުޅެކެވެ. އޭގެ ތެރެއިން އެއް ސަބަބަކީ، ހެޮރޮޑޓަސްގެ ޮފތަށް ވުރެ މާ ކުރީން ވެސް މެދުއިރުމަތީގެ ޙަޟާރަތްތަކުގައި ތާރީޚީ ބަޔާންތަކާއި ރިވާޔަތްތައް ހިމެނޭ ޮފތްތައް ލިޔެވިފައި ވުމެވެ. އަނެއް ސަބަބަކީ، ފަހުން މި ދެންނެވި މުސްކުޅި ޮފތްތަކުގައި ބޭނުންޮކށްފައިވާ މަންހަޖަށް ހެޮރޮޑޓަސް

ފާހަގަކުރެވޭ ކަހަލަ އެއްވެސް ކަހަލަ ތަރައްޤީއެއް ނުވަތަ ބަދަލެއް ނުގެންނަވާ ކަމެވެ. އޭނާ ކުރެއްވި ކަމަކީ ކުރީގެ މަންހަޖާއި އުޞޫލުތައް ބޭނުންކުރައްވައިގެން، ކުރީން

ކުރެވިފައި ވާ ކަމަށް އެނގިފައި ނުވާ ވަރުގެ ޮބޑު މަސައްކަތެއް ކުރެއްވުމެވެ. ތާރީޚީ ޙާދިސާތައް ވަކި ފަރާތަކަށް ނުޖެހި ބަޔާންކުޅައުމާއި، އެ ޙާދިސާތަކާއި އިންސާނީ

ޙަޔާތުގެ ގުޅުންތަކަކީ ޮކބައިކަން ހާމަކުރުމަށްޓަކައި އެ ޙާދިސާތަކާއި އޭގެ އަސަރުތަކާ މެދު ޢިލްމީ ޮގތުން ވިސްނުން ހިންގުން ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވައެވެ. މި ނަޒަރުން ވިސްނާ އިރު ތާރީޚު ޢިލްމުގެ ޙަޤީޤީ ބައްޕަޔަކީ މުސްލިމުންގެ ރަން

އަދަބާއި ފަންނު

6

Page 7: Sun Magazine

7

To commentSUN (comment) and send to 2747

www

ޚަލީފާ ހާރޫނުއް ރަޝީދު އެ މަނިކުފާނުގެ ގަނޑުވަރެއްގެ ބަގީޗާގެ ތެރެއިން ދެމިފައި ޮއންނަ ޯކރެއްގެ އައްސޭރީގައި އިށީދެވަޑައިގެން އިންނެވިއެވެ.

ޯކރުގެ އުދަބާނިތަކާއި، ޯކރުގެ މަސްތަކަށް ޮކއްޖަހަން އުދުހޭ ދޫނިތަކުގެ ޙަރަކާތްތައް ބައްލަވައިގެން ހިތްޕުޅު އުހާކުރައްވާށެވެ. އެހެން އިންނަވަނިޮކށް

ބަހުލޫލުލް މަޖުނޫނަށް ވެސް އެ ތަނަށް އާދެވިއްޖެއެވެ. ޚަލީފާ ބަހުލޫލަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ޞުޙުބަތުގައި އިރުޮކޅެއް ހޭދަކުރުމަށް ދަޢުވަތުދެއްވިއެވެ. އިރުޮކޅަކު އެކި ވާހަކަތައް ދައްކަން ދެކަލުން ތިއްބަވާފައި ޚަލީފާ

ވިދާޅުވިއެވެ. "ބަހުލޫލެވެ! އަހަރެން ކަލޭގެޔާ ކުރާ ސުވާލަކަށް ރަނގަޅު ޖަވާބު ދީފި ނަމަ، އިނާމަކަށް އެއްހާސް ދީނާރު ދޭނަމެވެ. ޖަވާބު ނުދެވުނިއްޔާ މިހިރަ ގަނޑުވަރުގެ ދެވަނަ ބުރިން ޯކރަށް ކަލޭގެ އެއްލާލެވޭނެއެވެ. އެންމެ ރަނގަޅު

ހެއްޔެވެ؟" ބަހުލޫލު ދެންނެވިއެވެ. "ތިޔަ ވިދާޅުވާ ދީނާރުތައް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެކަމަކު އެހެން ކަމެއް ޮކށްދެއްވަން ވިދާޅުވަނިޮކށް ތިޔަ ކަމަށް އެއްބަސް ވެވިދާނެއެވެ." ޚަލީފާ އެއީ ޮކންކަމެއްޯތ ސުވާލުކުރެއްވުމުން ބަހުލޫލު ދެންނެވިއެވެ.

"އަޅުގަނޑު ރަނގަޅު ޖަވާބު އަރުވައިފި ނަމަ ޖަލުގައި ހައްޔަރުކުރެވިފައި ތިބި މީހުންގެ ތެރެއިން އަޅުގަނޑު ދަންނަވާ ސަތޭކަ މީހަކު ޖަލުން ދޫކުރެއްވުމެވެ."

އެހިނދު ޚަލީފާ ވެސް މި ކަމާ އެއްބަސްވެވަޑައިގެންފިއެވެ. ދެން އެމަނިކުފާނުގެ ސުވާލު ބަހުލޫލަށް އިއްވެވިއެވެ. އެ ސުވާލަކީ މިއެވެ. "އަހަރެންގެ އަތުގައި ޮއތީ ބަކަރިއަކާއި، ސާރިޯދޅަކާއި، ހުއިޮބނޑިއެކެވެ.

އަހަރެން ބޭނުން ވަނީ އެ ތިނެތި، ފަހަރަކު އެއްޗެއް މަގުން، މިޮއތް ފެންނަ ޯކރުގެ އަނެއް ފަރާތަށް ގެންދާށެވެ. ބަކަރިއާއި ސާރިޯދޅު އެކަނިވެއްޖެ ނަމަ ސާރިޯދޅު ބަކަރި ކައިފާނެތެވެ. އަދި ބަކަރިއާއި ހުއިޮބނޑި އެކަނިވެއްޖެ ނަމަ

ބަކަރި ހުއިޮބނޑި ކައިފާނެތެވެ. ވީމާ އެހެން ނުވާނޭ ބީދައަކުން، ފަހަރަކު އެއްޗެއް ޯކރުގެ އަނެއް ފަރާތަށް ގެންދެވޭނެ ޮގތަކީ ޮކބައިހެއްޔެވެ؟"

ބަހުލޫލު ވިސްނާކަށް މަޑުކުރުމެއް ނެތި ޖަވާބު އެރުވިއެވެ. "އެންމެ ފުރަތަމަ ބަކަރި ޮގވައިގެން ޯކރުގެ އަނެއް ފަރާތަށް ވަޑައިގަންނަވާށެވެ. އެއަށްފަހު އެނބުރި މި ފަރާތަށް ވަޑައިގެންފައި ހުއިޮބނޑި އަނެއް ފަރާތަށް ގެންދަވާށެވެ. ހުއިޮބނޑި އަނެއް ފަރާތަށް ލެއްވުމަށްފަހު އެނބުރި މިފަރާތަށް ވަޑައިގަންނަވަން

ވާނީ ބަކަރި ޮގވައިގެންނެވެ. އެއަށްފަހު ބަކަރި މި ފަރާތުގައި ބާއްވަވާފައި ސާރިޯދޅު ޮގވައިގެން އަނެއް ފަރާތަށް ވަޑައިގަންނަވާށެވެ. މިހައިރުން ޯކރުގެ

އަނެއް ފަރާތުގައި ވާނީ ސާރިޯދޅާއި ހުއިޮބނޑިއެވެ. ދެން މި ފަރާތަށް ވަޑައިގެން ބަކަރި ޮގވައިގެން އަނެއް ފަރާތަށް ވަޑައިގަންނަވާނީއެވެ. މިހެން ހެއްދެވީމާ، ޮކންމެ

އެއްޗެއް ވަކީން ޯކރުގެ އަނެއް ފަރާތަށް ގެންދެވުނީއެވެ. ބަކަރިއަށް ހުއިޮބނޑި ކައެއް ނުލެވޭނެއެވެ. ސާރިޯދޅަކަށް ބަކަރި ވެސް ކައެއް ނުލެވޭނެއެވެ."

ބަހުލޫލު ޖަވާބު އެރުވުމުން ޚަލީފާ އަތްތިލަބަޑި ޖައްސަވައިފައި ވިދާޅުވިއެވެ. "ތިޔައީ ހަމަ ކަށަވަރުން ރަނގަޅު ޖަވާބެވެ!" ދެން ބަހުލޫލު

ބޭނުންވި ސަތޭކަ މީހަކު ޖަލުން ދޫޮކށްލައި މިނިވަންކުރަން ޚަލީފާ އެންގެވިއެވެ. އެ އެންމެންނަކީ ވެސް ސިޔާސީ ޮގތުން، ނުވަތަ ދީނީ ޮގތުން ޢާއްމު ރައުޔާ

ތަފާތު ޚިޔާލުތަކެއް ހުރުމުގެ ސަބަބުން ވެރިކަމުގެ ވަޒީރުންގެ އަމުރުފުޅަށް ޖަލުގައި ބަންދުކުރެވިފައި ތިބި މީހުންނެވެ. ޚަލީފާއަށް އެ މީހުން ހައްޔަރުކުރެވިފައިވާ ސަބަބު އެނގިވަޑައިގަތުމުން ޯކފާވެ، އެފަދަ މީހުން ބަންދުނުކުރަން އަމުރުފުޅު އިއްވެވިއެވެ. އަދި ވިދާޅުވިއެވެ. "މީސްތަކުންގެ ބުއްދިއާއި ދުލުގައި ކަސްޮތޅު

އަޅުވަން ނުއުޅޭށެވެ! އެއިރުން އެބައިމީހުން ދިރިތިއްބައި މަރުވެދާނެއެވެ!"

ޒަމާނުގެ ޢިލްމުވެރިއެއް ކަމުގައިވާ އިބްނު ޚަލްދޫނެވެ. ނަމަވެސް އިބްނު ޚަލްދޫންގެ ވާހަކަ އިހަށް އެއް ފަރާތުގައި ބާއްވާފައި، ހެޮރޮޑޓަސްގެ ވާހަކަ

ކުރިޔަށް ގެންދަމާ ހިންގަވާށެވެ.ހެޮރޮޑޓަސް އަކީ ޤަދީމީ ޔޫނާނުގެ ބޭފުޅެކެވެ. އޭނާ

އުފަންވެވަޑައިގެންނެވި ކަމަށް ބެލެވެނީ ޢީސާ ޢަލައިހިއްސަލާމްގެ 484 އަހަރު ކުރީންނެވެ. އޭނާ މެދުއިރުމައްޗާއި ޔޫނާނުގެ ސަރަޙައްދުތަކުގައި އެތައް

ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުތަކުގައި އަރައިވަޑައިގަންނަވާ ޝަހަރުތަކާ ބެހޭ މަޢުލޫމާތުތައް ޯހއްދަވައި އެއްކުރެއްވިއެވެ. އޭނާ ޒިޔާރަތްކުރެއްވި ތަންތަނުގެ

ތެރެއިން އެތެންސްގެ ޙާލަތު ޮއތްޮގތް ބަޔާންކުރައްވައިފައި، އެ ޝަހަރުގެ ވެރިކަމުގެ ނިޒާމާއި އިޖުތިމާޢީ ދިރިއުޅުމުގެ ކަންތައްތައް ޮއތް ޮގތަށް އޭނާ

ވަރަށް ޮބޑަށް ތާރީފުކުރެއްވިއެވެ. މިހާރުގެ ބައެއް ޢިލްމުވެރީން ވިދާޅުވާޮގތުގައި ހެޮރޮޑޓަސް އެތެންސުގެ ޒަޢާމަތަށާއި ޘަޤާފަތަށް ތާރީފުކުރެއްވުމުގެ ޙަޤީޤީ ސަބަބަކީ އެ ޝަހަރުން އޭނާއަށް ދެންނެވުނު މަރުޙަބާއެވެ. އެ ތަނަކުން

ހެޮރޮޑޓަސްއަށް މި ދެންނެވި ފަދަ މަރުޙަބާއެއް ނުކިޔޭ ތަންތަނާ މެދުގައި އޭނާގެ ލިޔުއްވުންތައް ހުންނަނީ ތަޢައްޞުބީ ޮގތްގަނޑު ވަރަށް ޮބޑުޮކށެވެ. އެޮގތުން ޔޫނާނުގެ ތީބްސާއި ޮކރިންތު ފަދަ ޝަހަރުތަކާ މެދު އޭނާ ލިޔުއްވާފައިވާ

ބަޔާންތައް ފާހަގަޮކށްލެވެއެވެ. މީގެ ސަބަބުން ވަރަށް ކުރީއްސުރެ ހެޮރޮޑޓަހަށް "ޮދގުގެ ބައްޕަ" މި ލަޤަބު ވެސް ލިބިވަޑައިގެންފައި ވެއެވެ.

ހެޮރޮޑޓަސްގެ "ހިސްޓްރީޒް" ގައި ޙަޤީޤަތެކޭ އެއފަދައިން ޚުރާފާތުތައް ވެސް ގެނެވިފައި ވެއެވެ. މިއީ ވެސް އޭނާގެ ޮފަތަށް ތާރީޚު ޢިލްމުގެ ޮފތެއްގެ ދަރަޖަ ދިނުން ރަނގަޅު ނޫން އެއް ސަބަބެވެ. "ހިސްޓްރީޒް" ގައި މައިގަނޑު ޮގތެއްގައި ބަޔާންކުރެވިފައި ވަނީ ފާރިސީ-ޔޫނާނީ ހަނގުރާމަތަކުގެ ބަޔާންތަކެވެ.

މި ބަޔާންތަކުގައި ހެޮރޮޑޓަސްގެ ރާގާއި ބަހުރުވަ ހުންނަނީ ޔޫނާނީންނާ އެއްޮކޅަށް ވަރަށް ޮބޑަށް ތަޢައްޞުބުވެފައެވެ.

ހެޮރޮޑޓަސްގެ ޒަމާނުގައި ޮފތް ލިޔާ މުސައްނިފުން ޢާއްމުޮގތެއްގައި އެ މީހުންގެ ލިޔުންތައް ޝާއިޢުޮކށް ހަދާ އެއް ޮގތަކީ، ޮފތް ލިޔެ ނިންމުމަށްފަހު

ޢާއްމު މަޖިލިސްތަކުގައި ހަރު އަޑުން ޮފތް ކިޔައިދިނުމެވެ. ބުނެވޭ ޮގތުގައި ހެޮރޮޑޓަސް އޭނާގެ މަޝްހޫރު ޮފތް ޝާއިޢުކުރެއްވީ ވެސް މި ބީދައިންނެވެ.

އެތެންސުގެ މަޖިލީހެއްގައި އިންނަވައި މުޅި ޮފތް ފެށިގެން ނިޔަލަށް އެއް ފަހަރުން އޭނާ ވިދާޅުވެދެއްވި ކަމަށް ބުނެވިފައި ވެއެވެ. މިއީ ތެދެއް ނަމަ އެ މަޖިލީސް ވާން ޖެހޭނީ ފިސާރި ދިގު މަޖިލީހަކަށެވެ. އެހެނީ "ހިސްޓްރީޒް" އަކީ ނުވަ

ބާބުގެ މައްޗަށް އެކުލެވިފައިވާ، އެތައް ސަތޭކަ ސަފުހާއެއް ހިމެނޭ، ނުހަނު ޯބ ޮފތެކެވެ.

ޚަީލާފގެ ސުާވާލއި ބަހުލޫލުގެ ޖަާވބު

Page 8: Sun Magazine

8

Page 9: Sun Magazine

9

ކޮާމކޯޅި

ސްމާޓް ޯފން އުފައްދާ ޓައިވާނުގެ އެންމެ ޮބޑު ކުންފުނި ކަމުގައިވާ އެޗްޓީސީން ދާދި ފަހުން ހާމަޮކށްފައިވާ ޮގތުގައި މި ދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ އާމުދަނީ އޭގެ ކުރީ އަހަރުގެ ފަހު

ހަތަރު މަސް ދުވަހުގެ އާމުދަނީއަށް ވުރެ އެތައް ގުނައެއް އިތުރެވެ. އަދި ކުންފުނީގެ ފަހުގެ ޮމޑެލްތަކަށް މުޅި ދުނިޔޭގެ ބާޒާރުގައި ޮބޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މި ދިޔަ އަހަރުގެ ޮއކްޯޓބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެޗްޓީސީއަށް 14.59 ބިލިއަން ޓައިވާން ޮޑލަރުގެ ފައިދާ ލިބިފައި ވެއެވެ. އެއީ އެމެރިކާ ޮޑލަރުން ބަލާ ނަމަ 500 މިލިއަނެވެ. އަދި އެއީ އޭގެ ކުރީ އަހަރުގެ ޮއކްޯޓބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ލިބުނު ފައިދާއާ އަޅާބަލާ އިރު 160 އިން ސައްތަ އިތުރު

މިންވަރެކެވެ. އެޗްޓީސީގެ ފައިދާ މިހައި ޮބޑަށް އިތުރުވެގެން ޮގސްފައި މި ވަނީ ގޫގްލް އިންޯކރޮޕރޭޝަނުގެ އެންޑްޮރއިޑް ޮއޕަރޭޓިންގ ސިސްޓަމް ބޭނުންޮކށްގެން އެ ކުންފުނީން އާ ޮމޑެލްތަކެއް ބާޒާރަށް ނެރުމަށް ފަހުގައެވެ. އެހެން ކަމުން އެޗްޓީސީގެ މި ކުރިއެރުމުގެ އެންމެ މުހިއްމު ސަބަބަކީ އެންޑްޮރއިޑް ޯއއެސް ކަމަށް އެންމެންވެސް އިއްތިފާގުވެއެވެ. ހަމައެއާއެކު އެޗްޓީސީގެ ފަހުގެ ޮމޑެލްތަކުގެ ޑިޒައިން ވެސް ވަރަށް ޮބޑަށް ރަނގަޅުޮކށްފައިވާކަން ފާހަގަކުރެވެއެވެ. އެޗްޓީސީން މި ދިޔަ އަހަރު 24.6 މިލިއަން ޯފނު ބާޒާރަށް ނެރެފައި ވެއެވެ. މިއީ 2009 ވަނަ އަހަރާ އަޅާ ބަލާ އިރު 111 އިން ސައްތަ އިތުރުވުމެކެވެ. އަދި މިހާރު އެޗްޓީސީން ތައްޔާރުވަމުން ގެންދަނީ އެ ކުންފުނީގެ ޝެންގހާއީ ފެކްޓަރީގެ އުފެއްދުންތެރިކަމުގެ ޤާބިލިއްޔަތު ދެ ގުނައަށް އިތުރުކުރުމަށެވެ. ހަމަ އެއާއެކު އެޗްޓީސީން

ކައިރި މުސްތަގުބަލެއްގައި ޓެބްލެޓް ޮކމްޕިޔުޓަރު ވެސް އުފައްދަން ފަށާނެކަމަށް ކުންފުނީން މައުލޫމާތު ދެއެވެ.

އެންޑްރޮއިާޑއެކު އެޗްީޓީސ އުދުހެީނ

ސްމާޓް ޯފނުގެ ޒަރީއާއިން ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަޮކށްގެން ފޭސްބުކް އެޕްލިކޭޝަނެއް އުފައްދަން ގަސްތުޮކށްފައިވާ ކަމަށް ފޭސްބުކްގެ ފަރާތުން ހާމަޮކށްފިއެވެ. މި

އެޕްލިކޭޝަނުގެ ސަބަބުން ސްމާޓް ޯފނުން ފޭސްބުކް ބޭނުންކުރުން މިހާރަށް ވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނެކަމަށް އެ ފަރާތުން

ބުނެއެވެ. އަލަށް ނެރެވޭ އެޕްލިކޭޝަން ސްމާޓް ޯފނު އުފައްދާ އެކި ކުންފުނިތަކުގެ 2500 ޑިވައިސްގައި ބޭނުންކުރެވޭނެ ކަމަށް ވެއެވެ.

އެ ޮގތުން ޮނކިއާއާއި ޮސނީ އެރިކްސަނާއި އެލްޖީ ފަދަ އެތައް ކުންފުންޏެއްގެ ޮމޑެލްތަކުގައި މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

ފޭސްބުކްގެ ފަރާތުން ސްނެޕްޓޫއާ ގުޅިގެން ތަރައްގީކުރާ މި އެޕްލިކޭޝަނުގެ ސަބަބުން ނެވިގޭޓްކުރަން ފަސޭހަ ޯހމް ސްކްރީނާއި، ޮކންޓެކްޓް ސިންކްޮރނައިޒޭޝަނާއި، އަދި ރައްޓެހީންގެ އަޕްޑޭޓްތަކާއި

ޮފޯޓތައް މިހާރަށްވުރެ ހަލުއިޮކށް ސްކްޯރލްޮކށްގެން ބެލޭޮގތް ފަހިވެގެން ދާނެއެވެ. މި އެޕްލިކޭޝަން ތައާރަފުކުރުމަށް ފަހު ފުރަތަމަ 90 ދުވަހު

ކަނޑައެޅިފައިވާ ޯމބައިލް ޮއޕަރޭޓަރުންތަކެއް މެދުވެރިޮކށް ދުނިޔޭގެ އެކި ކަންޮކޅުތަކުގައި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ހިލޭ ޚިދުމަތް ދޭ ޮގތަށް ވެސް ވަނީ ހަމަޖެހިފައެވެ. މުޅި ދުނިޔެއަށް

އެޕްލިކޭޝަން ޢާއްމުކުރާނީ އޭގެ ފަހުންނެވެ.

ފޭސްބުކްގެ ފަާރތުން މުީޅން ާއ މޮބައިލް އެޕްލިކޭޝަނެއް ތަާއރަފުކުރަީނ

Page 10: Sun Magazine

އަލްއުސްތާޛު އަހުމަދު މާޖިދު

10

ޓިޔުނީޝިއާގެ ލީޑަރުން އެ ބޭފުޅުންގެ ނަންފުޅު ލެޓިން އަކުރުން ލިޔުއްވަމުން ގެންދެވީ އެ ނަންފުޅުތަކަކީ ފަރަންސޭސި

ނަންތަކެއް ކަމަށް ދޭހަޮކށްދޭފަދަ ޮގތަކަށް "ސްޕެލް" ކުރައްވައިގެންނެވެ. ޤައުމުގެ ނުވަ މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް ވެސް އެ ބޭފުޅުން ދަސްޮކށްދެއްވަމުން ގެންދެވީ އެ ޮގތެވެ. މުސްލިމް ޤައުމެއްގެ ބަނޑުން އުފަންވެވަޑައިގެންނެވީތީވެ، އެ ބޭފުޅުން

ލަދުފުޅުގެންވަޑައިގަންނަވާ ކަހަލައެވެ. ޤައުމުގެ އެންމެ ފުރަތަމަ ރައީސް ޙަބީބް ބޫރްޤީބާގެ ސިޔާސަތުގެ މައިގަނޑު ބިނާވެފައި ޮއތީ ޓިޔުނީޝިއާގެ އިސްލާމީ ޝަޚްސިއްޔަތު ފުނޑުފުނޑުޮކށްލެއްވުމުގެ

މައްޗަށެވެ. ބޫރްޤީބާއަކީ ޔުނިވަރުސިޓީ ޮއފް ޕެރިހުން ޤާނޫނާއި ޮޕލިޓިކަލް ސައެންސް ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ޓިޔުނީޝިއާއިން 'އިސްލާމީވަންތަކަން' ނެއްތައިލައްވައި، ފަރަންސޭސި އުޞޫލުތަކާއި

ޮގތަބަޔާ ރާޖަަޕްކްސަ

ާލީދީނ ޑިކްޓޭޓަރުނަށް ވަރުގަދަ އިންާޒރެއް

ހުޅަނގުގެ ފިކުރުތައް އެ ޤައުމުގައި ފެތުރުއްވުމަށްޓަކައި އޭނާ ނުފުޮރޅުއްވާ ގާޮކޅެއް ނެތެވެ.

1881 ވަނަ އަހަރު ފަރަންސޭސި އިސްތިޢުމާރުގެ ދަށަށް ދިޔަ ޓިޔުނީޝިއާއަކީ އިސްލާމީ ދުނިޔޭގެ ސަރަޙައްދުތަކުގެ ތެރެއިން ހުޅަނގުގެ އިސްތިޢުމާރީ ފިކުރުތައް އެންމެ ވަރުގަދަޔަށް ފެތުރުނު އެއް ސަރަޙައްދެވެ. ފިކުރީޮގތުން ހުޅަނގަށް އެންމެ ޮބޑަށް އަޅުވެތިވި އެއް ޤައުމެވެ. 1957

ވަނަ އަހަރު ޤައުމަށް މިނިވަންކަން ލިބުމަށްފަހު، ޓިޔުނީޝިއާގެ ސަރުކާރުން އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތަށް ޮގންޖެހުމުގެ ސިލްސިލާއެއް ފެށިއެވެ.

ޤައުމުގެ ޤާނޫނުތަކާއި ޯކޓުތައް އެކުލަވައިލެވުނީ ޢިލްމާނީ ބިންގަލެއްގެ މަތީގައެވެ. ތަޢުލީމީ ނިޒާމާއި މުޤައްރަރު ބައްޓަންކުރެވުނީ ފަރަންސޭސި

ޮމޑެލާ އެއްޮގތަށެވެ. އަންހެނުން ޯބ ނިވާކުރުން މަނާކުރުމާއި، ޙިޖާބު އަޅާ އަންހެނުން ހައްޔަރުކުރުމާއި، މިސްކިތްތަކުގައި ހިނގާ ދީނީ ޙަރަކާތްތަކަށް

Page 11: Sun Magazine

11

ދަތިކުރުން ފަދަ ކަންތައް ސަރުކާރުން ޢާއްމުކުރިއެވެ. މި ކަންތައްތައް ފެއްޓެވި ބޫރްޤީބާއާ ބެހޭޮގތުން އިނގިރޭސިވިލާތުގެ މަޝްހޫރު

ޢިލްމުވެރިއެއް ކަމުގައި ވާ ޯޖން އެލް. އެސްޮޕޒީޯޓ ވިދާޅުވެފައި ވެއެވެ. "ބޫރްޤީބާގެ ނަޒަރުގައި އިސްލާމް ދީނަކީ ފާއިތުވެޮގސްފައިވާ މާޒީގެ ޞަފުޙާއެކެވެ. އޭނާ ދެކެވަޑައިގަންނަވާ ޮގތުގައި ޓިޔުނީޝިއާގެ

މުސްތަޤުބަލް އަލިޮކށް ފާގަތިކުރުމަށް ޮއތް ހަމައެކަނި އުއްމީދަކީ ހުޅަނގުގެ ޙަޟާރަތާއި އުޞޫލުތަކާއި ފިކުރެވެ."

ބޫރްޤީބާގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ލާދީނިއްޔަތާއި ޢިލްމާނިއްޔަތުގައި

އޭނާގެ އަރިއަހުން ދަރިވަރުވެވަޑައިގެންނެވި ޒައިނުލްޢާބިދީން ބިން ޢަލީ )ޮފޯޓގައި ބިން ޢަލީއާއި އަނބިކަނބަލުން ލައިލާ( އެވެ. 23

އަހަރު ވަންދެން ޓިޔުނީޝިއާގައި އަނިޔާވެރި، ޮގށްމުށުބާރުގެ ޢަސްކަރީ ވެރިކަމެއް ކުރެއްވުމަށްފަހު މި ދިޔަ ހަފުތާގައި ޤައުމު ދޫކުރައްވައި ފިލައިވަޑައިގެންނެވި ބިން ޢަލީއެވެ. ވެރިކަމާ ހެދި ރައްޔިތުންގެ

ކުރިމަތީގައި އާދޭސްކުރައްވައި، އެވަރުން ވެސް ރައްޔިތުންގެ

ރުޅިވެރިކަމުގެ ރާޅުތަކަށް ހުއްޓުމެއް ނައުމުން ގައުމުން ފިއްލެވި ބިން ޢަލީއަކީ ބޫރްޤީބާގެ ސަރުކާރުގެ އިސް މަޤާމުތަކެއް އަދާކުރެއްވި

ބޭފުޅެކެވެ. ނަމަވެސް 1987 ވަނަ އަހަރު ބިން ޢަލީ އިސްޮކށް ހުންނަވައިގެން ގެނެވުނު "ލޭޮއޮހރުވުމެއް ނެތް އިންޤިލާބެއް" ގައި

ބޫރްޤީބާ ވެރިކަމުން ދުރުކުރެވުނެވެ. އެއަށްފަހު ޤައުމުގެ ރިޔާސަތުގެ ލަގަނުގައި ހިއްޕެވީ ބިން ޢަލީއެވެ.

ތިމާގެ ފައިގެ ބާރުގައި ބިންގަނޑު ފަޅައިލެވިދާނެކަމަށް،

ނުވަތަ ފަރުބަދަތަކަށް ވުރެ މައްޗަށް ތިމާގެ އިސްޮކޅު އުފުލިގެން ހިނގައިދާނެކަމަށް ބައްލަވައިގެން އުޅުއްވި ބިން ޢަލީ ވެސް ބޫރްޤީބާގެ ލާދީނީ

ސިޔާސަތު ދެމެހެއްޓެވިއެވެ. ތޭވީސް އަހަރުގެ ދިގު މުއްދަތެއްގައި އޭނާ ޓިޔުނީޝިއާގައި ޢިލްމާނިއްޔަތުގެ ދިދަ އުފުއްލެވިއެވެ. "އަހަންނަކީ ޙިޖާބާ

ދެޮކޅަށް ހަނގުރާމަކުރާ މީހެއް" މިފަދަ ޝިޢާރުތައް އުފުއްލަވަމުން، އިސްލާމް ދީނާ ދެޮކޅަށް މަސައްކަތްކުރެއްވިއެވެ. އިސްލާމް ދީނުގެ ނިދާ އިއްވަން

މަސައްކަތްކުރި ޮކންމެ މީހަކު ހައްޔަރުކުރައްވައި އެ މީހަކަށް ޖަލުގެ އަނދިރި ޮގޅިތަކާއި ވަޙުޝީ އަނިޔާވެރިކަމުގެ ރަހަ ދައްކަވަމުން ގެންދެވިއެވެ. އިސްލާމީ

ޢަޤީދާއާއި ތަޢުލީމާއި ތަރުބިއްޔަތާއި އަޚްލާޤިއްޔާތު އެއް ފަރާތްކުރައްވައި، ހުޅަނގުގެ ވިސްނުމާއި ފިކުރު މުޅި ޤައުމުގައި ފެތުރުއްވެވިއެވެ. އިންސާނީ ޙައްޤުތައް ފުނޑުފުނޑުކުރައްވައި، ޚުދުމުޚުތާރުކަމުގެ އިންތިހާ ދަރަޖައަށް

އޭނާގެ ބާރާއި ނުފޫޒު ގެންދެވިއެވެ. ނަމަވެސް ހުޅަނގުގެ އަޅަކަށް ވެގެން ހުންނަވައި އޭނާ ކުރެއްވި ވެރިކަމުގެ ސަބަބުން ޓިޔުނީޝިއާއަށް ލިބުނު

އެއްވެސް ކުރިއެރުމެއް ނެތެވެ. އިސްލާމް ދީނަށް ފުރައްސާރަޮކށްގެން ޤައުމަށް ލިބުނު އެއްވެސް ތަރައްޤީއެއް ނެތެވެ. އިޖުތިމާޢީ އަދި އަޚުލާޤީ ބަލިތައް

ޢާއްމުވެ، ވަޒީފާ ނެތުމާއި އިންފްލޭޝަން ފަދަ އިޤުތިޞާދީ މައްސަލަތަކުގެ ސަބަބުން ޤައުމު މުޅީން ބަނގުރޫޓުވާ ހިސާބަށް ދިޔައެވެ.

ބިން ޢަލީގެ ލާދީނީ އަދި ޚުދުމުޚްތާރު ވެރިކަން ވެއްޓުމުގެ ރަނގަބީލު ޖެހެން ފެށީ މީގެ ދުވަސްޮކޅެއް ކުރީން، ޓިޔުނީޝިއާގެ ކުޑަ

އަވަށެއް ކަމަށްވާ ސީދީ ބޫޒީދްގެ ޒުވާނަކު އަމިއްލަޔަށް މަރުވި ޙާދިސާއާ ހަމައިންނެވެ. މި ދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަމިއްލަޔަށް

ގައިގައި ޯރޮކށްލައިގެން މަރުވި މުޙައްމަދުލް ބޫޢަޒީޒީއަކީ ވަޒީފާއެއް ނުލިބިގެން،

Page 12: Sun Magazine

12

މަގުމަތީގައި ތަރުކާރީ ވިއްކަން އުޅުނު ޢުމުރުން 26 އަހަރުގެ ޒުވާނެކެވެ. އަށް މެންބަރުންގެ ޢާއިލާއަކަށް ޚަރަދުކުރުމަށްޓަކައި ތަރުކާރީއާއި މޭވާ ވިއްކައިގެން، ލިބޭ ކުޑަކުޑަ ފައިސާޮކޅަކުން ކިރިޔަކިރިޔާ ފުއްދާލައިގެން އޭނާ އުޅެނިޮކށް، އަވަށުގެ ފުލުހުން އޭނާއަށް ދުއްތުރާޮކށް، ޮބޑެތި ޢަދަދުތަކުން ޖުރުމާނާކުރުން ފަދަ

ކަންތައްތަކުގެ ސިލްސިލާއެއް ފެށިއެވެ. އޭނާގެ އަތުގައި މަގުމަތީގައި ތަރުކާރީ ވިއްކުމުގެ ލައިސަންސް ނެތޭ ބުނެއެވެ. އެންމެ ފަހުން،

އެއް ދުވަހަކު އޭނާ ގާޑިޔާގަނޑު ހިފައިގެން، ދެ ކިޯލމީޓަރު ދުރުގައި ޮއންނަ ބާޒާރަށް ދާން ދަނިޮކށް، ފުލުހުން މަގުމަތީން އޭނާޔާ ދިމާޮކށް،

އޭނާ ވިއްކަން ގެންދިޔަ ތަކެއްޗާއި، ކިރަން ގެންގުޅޭ ތަރާދުގަނޑު ވެސް ފޭރިގަތެވެ. މި ޙާދިސާގެ ތެރޭގައި ފުލުހުން އޭނާ ބިންމައްޗަށް ވައްޓާލައި، ތަޅައި އަނިޔާ ވެސް ކުރިއެވެ. އެ ދުވަހުގެ ހަވީރު އޭނާ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައި ޝަކުވާކުރިއެވެ. ނަމަވެސް

އޭނާގެ ޝަކުވާ އަޑުއަހައި، އިންޞާފު ޤާއިމުޮކށްދޭނޭ އެއްެވެސް ފަރާތެއް ނުވިއެވެ. އެންމެ ފަހުން ބޫޢަޒީޒީ އޭނާގެ ފޭސްބުކް ޞަފުޙާގައި ލިޔުނު މެސެޖެއްގެ ޒަރީޢާއިން އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދުމަށްފަހު،

އަވަށު ޮއފީސް ކުރިމައްޗަށް ޮގސް އެތާގައި ހުރެ އަމިއްލަ ގައިގައި ޯރޮކށްލިއެވެ. އަނދައިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެވެމުން

ދަނިޮކށް އޭނާ މަރުވީ މި ހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. ބޫޢަޒީޒީ )ދެ ޮފޯޓގައި( އަމިއްލަ ގައިގައި ޯރޮކށްލި

ޙާދިސާއާ ގުޅިގެން ޓިޔުނީޝިއާގެ އެކި ކަންޮކޅުތަކުގައި ރައީސް ބިން ޢަލީއާ ދެޮކޅު މުޒާހަރާތައް ޢާއްމުވެގެން ދިޔައެވެ. ބިން ޢަލީގެ

ލާދީނީ ސިފައިން ރައްޔިތުންނާ ދެޮކޅަށް ކަރުނަ ގޭސް، އަސޭ މިރުސް ގޭސް، ލަޓިބުރި، ދަނޑިބުރި، މުގުރު، ކަރަންޓު މުގުރު، ބަޑި ފަދަ އެންމެހައި އާލާތްތަކެއް އަތްމަތިޮކށްގެން ނިކުތުމުންވެސް މި

ފަހަރަކު ރައްޔިތުން މައިތިރިއެއް ނުވިއެވެ. ފުލުހުންނާއި ސިފައިންގެ

ޙަމަލާތަކުގައި ފަސްޮދޅަހަށް ވުރެ ގިނަ މީހުން މަރުވުމުން ވެސް ރައްޔިތުން ފަހަތަކަށް ނުޖެހުނެވެ. ބިން ޢަލީ އެންމެ ފުރަތަމަ ވިދާޅުވަމުން ގެންދެވީ ޤައުމު ޮއތީ އޭނާގެ ފަހަތުގައި ކަމަށާއި، މުޒާހަރާތައް ކުރަމުން ގެންދިޔައީ "މަދު ޢަދަދެއްގެ ޙައްދުފަހަނައަޅާފައި ތިބި ޓެރަރިސްޓުން" ކަމުގައެވެ. ނަމަވެސް މުޅި ޤައުމުގައި މުޒާހަރާތައް ޢާއްމުވެ، ވެރިރަށް ތޫނިސް ހުއްޓުމަކަށް އައިސް، އެންމެ ފަހުން ބިން ޢަލީގެ ގަނޑުވަރުގެ ކުރިމައްޗަށް އެތައް ހާސް ބަޔަކު ޖަމާވިއެވެ. ދެން ދެން ގަނޑުވަރު

ވައްޓާލާނެޔޭ ހީވާ ހިސާބަށް ދިޔުމުން ބިން ޢަލީ ކުރެއްވީ ވަރަށް ފިނޑި، އެހާމެ ދަށު ދަރަޖައިގެ ޢަމަލެކެވެ. އޭނާ ޓެލެވިޜަން މެދުވެރިކުރައްވައި

ޤައުމުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ޮގނޑީގެ ދަހިވެތިކަމުގައި ސަލާން ޖެއްސެވިއެވެ. ތިމަންނާޔަށް ކަންތައްތައް ކުރެއްވިފައި ވަނީ ރަނގަޅަކަށް

ނޫނޭ، ރައްޔިތުންގެ އަޑު އެހިފައެއް ނެތޭ، ޯގސްޮކށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވެޔޭ، އެ ކަންތައްތައް ރަނގަޅުޮކށްދޭނަމޭ، 2014 ވަނަ އަހަރާ ހަމަޔަށް

ވެރިކަމުގައި ބަހައްޓައިދޭށޭ، އެއަށްފަހު ވެރިކަން

ދޫޮކށްލާނަމޭ، މިނިވަންކަން ދޭނަމޭ، ކާޯބތަކެތީގެ އަގު ހެޮޔޮކށްދޭނަމޭ، މިފަދަ

ވާހަކަތައް ދައްކަވައިގެން ރައްޔިތުން ހައްދާލައްވައި،

އިތުރު ދުވަސްތަކަކު ވެރިކަމުގައި ހުންނެވޭޯތ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ބިން ޢަލީގެ ފިނޑި އާދޭސްތަކަކުން

ރައްޔިތުންނަށް އަސަރެއް ނުކުރިއެވެ. ރުޅިން

ފުރިފައިވާ ކުޅަނދުރުތަކެއް ފަދައިން އުތުރިއަރަމުން ދިޔަ މީސްތަކުން ހުއްޓުމެއް ނެތި ޮގވަމުން

ގެންދިޔައީ ބިން ޢަލީ ވަގުތުން އިސްތިޢުފާ ދެއްވުމަށެވެ. އެންމެ ފަހުން، އެހެން ޮގތެއް ނެތްކަން ޔަޤީންވެވަޑައިގަތުމުން ބިން ޢަލީ އޭނާގެ ޢާއިލާ ޮގވައިގެން ފިއްލެވީއެވެ. ބެލެވޭޮގތުގައި އޭނާއާއި އަނބިކަނބަލުން ލައިލާ

ޢާއިލާގެ ބައެއް ބޭފުޅުންނާއެކު ގައުމުން ފިއްލެވީ ޓިޔުނީޝިއާގެ ޚަޒާނާއިން 60 މިލިއަން ޮޑލަރުގެ އަގު ހުރި ރަން ވެސް ހިއްޕަވައިގެންނެވެ.

ޓިޔުނީޝިއާގެ މަސްރަޙުގައި ތަމްސީލުވެގެން ދިޔަ ޢިބުރަތްތެރި ޙާދިސާތަކާއެކު ހާމަވެގެން ދިޔަ އެންމެ މުހިއްމު ކަމަކީ އިސްލާމް

ދީނަށް ޮގންޖަހައި، ޢިލްމާނިއްޔަތުގެ ނުބައި ދިދަތައް އުފުލައި، ހުޅަނގަށް އަޅުވެތިވެގެން އުޅޭ އިސްލާމީ ޤައުމުތަކަށް އެ މަގުން ހިނގައިގެން

ލިބޭ ޮމޅެއް ނެތް ކަމެވެ. ޒަމާނީ ތަރައްޤީއާއި "ޮމޑަރނައިޒޭޝަން" ގެ ލަނޑުދަނޑި ޙާޞިލުކުރާށޭ ކިޔައިފައި އިސްލާމް ދީނަށް ފުރަގަސްދީ، ޣައްދާރުވުމުގެ އެއްވެސް ހެޮޔ ނަތީޖާއެއް ނެތްކަމެވެ. ތުރުކީއަށް ފަހު

Page 13: Sun Magazine

ޓިޔުނީޝިއާ ވެސް މި ތެދުގެ އިތުރު ހެއްކަކަށް ވެގެން ދިޔައީއެވެ. މި ޙާދިސާތަކުގެ ސަބަބުން ހާމަވެގެން ދިޔަ އަނެއް ކަމަކީ އިސްލާމީ ދުނިޔެ

ހުޅަނގުގެ ފިކުރިއްޔާތާއި ޢިލްމާނިއްޔަތުގެ ތެރެއަށް ވައްޓައިލަން އުޅޭ "މުސްލިމު" ލީޑަރުންގެ ހުތުރު ޙަޤީޤަތެވެ. އެއީ ކިހައި ދަށު ދަރަޖައަކަށް ވެއްޓިފައި ތިބޭ ބައެއް ކަމެވެ. އެވެރީންގެ "ޯމރަލް އިންޓެގްރިޓީ" އާއި

އަޚްލާޤީ ޝަޚްސިއްޔަތު ފޫވެއްޓިފައިވާލެއް ޮބޑުކަމެވެ. އަދި އެފަދަ މީހުންނަށް ވެރިކަމުގެ ބާރުތައް ދިނުމުން ޤައުމަށް ލިބޭ ނިކަމެތިކަމެވެ. ހާމަވެގެން ދާ އަނެއް ކަމަކީ ހުޅަނގުގެ ދައުލަތްތަކުގެ މުނާފިޤުކަމެވެ.

ބިން ޢަލީއަކީ ދުނިޔޭގެ އެންމެ ޚުދުމުޚުތާރު އެއް ލީޑަރެވެ. އޭނާގެ ވެރިކަމުގައި ޓިޔުނީޝިއާއަކީ އިންސާނީ ޙައްޤުތަކުގެ ރެޯކޑް ހުތުރު

ޤައުމެކެވެ. ޤައުމުގެ އިޤުތިޞާދީ ޙާލަތު އެހައި ޯގހެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތައް ގެންދިޔައީ ބިން ޢަލީއަށް މަދަދުވެރިވެ ތާއީދުކުރަމުންނެވެ.

ހުޅަނގުގެ ވެރީން ބިން ޢަލީގެ ބުރަކަށީގައި ފިރުމައިދިން އެންމެ މުހިއްމު ސަބަބަކީ އޭނާ އިސްލާމް ދީނާ

ދެޮކޅަށް، ޓިޔުނީޝިއާގައި ހުޅަނގުގެ ފިކުރާއި ސަގާފަތް ފަތުރަން ކުރެއްވި

މަސައްކަތެވެ. އަނެއް ކަމަކީ ޓެރަރިޒަމާ ދެޮކޅު ހަނގުރާމައޭ ކިޔައިގެން

އެމެރިކާއާއި އެ ޤައުމުގެ އެކުވެރީން ގަންނަ ސަކަރާތަށް ބިން ޢަލީ

ކުރެއްވި ތާއީދެވެ. އަނެއް ސަބަބަކީ އިޤްތިޞާދީ ޮގތުން ހުޅަނގާ އެކު

ބިން ޢަލީގެ ސަރުކާރު ބޭއްވި ގާތް ގުޅުމެވެ. ޓިޔުނީޝިއާގެ ޮފރިން އިންވެސްޓްމަންޓުގެ ދާއިރާއަކީ

ގާތްގަނޑަކަށް ފަރަންސޭސީންގެ އަމިއްލަ ވިޔަފާރިއެކެވެ. ޤައުމުގެ ބައިނަލްއަޤުވާމީ

ވިޔަފާރީގެ 80% ކުރެވެމުން އައީ ޔޫރަޕުގެ ޤައުމުތަކާއެކުއެވެ.

އެހެންކަމުން ހުޅަނގަށް ބިން ޢަލީ ވަރެއް ނެތެވެ. ހުޅަނގުގެ ލީޑަރުން ވިދާޅުވަމުން ގެންދެވީ ބިން ޢަލީ އަކީ މުޅި ޢަރަބި ދުނިޔެއަށް ހުރި

މިސާލެއް ކަމުގައެވެ. އޭނާގެ އިޤްތިޞާދީ ސިޔާސަތުތަކަކީ މުޅި އެފްރިކާ ނަކަލުކުރަން ޖެހޭ ނަމޫނާއެއް ކަމުގައެވެ. 1999 ވަނަ އަހަރު ބޭއްވުނު

ރިޔާސީ އިންތިޚާބުގައި ޯވޓުގެ ނަތީޖާ ޮއޅުވައިލައްވަން ބިން ޢަލީ ކުރެއްވި މަސައްކަތްތަކަކީ ޑިޮމކްރަޓިކް އިންތިޚާބުތަކުގެ ތާރީޚުގައި ވެސް މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އަލްޖަޒީރާގެ ރިޯޕޓަރެއް ކަމުގައިވާ ހާޝިމް އަހެލްބައްރާ ފަދަ އެތައް މުހައްލިލުން ސިފަކުރިޮގތުގައި އެ އިންތިޚާބަކީ ޯވޓު ޮއޅުވައިލުމުގެ "ކްލެސިކް އެގްޒާމްޕަލް" އެކެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކަށް އެ ތަނެއް ވެސް ނުފެނުނެވެ. އެ

އިންތިޚާބަކީ "މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް" ކަމަށް 2004 ވަނަ އަހަރު، އެއިރުގެ އެމެރިކާގެ ރައީސް ޯޖރޖް ޑަބްލިޔު. ބުޝް

ވިދާޅުވިއެވެ. ހަމަ އެފަދައިން، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އެތައް ސަތޭކަ ޖަރީމާއެއް ހިންގެވި ބިން ޢަލީއަކީ އިންސާނީ

ޙައްޤުތަކުގެ ޗެމްޕިއަނެއް ކަމަށް 2008 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ރައީސް ނިޮކލަސް ސާރޯކޒީ ވިދާޅުވިއެވެ. އީރާން ފަދަ ޤައުމުތަކުގައި ފަސްޮދޅަހަކަށް މީހުން މަގުމައްޗަށް ނިކުތަސް، މުޅި ޤައުމު ސަރުކާރާ ދެޮކޅު ވެއްޖެޔޭ ކިޔައިގެން ހަޅޭއްލަވާ ހުޅަނގުގެ

ލީޑަރުން، މި ފަހަރު މުޅި ޓިޔުނީޝިއާ ބިން ޢަލީއާ ދެޮކޅަށް ތެދުވުމުން ޗުއްޕުވެސް ނުބުނެއެވެ. ވާނުވާ ބަލަން ރާޯދރުތަކުގެ ކައިރީގައި،

ދަތްޮދޅީގައި އަތް އުނގުޅާލަ އުނގުޅާލައި ތިބީއެވެ. ވެރިކަން ދޫޮކށްލެއްވުމަށްފަހު ބިން ޢަލީ އެންމެ

ފުރަތަމަ މިޞްރާބު ޖެއްސެވީ އޭނާގެ އިމާމުންގެ އުނގުން ޙިމާޔަތް ލިބޭޯތ ހުޅަނގުފަރާތަށެވެ. ފަރަންސޭސިވިލާތުގެ ޕެރިހަށެވެ. ނަމަވެސް ބިން ޢަލީގެ ޮގނޑިއާއި މަޤާމު ގެއްލުމުން ހުޅަނގުގެ ސާހިބުންނަކަށް

އޭނާ މުހިއްމެއް ނުވިއެވެ. ވެރިކަމުގައި ހުންނެވި އިރު އޭނާއަށް ތަޢުރީފު ޮއއްސަމުންދިޔަ ހުޅަނގުގެ ސާހިބުން، ވެރިކަން ގެއްލުމުން

އޭނާއަކީ ދަންނަ މީހަކަށް ވެސް ނުހެދިއެވެ. ބިން ޢަލީގެ ޖެޓް ފަރަންސޭސި ވިލާތަށް ވަނުމުގެ ހުއްދަ ދެއްވަން ވެސް އެ ޤައުމުގެ ރައީސް ނިޮކލަސް ސާރޯކޒީ އިންކާރުކުރެއްވިއެވެ. އާޚިރުގައި ބިން ޢަލީ ޙިމާޔަތްޯހއްދެވީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. މާތްރަސްކަލާނގެ

ރަސްކަންފުޅަށް ޮގންޖައްސަވައިފައި، ކިތަންމެ ބާރަށް ގުންފައި ޖައްސަވަމުން ހިންގެވިޔަސް ބިންގަނޑު ފަޅައެއްނުލެވޭނެކަން، އަދި

ފަރުބަދަތަކަށްވުރެ އުހަށް އިސްޮކޅު ދަމައެއްނުލެވޭނެކަން މިހާރު ބިން ޢަލީއަށް އިޙުސާސްކުރެއްވޭނެ ޯތއްޗެކެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ

ސުވާލަކީ އަޅުގަނޑުމެންގެ "ބިން ޢަލީން" ނަށް މިކަން އިޙުސާސްކުރެވޭނީ ޮކން ޮގތަކަށް، ޮކން

އިރަކު ބާވައޭ މި ސުވާލެވެ.

Page 14: Sun Magazine

14

އޮީފހުގެ ފުރަތަމަ ދުވަސް ޢަލީ ޚާލިދު

ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހަކީ ވަޒީފާ ޯހދުމަށް ކުރި މަސައްކަތާއި ކަޑައްތުކުރަން ޖެހުނު މަރުހަލާތަކަށް ވުރެން ވަކިން ކުޑަކަމެއް ނޫނެވެ. ބައެއް ފަހަރު އެކުގައި މަސައްކަތްކުރާން ދިމާވެދާނެ މީހުންނަކީ ތިމާއަށް ވަޒީފާދިނުމަށް އިންޓަވިއުކުރި ވެރިންނަށް ވުރެން ވަކީން ލާހިކު ބަޔަކަށް ނުވެދާނެއެވެ. ވަޒީފާގެ ފުރަތަމަ ދުވަހަކީ ވަރަށް ގިނަ ކަންކަމުގެ ބިންގާއަޅަން ޖެހޭ ދުވަހެކެވެ. އެކުގައި މަސައްކަތްކުރާ މީހުންނާ އެކު ރައްޓެހިކަން ގާއިމުކުރާނެ ޮގތް ޯހދަން ޖެހޭނެއެވެ.

ހަސަދަވެރި، ޖައްސާލައިގެން އުޅޭ ބާވަތުގެ މުއައްޒަފުން ދެނެގަނެ، އެމީހުންނާ ދުރުވެ ބަލިކުރާނެ ސަލާމަތީ ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި ކުރިއަށް ދާން ހިޔާރުޮކށްފައިވާ

ދާއިރާގައި ސާބިތުކަމާއެކު ދެމިހުރުމަށް ކުރަންވީ ބައެއް ކަންކަން ކުރުމަށް ސަމާލުވާން ވާނެއެވެ. ވަޒީފާގެ ފުރަތަމަ ދުވަހަކީ ވަރަށް ގިނަ މީހުންނާ އަލަށް

ދިމާވާނެ ދުވަހެކެވެ. އެހެންކަމުން އެމީހުންގެ ޝައުގުވެރިކަމާއި ސަމާލުކަން ޯހދުމަށް ފިކުރުބަހައްޓަންވީ ބައެއް ކަންކަމަކީ:

އެހެން މުއައްޒަފުން އަޅައިގަންނަ އަދި ކަޅިހުއްޓޭ ފަދަ ހެދުމެއް ނޭޅުން. ހަމަ މިޮގތަށް، ހެދުން އެޅުމުގައި މީހުން އަޅައިގަންނަ ޯގހެއް ނުހެދޭޯތ ބަލަންވާނެއެވެ.

އަޅުގަނޑާ އެކު މަސައްކަތްކުރަން ދިމާވި މުއައްޒަފަކު ފުރަތަމަ ދުވަހު ވަޒީފާއަށް ނުކުތް އިރު ޓައީ ހުރީ ނުބައިޮކށް ޮގށްޖަހާފައެވެ. އެހެން ނަމަވެސް އޭނާގެ ކައިރީގައި

އެކަކަށްވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ. ދެވަނަ ދުވަހު ވެސް އޭނާގެ ޓައީ ހުރީ ފުރަތަމަ ދުވަހެކޭ ހަމަ އެއްޮގތަށެވެ. ނަމަވެސް ޮއފީސްތެރޭގައި ޓައީގެ ޮގށް

ހުރި ޮގތުގެ ވާހަކަ ވަރަށް މަޖާ ވާހަކައެއްގެ ޮގތުގައި ދައްކަމުން ގެންދެއެވެ. ޓައީ ޮގށުގެ ވާހަކަ އޭނާގެ ކައިރީގައި އަޅުގަނޑު ބުނުމުން އޭނާ ބުނީ ޮގށްޖަހަން

ނޭނގޭ ވާހަކައެވެ. ދެން އެކަން ރަނގަޅު ކުރެވުނު އިރު އެންމެން އޭނައަކީ ޯޖކެއް

ކަމަށް ހަދައިފިއެވެ. ޓައީގެ ވާހަކަ ފަހުން ވީ އޭނާ ބަލިޮކށްލަން ބޭނުންކުރާ ހަތިޔާރަކަށެވެ.

ތިމާގެ ހިޔާލު ފަހަށް ބާއްވާފައި މިއަދު ކުރަންވީ ކަމަކީ އަޑު އެހުމެވެ. ދެންވެސް އަޑުއަހާނީއެވެ. ހަމަ ދެންވެސް އަޑު އަހާށެވެ. ރަނގަޅަށް

އަޑުއަހަފި ނަމަ، ތިމާގެ ހިޔާލުގެ ވަރަށް ގިނަ ކަންތައްތައް މިހާރުވެސް ކުރެވެމުންދާކަން އެނގޭނެއެވެ. އަދި ބައެއް ކަންކަން ތިމާ ހިޔާލުކުރާ ޮގތަށް ނުކުރަނީ އެއަށްވުރެ ރަނގަޅުޮގތްތަކެއް ޮއތީމައިކަން އެނގޭނެއެވެ. ކަންކަން

ހިނގާޮގތް އެނގުމަށްފަހު، ރަނގަޅު ހިޔާލެއް އަތުވެއްޖެނަމަ ފަހަށް އަދި ބާއްވާލާށެވެ.

ތިމާ ކުރާ ސުވާލުތަކަކީ ތޫނުފިލި ސުވާލުތަކަކަށް ވާންވާނެއެވެ. މިފަދަ ސުވާލެއްގެ ޖަވާބު އެނގުނަސް ސުވާލުކުރާށެވެ. އާންމުޮކށް މީހުން

އެހީތެރިވާން ބޭނުންވާނެއެވެ. މިޮގތަށް އެހީތެރިވުމަކީ އެމީހުންނަށް މަސައްކަތް އެނގޭކަމުގެ ސާބިތު ހެއްކަކަށް ވާތީ އެހީވާން ބޭނުންވާނެއެވެ.

ކަމެއް ކުރާ ޮގތުގެ ލަފައަކަށް ނާހަނީސް އެކަމުގެ ހިޔާލު ދިނުން ރަނގަޅެއް ނުވާނެއެވެ. "އަހަރެމެން ހށނ ކުންފުނީގައި ކުރަމުން އައީ މިޮގތަށް" މިފަދަ ޮގތަކަށް ބުނެވިއްޖެނަމަ އެކަން ވާނީ އަވަހަށް ރަގަޅު ޮކށްލާށެވެ. "އެކަމަކު

މިތަނުގައި މިކަންކުރާ ޮގތް މާރަގަޅު" މިއަދު މިޮގތަށް ބުނުން ބުއްދިވެރިއެވެ. ހަގީގަތުގައި އާ ޮއފީހުގައި އެކަން ޮއންނަ ޮގތް ރަގަޅު ނޫނަސް ވެހެވެ.

އާންމުޮކށް އަހަރެމެންނާ ދިމާވާ ޮކންމެ މީހެއްގެ ނަން ހަނދާންބަހައްޓަން އުނދަގޫވާނެއެވެ. ތިމާއަށް ފެންނަ ޮކންމެ އެއްޗެއް ބިންވަޅު ނެގޭވަރަށް ހަނދާން ނުހުންނަ ނަމަ، ދިމާވާ ޮކންމެ މީހެއްގެ ނަން ހަނދާނުގައި ބެހެއްޓުމަކީ ނުވާނެކަމެކެވެ. އެހެންކަމުން އެކުގައި މަސައްކަތް ކުރާ މީހުންނާއި

Page 15: Sun Magazine

15

ވާހަކަ ދައްކާއިރު ވީހާ ވެސް ގިނައިން އެ މީހުންގެ ނަމުން މުހާތަބުކުރުމުން ނަންތައް ހަނދާންކުރަން ފަސޭހަވާނެއެވެ. ނަމާ ދޭތެރޭ ޝައްކުވެ، މީހާގެ ނަން ނޫން އެހެން

ނަމަކުން މުހާތަބު ކުރެވުމަށްވުރެ ބުއްދިވެރީ ނަން އަހާލުމެވެ.ތަނުގެ ތެރޭގައި ހިނގާ ސިޔާސަތު ދެނެގަންނަން ވާނެއެވެ. އެހެންނަމަވެސް

ތަނުގައި ހިންގާ ސިޔާސަތާ ވީހާ ވެސް ދުރުގައި ހުރެވޭޯތ ބަލާށެވެ. އަދި ވަރަށް އަވަހަށް މުއައްޒަފުންގެ މެދުގައި ޮއންނަ ގުޅުން އެނގިގެން ހިނގައިދާނެއެވެ. ރަނގަޅަށް

ވިސްނައިފި ނަމަ އެމީހުންގެ ހަށިގަޑުގެ ބަހުރުވައިން ހުރިހާކަމެއް ދެނެގަނެވިދާނެއެވެ.ޮކންމެ ތަނެއްގައިވެސް މަސައްކަތުގެ ސަގާފަތެއް ޮއންނާނެއެވެ. އެތަނެއްގެ

އަމިއްލަވަންތަކަމަކާއި އެކު މަސައްކަތްކުރިއަށް ދާނެ ހަލުވިކަމާއި ބަރުހެލިމިނެއް ޮއންނާނެއެވެ. ބައެއް ތަންތަނަކީ ވަރަށް ޯފރީގައި މަސައްކަތް ކުރާ ތަންތަނެވެ.

އަނެއްބައި ތަންތަނަކީ އެހާ އިހުލާސްތެރި މުއައްޒަފުން ތިބޭ ތަންތަނެއް ނޫނެވެ. މިއަދު ތިމާގެ މަސައްކަތް ބައްޓަން ޮކށްލަންވާނީ އެހެން މުއައްޒަފުންނާ އެއް ހަމައެއްގައެވެ. ފުރަތަމަ ދުވަހު މިއީ މާ އުނދަގޫކަމަކަށް ނުވާނެއެވެ. އެއީ ކުރަންޖެހޭ މަސައްކަތަށް

އަހުލުވެރިވުން ނޫން އެހެން ކަމެއް ތިމާގެ ފުށުން އެދެވުމަކުން ނުދާނެއެވެ.

ހަނދާން ކުރަންވީ ކަންކަން

ފުރަތަމަ ދުވަހު ތިމާއަށް ކުރެވޭ ނުވަތަ ކުރާ ކަންތައްތަކަކީ ތިމާއާ ދޭތެރޭ ޮއފީހުގެ މީހުން ޮގތެއް ނިންމާނެ ކަންކަމެވެ. އެހެންކަމުން މި ދުވަސް،

އަދި ޮއފީސް މީހުން ތިމާއަށް އާދަ ވަންދެން ދުވަސްތައް ހޭދަކުރަން ވާނީ

ވިސްނުންތެރިކަމާއެކުއެވެ. އަލަށް ވަޒީފާއަށް

ނުކުތުމަކީ ތިމާއަށް ލިބޭ ވަރަށް ޮބޑު ފުރުސަތެއްކަން ވެސް ދެނެގަންނަން

ވާނެއެވެ. މިއީ ތިމާގެ ތަބީއަތުގައި ހުރި ބަލިކަށި ކަންކަން ރަނގަޅުޮކށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެހެން

ކަމުން ފުރުސަތުގެ ބޭނުން ހިފޭޯތ ގަދައަޅައި މަސައްކަތްކުރަން ވާނެއެވެ.ތަނުގައި ކަންތައް ހިންގާ އުސޫލާއި

ސިޔާސަތު ރަގަޅަށް ދަސްވަންދެން ތިމާގެ ޮލލާއި ކަންފަތް ހުޅުވައިގެން ހުންނަން ވާނެއެވެ. އެހެންނަމަވެސް އަނގަ މާ

ގަދަ ކުރުން ރަގަޅެއް ނުވާނެއެވެ.އާންމުޮކށް މަސައްކަތުގައި ދިމާވާ މީހުންނަށް ކިޔާ ނަން ދަސްކުރަން ވާނެއެވެ. ހަނދާން ކުރުމަށްޓަކައި، ޯނޓްކުރުން ބުއްދިވެރިވާނެއެވެ. "އޭނަ މީނަ"

ކިޔައިގެން މަސައްކަތުގެ މާހައުލުގައި ވާހަކަ ދެއްކުން އެއީ އެދެވިގެންވާ ޮގތެއް ނޫނެވެ.

ތިމާގެ ފައިތިލަ ސާބިތު ކުރުމަށް ކުރަންވީ ކަންތައްތައް

ވަގުތު ލިބުނުހައި ވެސް އަވަހަކަށް ތިމާ ޖަވާބުދާރީވާން ޖެހޭ ވެރިމީހާއާ ބައްދަލުޮކށް، ވަޒީފާގައި އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ބެހޭޮގތުން

މަޝްވަރާޮކށްލާށެވެ. ވަޒީފާ ބަޔާން ވަޒީފާ ދޭ ފަރާތުގެ އަތުގައި ޮއންނަންވާނެއެވެ. ބައެއް ތަންތަނުގައި މި ލިޔުން ޯނވެދާނެއެވެ. ޮއތަސް ނުވަތަ ނެތަސް، މަޝްވަރާޮކށް ތިމާގެ ފަރާތުން ވެރިމީހާ ހާސިލުކުރަން އެދެނީ ޮކންކަމެއްޯތ ދެނެގަންނަން ވާނެއެވެ. ވަޒީފާގައި އުޅޭތާ ދުވަސްތަކެއް ފަހުން ކަމެއްގައި ހިތްހަމަނުޖެހިގެން ވަޒީފާ ބަޔާނުގެ ވާހަކަދައްކަން ޖެހޭ ހާލަތަށް ދިއުމުގެ ކުރިން މިބައްދަލުވުން ނިމިފައި ޮއތިއްޔާ ފަހުން

ދިމާވާނެ މައްސަލަ ކުޑަވާނެއެވެ.ވަޒީފާ އަދާކުރާ ތަނުގެ ޮއނިގަނޑުގައި ތިމާ ހުރީ ޮކން ހިސާބެއްގައިޯތ ދެނެގަންނަން ވާނެއެވެ. ތިމާއާ ނުގުޅޭ ދާއިރާތަކާއި، މަސައްކަތުގައި ޮއންނަ ގުޅުން

ދެނެގަނެވޭނީ އެއިރުންނެވެ. ތިމާއަކީ ދާއިރާއިން ބޭރުން މަސައްކަތް ކުރަމުންދާ މީހެއްގެ ޮގތުގައި ހުނިޖެހޭކަށް ނުޖެހޭނެއެވެ.

ތަނުގައި ހިންގާ ޒާތީ ގުޅުންތައް ވީހައި އަވަހަކަށް ދެނެގަންނަންވާނެއެވެ. ކާކު ކާކަށްޯތ ޮދށި އުކަނީ، ކާކުޯތ ތިއްތި ދައްކަނީ، މިއީ ދެނެގަންނަން ޖެހޭނެ

ކަންކަމެވެ. ރިސެޕްޝަނިސްޓާއި އެކައުޓެންޓާ ދެމީހުން ގުޅުމެއް ހިންގާޯތ، މިއީ މުހިންމު މައުލޫމާތުތަކެވެ. ޮކންމެ މާހައުލެއްގައިވެސް ގާތް ގުޅުންތަކެއް ހިނގަމުންދާނެއެވެ.

މިކަންކަން ރަނގަޅަށް ފާހަގަ ކުރަންވާނެއެވެ. މިގުޅުން ހިނގަނީ ޮކންބައެއްގެ މެދުގައިޯތ ދެނެގެން ހުރުން ރަނގަޅުވާނެއެވެ. މިއީ ކަންޯހދުން ކަމުގައި އެއްޮގތަކަށްވެސް

ނުދެކޭށެވެ. މިފަދަ ގުޅުންތަކުގެ މައުލޫމާތު އެނގުމަކީ މަސައްކަތްކުރާ އިރު މުހިންމު ކަންކަމެވެ. ތަނުގައި ހިނގާ މިފަދަ ގުޅުންތައް އެނގި ހުރެގެން ނޫނީ އެކުގައި

މަސައްކަތް ކުރާ މީހުންނާ މުއާމަލާތްކުރަން ފަސޭހައެއް ނުވާނެއެވެ. ތިމާ އަދާކުރަމުން ގެންދާ ވަޒީފާއަކީ އެކުގައި މަސައްކަތްކުރާ އެހެން މުއައްޒަފަކުވެސް ފައިނަގާފައިވާ ވަޒީފާއަކަށްވެސް ވެދާނެއެވެ. އެހެން ކަމަށްވަނީ ނަމަ، އެމީހަކާއި އޭނާގެ ރައްޓެހިންގެ ފަރާތުން ތަންޮކޅެއް ހަރުކަށިކަން ފެނިގެން

ހިނގައިދާނެއެވެ. ކެތްތެރިކަމާއެކު ކުރިމަތިލައިފިނަމަ މިއީ ދުވަސްޮކޅެއްގެ ކަމެކެވެ. އެއްޮގތަކަށް ވެސް މާޔޫސްވެގެން މިކަމުގެ ޝަކުވާ ވެރިންގެ ކައިރީގައި ކުރުން

ރަނގަޅެއް ނުވާނެއެވެ. މިޮގތަށް ޝަކުވާޮކށްފި ނަމަ ހިތްހަމަނުޖެހުން އިތުރުވެ، ގުޅުން ރަނގަޅުވާން ނަގާ މުއްދަތު އިތުރުވުން ނޫން ކަމެއް ނުވާނެއެވެ.

އެކުގައި މަސައްކަތް ކުރާ މީހުންނާ ގުޅުން ބަދަހި ކުރުން

ވަޒީފާގެ ފުރަތަމަ ދުވަސްޮކޅު މުއައްޒަފުންނާ ގުޅުން ބަދަހިޮކށްލަން ފަސޭހަވާނެއެވެ. މި ބުނަނީ ރަހުމަތްތެރިކަމުގެ ގުޅުމުގެ ވާހަކަ އެކަންޏެވެ. އެކަމަކު މާ އަވަހަށް އެންމެންނާ ރައްޓެހިވެގަނެގެން އުޅުން ވެސް ރަނގަޅެއް ނުވާނެއެވެ. ބައެއް މުއައްޒަފުންނަކީ މިޒާޖުގައި ވެސް ރަހްމަތްތެރި މީހުންނެވެ. އަނެއްބައި މުއައްޒަފުންނާ ގުޅުން ބަދަހިވެވޭނީ މަސައްކަތުގެ ތެރެއިންނެވެ. އެމީހުން ތިބޭނީ ތިބާ މަސައްކަތުގައި

ކުރިއަށް ދަނީ ކިހިނެއްޯތ ބަލާށެވެ. ބެލުމަށް ފަހުގައި ނޫނީ ގުޅުން ބަދައްސެއް ނުކުރާނެއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ބަޔަކާ މެދު ތަފާތު ޮގތަކަށް

އަމަލުޮކށްގެން ނުވާނެއެވެ.ޮކންމެ މަސައްކަތު މާހައުލެއްގައި ވެސް ބޭކާރު ވާހަކަތައް ދައްކާނެއެވެ.

މިފަދަ ވާހަކަދައްކާ މީހުންނަށް ދައްކާނެ ވާހަކައެއް ނުދީ ވޭޯތ ބަލަންވާނެއެވެ. އަބަދުވެސް ހިތްހެޮޔކަމާއި ރަހްމަތްތެރިކަމުގެ މޫނަކާއިގެން ހުރުން ވަރަށް މުހިންމު ވާނެއެވެ. އެހީތެރިކަން ބޭނުންވަނީ ޮކންބައެއްޯތ ޯހދައި، އެމީހުންނަށް އެހީތެރިކަން ދޭންވާނެއެވެ. މިޮގތަށް އަމަލު ބަހައްޓައިފި ނަމަ ތިމާއަކީ ޕްޮރފެޝަނަލްއެއް ކަމަށް ބެލެވި، އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ އިތުބާރު ވަރަށް އަވަހަށް ލިބިގެން

ހިގައިދާނެއެވެ.

Page 16: Sun Magazine
Page 17: Sun Magazine
Page 18: Sun Magazine

މި އަންނަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ޯލކަލް ކައުންސިލުގެ ޯވޓުލުން ޮއންނައިރު އެންމެ ޮބޑު ސަމާލުކަމެއް

ލިބިފައިވާ އެއް ދާއިރާއަކީ މާލޭ ސިޓީ ކައުންސިލުގެ މައްޗަންޮގޅި ދެކުނު ދާއިރާއެވެ. މި ދާއިރާއަށް ބަލާއިރު، ވަރަށް ގަދައަށް 2 ކެނޑިޑޭޓެއްގެ ނަންކިޔައެވެ. އެއީ އެމްޑީޕީގެ ފަރާތުން

ކުރިމަތިލައްވާ ސަރަނގު އާދަން މަނިކާއި ޑީއާރުޕީގެ ޓިކެޓުގައި ކުރިމަތިލައްވާ އައްސަދު ޝަރީފެވެ. ނަމަވެސް މަޑުމަޑުން

ވަރުގަދަވަމުން، ވާންކުރަމުން އެހެން ކެނޑިޑޭޓަކު އަންނަތަން ވެސް އެބަ ފެނެއެވެ. އެއީ އެއްއިރެއްގައި އެމްޑީޕީގެ ވަރަށް ވަރުގަދަ

އެކްޓިވިސްޓެއްގެ ޮގތުގައި އުޅުއްވި މިހާރު އެމްޑީޕީން ވަކިޮކށްފައިވާ އައިޝަތު ޝެރީނެވެ.

މިހާރު މިޮއތީ އިންތިހާބުގެ އެންމެ ވާދަވެރި ހިސާބަށް އައިސްފައެވެ. ފެންނަ ފެނުމަށް ހީވަނީ މިއީ އެންމެ ޮބޑު ދެ

ޕާޓީގެ މެދުގައި ހިނގާނެ ހަނގުރާމައެއް ހެންނެވެ. އެހެންކަމުން މި ދެ ޕާޓީގެ ހަނގުރާމައަށް ބަލާލުން އެންމެ ރަނގަޅުވާނެ ކަމަށް

ފެނެއެވެ.2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިގައުމުގެ ތާރީހުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި އެންމެ ޯފރިގަދަ އިންތިހާބެވެ. އެ އިންތިހާބުގައި މިއަދު ސަރުކާރު ހިންގަން ޮއތް އެމްޑީޕީ ވަނީ އެމީހުންނަށް ލެވުނު އެންމެ ޮބޑު ހިތްވަރެއް ލައި،

އިންތިހާބު ކާމިޔާބުޮކށްފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން

އެމްޑީޕީ ކުރި މަސައްކަތާއި ޑީއާރުޕީ ކުރި މަސައްކަތް ފެނުނެވެ. އޭރުގެ ސިޔާސީ ހަގީގަތް ވަރަށް ރަގަޅަށް ހާމަވިއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ހަންކެނޑިގެން

ނޑި ގޮ ީޅ ދެކުނު ގޮނޑި : ކައުންސިލް އިންތިާހބުގެ ރަން ގޮ މައްޗަންއަބްދުهللا ޝިާނން

Page 19: Sun Magazine

ނެރުނު ނަތީޖާއިން ރައްޔިތުން ދިން މެސެޖު ވަރަށް ސާފެވެ. ފުރަތަމަ ބުރުގައި ޯވޓުލާން ނުކުތީ 177802 މީހުންނެވެ. މި މީހުންގެ ތެރެއިން 71731 މީހުން ޯވޓު ދިނީ ޑީއާރުޕީގެ

ކެނޑިޑޭޓް ރައީސް މައުމޫނަށެވެ. އެމްޑިޕީގެ ކެނޑިޑޭޓް ރައީސް ނަޝީދަށް ޯވޓު ދިނީ 44293 މީހުންނެވެ.

އޭރު މުޅި ރާއްޖޭގައި ޮއތީ ބަދަލަކަށް ބޭނުންވި ޮއއިވަރެކެވެ. 30 އަހަރުގެ ދިގު ވެރިކަން ބަދަލުކުރަން ގިނަ ބަޔަކު ބޭނުންވިއެވެ. އެމްޑީޕީގެ ފަރާތުން

ވެރިކަމަށް "ބުޅަލެއް" ކުރިމަތިލިޔަސް ތާއީދުކުރާނެ ކަމަށް ވަރަށް ގިނަބަޔަކު ފާޅުގައި ދިޔައީ ބުނަމުންނެވެ. އޭރުގެ ޮއއިވަރު ހުރީ އެޮގތަށެވެ. އޭރުގެ ވިސްނުން ހުރީ އެމަގަށް ބައްޓަންވެ

ހިމުންވެފައެވެ. ސިޔާސީ ޮގތުން ބަލާއިރު ރައްޔިތުންގެ ވިންދާއި އިހްސާސާ

ގުޅުން ހުރި ހުރިހާ އެޑްވާންޓޭޖެއް ޮއތީ އިދިޮކޅު ފަރާތްތަކުގެ އަތްމަތީއެވެ. އެ ހުރިހާ

އެޑްވާންޓޭޖްތަކާއެކު ވެސް ފުރަތަމަ ބުރުން

އެމްޑީޕީއަށް އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ. އެ އިންތިހާބުގެ ފުރަތަމަ ބުރަށް ބަލާއިރު މައްޗަންޮގޅި ދެކުނު ދާއިރާގެ ގިނަ

ޯވޓު ކާމިޔާބު ޮކށްފައިވަނީ ޑީއާރުޕީއެވެ. އަޅުގަނޑު ޮބޑަށް ހަނދާންވާ ޮގތުގައި އެ ފަހަރު ޑީއާރުޕީ އެ ދާއިރާ ކާމިޔާބުކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ނަމަވެސް ދެވަނަ ބުރުގައި ޮކންމެ ބައެއް ކާމިޔާބު ކުރިނަމަވެސް އެ ކާމިޔާބު ޮކށްފައިވަނީ ވެސް

ހަމަ ވަރަށް ހަނި ހަވާސާއަކުންނެވެ. އަޅުގަޑު ޮބޑަށް ހަނދާންވާ ޮގތުން ދެވަނަ ބުރުގައި މައްޗަންޮގޅި ދެކުނު ދާއިރާއިން ގިނަ

ޯވޓު ކާމިޔާބުކުރީ އިދިޮކޅު އިއްތިހާދެވެ. އޭގެ 07 ވަރަކަށް މަސް ފަހުން ދެން އައީ 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ

ނޑި ގޮ ީޅ ދެކުނު ގޮނޑި : ކައުންސިލް އިންތިާހބުގެ ރަން ގޮ މައްޗަން

Page 20: Sun Magazine

20

މަޖިލިހުގެ އިންތިހާބެވެ. އެދުވަސްވަރު ވެގެން ދިޔައީ

އަލަށް ވެރިކަމަށް އައި އެމްޑީޕީ ޯކލިޝަން ސަރުކާރުގެ ހަނީމޫން

ދުވަސްވަރަށެވެ. ރައްޔިތުން ބޭނުންވި ބަދަލުގެ އެންމެ

އުފާވެރި ދުވަސްތައް ގުނެމުން ދިޔަ ވަގުތަށެވެ. އެދުވަސްވަރު އިދިޮކޅު ފަރާތްތަކުގެ މާޮބޑު ރޫހެއް ފެންނާކަށް ނެތެވެ. ބައެއް ދުރުވިސްނުންތެރިން

ބުނިޮގތުގައި 30 އަހަރު ވެރިކަން ކުރެއްވުމަށް ފަހު، އިންތިހާބުގައި

ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރައީސް މައުމޫނު

ނިސްބަތްވެވަޑައިގަންނަވާ ޑީއާރުޕީ ދެން ދުވަހަކުވެސް އިދިޮކޅު

ޕާޓީއެއްގެ ޮގތުގައި ފެނިގެންނެއް ނުދާނެއެވެ. ނަމަވެސް 2009

ވަނަ އަހަރުގެ މަޖިލިހުގެ އިންތިހާބުގެ ނަތީޖާއިން ކުރެހިގެން

ދިޔައީ އެމަންޒަރެއް ނޫނެވެ. ޑީއާރުޕީއަށް ތާއީދު ޮއތްކަމަށް ބުނެ ރައްޔިތުން ނިޔާއިއްވިއެވެ.

އަދި ގައުމު ހިންގުމުގެ ދާއިރާގައި މަޖިލިސް މެދުވެރިޮކށް ޑީއާރުޕީއަށް

ވަރަށް މުހިއްމު ދައުރެއް ރައްޔިތުން ހަވާލުކުރިއެވެ.

އެމްޑިޕީއަށް ވުރެ ގިނަ ޮގނޑި ޑީއާރުޕީން މަޖިލިސް އިންތިހާބުގައި ކާމިޔާބުކުރިއެވެ.

2009 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވުނު މަޖިލިސް އިންތިހާބުގައި، އޭރު އެމްޑީޕީ ޯކލިޝަނަށް އެ ޮއތް ތާއީދާއި

ސަޯޕޓާ އެކު މައްޗަންޮގޅި ދެކުނު ދާއިރާއިން ނެރުނު ނަތީޖާއަށް ބަލާލުމަކީ އެންމެ ރަގަޅު ކަމެކެވެ.

ރިޔާސީ އިންތިހާބުގެ ގާތް ގަޑަކަށް 7 މަސް ދުވަސް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މައްޗަންޮގޅި ދެކުނު ދާއިރާ ހިމެނުނީ

މުޅި ރާއްޖޭގައި 2 ވަނައަށް އެންމެ ގިނަ ކެނޑިޑޭޓުން އެއް ދާއިރާއަކަށް ކުރިމަތިލި ސަރަހައްދަށެވެ. މައްޗަންޮގޅި ދެކުނު ދާއިރާއަށް މުޅިއެކު 12

ކެނޑިޑޭޓުން ކުރިމަތިލިއެވެ. މައްޗަންޮގޅިއަކީ އަބަދުވެސް ޑީއާރުޕީގެ ސަޯޕޓްބޭސް ޮބޑު އަވަށެކެވެ. ހާއްސަޮކށް މިހާރު އަލަށް އުފެދުނު މައްޗަންޮގޅި ދެކުނު ދާއިރާއަކީ ޑީއާރުޕީ އަދި ޮކންޒަވެޓިވް ވިސްނުމުގެ މީހުން ގިނަ

ދާއިރާއެއްކަމުގައި ބުނެވިދާނެއެވެ. އޭގެ އެއް ހެއްކަކީ އެހާ އުނދަގޫ އަދި މަގުބޫލުކަން ގެއްލިފައިވާ ދުވަސްވަރެއްގައި މަޖިލިސް އިންތިހާބުގައި

ޑިއާރުޕީގެ ކެނޑިޑޭޓް ޯހދި ނަތީޖާއެވެ. މަޖިލިސް އިންތިހާބުގައި 12

ކެނޑިޑޭޓުން މައްޗަންޮގޅި ދެކުނު ދާއިރާއަށް ކުރިމަތިލިއިރު، އެ

ދާއިރާ ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް، މިހާރު މަޖިލިހުގައި

މައްޗަންޮގޅި ދެކުނު ދާއިރާ ތަމްސީލްކުރައްވާ، އާންމު ނަމުން

ނަމަ، ކުބޭ އެވެ. އެބޭފުޅާ ގާތްގަނޑަކަށް 700 އެއްހާ ޯވޓު

ކާމިޔާބުކުރިއެވެ. ޑީއާރުޕީގެ ފަރާތުން ކުރިމަތިލެއްވީ މި ފަހަރުވެސް ޯލކަލް

ކައުންސިލް އިންތިހާބުގައި މައްޗަންޮގޅި ދެކުނު ދާއިރާއަށް

ކުރިމަތިލެއްވި އައްސަދު ޝަރީފެވެ. ރައްޔިތުންގެ

މަޖިލިސް އިންތިހާބުގައި އައްސަދު ޝަރީފަށް ކާމިޔާބު ކުރެވުނީ 630 އެއްހާ ޯވޓެވެ. މި ދެ

ބޭފުޅުންގެ ދެމެދުގައި 80 އެއްހާ ޯވޓުގެ ތަފާތުވެސް ނެތެވެ.

އެހެންކަމުން މައްޗަންޮގޅި ދެކުނު ދާއިރާއަކީ ޑީއާރުޕީގެ ވަރަށް

ވަރުގަދަ ސަޯޕޓްބޭސްއެއް ޮއތް ދާއިރާއެއްކަން ހާމަވެއެވެ. އެއީ އޭރުގެ ހާލަތެވެ. އެއީ އޭރުގެ ޮއއިވަރެވެ. މިއަދު

މިފެންނަނީ މަންޒަރު ބަދަލުވެފައި ވާ ތަނެވެ. ނުވަތަ ވައި ވަރަށް ޮބޑަށް ބަދަލުވެފައިވާ މަންޒަރެވެ.

މަޖިލިސް އިންތިހާބުގެ ގާތް ގަނޑަކަށް 21 ވަރަކަށް މަސްދުވަސް ފަހުން، މި އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ޯލކަލް ކައުންސިލް

އިންތިހާބުގައި މައްޗަންޮގޅި ދެކުނު ދާއިރާގެ ޮގނޑި ޮކންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް އެ ކާމިޔާބު މައިގަނޑު ޮގތެއްގައި ބިނާވާނީ "ސްވިންގ ޯވޓާރސް" ގެ މައްޗަށެވެ. ވަކި ކެނޑިޑޭޓަކަށް ޯވޓު ލުމުގެ ވިސްނުމުގައި،

ނުވަތަ ވަކި ޕާޓީއެއްގެ ފިކުރުގެ ދަލުގައި ނުޖެހި މިނިވަންޮކށް ތިބި މީހުންގެ މައްޗަށެވެ. މި ޮގނޑީގެ ނިޔާ ކަނޑައަޅާނީ އެމީހުންނެވެ. އެމީހުން ދޭ ޯވޓެވެ.

ސިޔާސީ ބައެއް ފަލްސަފާވެރިން ބުނާޮގތުން ނަމަ މީހަކު އިންތިހާބެއް ކާމިޔާބުކުރަނީ ހަމަ އެކަނި އޭނާއަށް ތާއީދު ކުރާ މީހުން ދޭ ޯވޓަކުން ނޫނެވެ. އޭނާގެ ވާދަވެރިޔާއަށް ކުރާ ނަފްރަތުގެ ސަބަބުން އެ

ވާދަވެރިޔާ އިންތިހާބުވިޔަ ނުދިނުމަށްޓަކައި އެއް ބަޔަކު އޭނާޔަށް ދޭ ޯވޓުގެ ސަބަބުންނެވެ. މި ވިސްނުމުގެ ތެެދުކަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން

އަޅުގަނޑުމެންނަށް ފެނުނެވެ. ރިޔާސީ އިންތިހާބުގެ 2 ބުރުގައި 97222 މީހުން ނުކުމެ ރައީސް ނަޝީދާއި އޭނާއަށް ތާއީދުކުރި ޯކލިޝަނަށް ޯވޓު ދިނީ ނަޝީދު

ދެކެ ޯލތްބަކުން ނޫނެވެ. ރައީސް މައުމޫނުގެ 30 އަހަރު ވީ ދިގު ވެރިކަން ނިންމާލުމަށެވެ.

Page 21: Sun Magazine

ސިއްކަ

ހިޖުރައިން 1166 ވަނަ އަހަރު، ޞަފަރު މަހު 13 ވިލޭރޭ މަލާބާރީން މާލެ ހިފުމަށްފަހު، ދިވެހި ރާއްޖޭގެ ތަޚުތުގައި އިންނެވި މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންނާއި، މި ރަދުންނާއި އެއްބަނޑު އެއްބައްޕާފުޅު އިބްރާހީމް

ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު ނުވަތަ މުޙައްމަދު ޣިޔާޘުއްދީން އެ ދެކަލުންގެ އަރިހު ބައެއް ބޭފުޅުންނާ އެކު މަލާބާރީން އައި ޮއޑިޔަށް ގެންދިޔައެވެ. މި ބޭފުޅުން ޮގވައިގެން ޮއޑި ފުރައިގެން ދިޔުމަށްފަހު، މަލާބާރީންގެ އުނދަގުލާއި

ދުއްތުރާ ދިވެހީންގެ މައްޗަށް ނިހާޔަތަށް ޮބޑުވެފައި ވަނިޮކށް، މި ރާއްޖެ އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވީ މަޝްހޫރު މުލީގެ ޮދން ޙަސަން މަނިކު، ނުވަތަ މުލީގޭ ޙަސަން ރަންނަބަނޑޭރި ކިލެގެފާނެވެ. ޮހޅިން ގެންދިޔަ ރަސްގެފާނުގެ ޚަބަރެއް ވޭޯތ ދުވަސްގަނޑަކު އިންތިޒާރުކުރެއްވުމަށްފަހު، މާލޭ

ރައްޔިތުންގެ ވަރަށް ޮބޑު އެދުމާއެކު، މުލީގޭ ޙަސަން ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިއެވެ. އެއީ ހިޖުރައިން 1173 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 15 ވީ ބުރާސްފަތި ދުވަހުގެ ފުރަތަމަ ސާޢަތުގައެވެ. ޮކލި ނަންފުޅަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނެވެ. މަޝްހޫރުވެފައި ވަނީ

ޮދން ބަންޑާރައިންގެ ނަންފުޅުންނެވެ.ޮހޅިން ގެންދިޔަ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންނާއި،

މުޙައްމަދު ޣިޔާޘުއްދީނާ ދެ ބޭފުޅުން ސަލާމަތްކުރެވޭޯތ ޮދން ބަންޑާރައިން ވަރަށް ޮބޑެތި މަސައްކަތްތައް ކުރެއްވިއެވެ. ޮކންމެއަކަސް، މަލާބާރީން އެ ބޭފުޅުން މަލިކަށް ގެންޮގސްގެން ގެންގުޅެނިޮކށް އެ އަހަރުގެ ޝައްވާލު މަހުގެ 7 ވީ ޮހނިހިރު ވިލޭރޭ

ރަދުން އަވަހާރަވެއްޖެއެވެ. އެއަށްފަހު ޢަލީ ރާޖާ، ޣިޔާޘުއްދީން ކަންނަންނޫރަށް ގެންދިޔައެވެ. ދެން ޣިޔާޘުއްދީނާއި، މުޙައްމަދު ޝާހު ބަންދަރު ވެލާނާ ތަކުރުފާނާއި،

މުޙައްމަދު ފާމުދޭރި ތަކުރުފާނާ ތިން ކަލުން ކަންނަންނޫރުން ފިއްލަވައިގެން "ނައިރުންގެ ރަށަކަށް" ވަޑައިގަތީއެވެ. އެރަށުގައި ވެލާނާ ތަކުރުފާނު ނިޔާވެއްޖެއެވެ. އަނެއް ދެ ބޭފުޅުން އެ ރަށުން ނިކުންނަވައިގެން ވަޑައިގަންނަވަނިޮކށް ޮކންމެވެސް

ބަޔަކު ފާމުދޭރި ތަކުރުފާނު އަތުލައިގަނެގެން ގެންދިޔައީއެވެ. އެ ތަކުރުފާނު އަވަހާރަވީ ކަންނަންނޫރުގައެވެ.

ޮދން ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީ ޮހޅިން މުޙައްމަދު ޢިމާދުންދީން ރަދުންނާއި މުޙައްމަދު ޣިޔާޘުއްދީން ގެންދިޔަތާ 7 އަހަރު ފަހުންނެވެ. އެމަނިކުފާނުގެ ރަސްކަމުގެ 3 ވަނަ އަހަރުގެ ރަޖަބު މަހު މުޙައްމަދު ޣިޔާޡުއްދީން މަނިކުފާނު ޮހޅީންގެ ކިބައިން ވީއްލިގެން ގަންޖާމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު

ރާއްޖެ ވަޑައިގެން، ވަދެވަޑައިގެންނެވުނީ މުލަކަޮތޅަށެވެ. އެތަނުން މާލެ ވަޑައިގަތުމުން ޮދންބަންޑާރައިން އަތިރިމައްޗަށް ވަޑައިގަންނަވައި، ރަސްރަސްކަލުންނާ އެކަށޭނަ ޢިއްޒަތުގައި ޣިޔާޘުއްދީނު ބާލުއްވައިގެން ގަނޑުވަރަށް ގެންދެވިއެވެ. މި ކަންތައް ހިނގީ ހިޖުރައިން 1176 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 2 ވީ ބުދަ ދުވަހުގެ

11 ޖެހި އިރުއެވެ. ޮދން ބަންޑާރައިން ނުހަނު ކީރިތިކަމާއި، ނުހަނު މޫރިތިކަމުގައި ރަސްކަން ކުރެއްވުމަށްފަހު، ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާން

މަހުގެ 2 ވަނަޔަށް ވީ ޯހމަ ވިލޭރޭ މި މާތް ރަދުން ދެމިޮއތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ރަސްކަން ކުރެއްވީ 7 އަހަރާއި 4 މަހާއި 16 ދުވަހުއެވެ. ރަދުން އަވަހާރަވި އިރު ޅަޒުވާން ޢުމުރުފުޅުގެ 3 ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އެ މަނިކުފާނުގެ ވަޞިއްޔަތާ އެއްޮގތްވާޮގތުގެ މަތީން، އެ މަނިކުފާނަށް ފަހު ދިވެހި ރާއްޖޭގެ ރަންސަންދާނުގައި ވެޑުވުނީ މުޙައްމަދު ޣިޔާޡުއްދީނެވެ. އާދެ، އިބްރާހީމް

ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން

އިސްކަންދަރުގެ ނަންފުޅުގައެވެ. ޣިޔާޘުއްދީން ރަދުންނާ މެދު ކަންތައްތައް ހިނގާދިޔަ ޮގތް ޮކންމެވެސް

ވަރަކަށް އަޅުގަނޑަށް މި ލިޔެވުނީ އެ ރަދުންނާ ފުވައްމުލަކާ ހުރި ގުޅުމެއްގެ ޮބޑުކަމުން، އެ ރަށު މީހުންނަށް އެ މަނިކުފާނު ތަޢާރަފުޮކށްދިނުމުގެ ބޭނުމުގައެވެ. މި ރަދުން ޝަހީދުކުރުމުގެ ޙާދިސާ ހިނގުމަށް ފަހު، މި ރާއްޖޭގައި 200 އަހަރު ވަންދެން ހިނގަމުން ދިޔައީ ޮދންބަންޑާރައިންގެ ދަރިޮކޅުގެ ބޭފުޅުންގެ ވެރިކަމެވެ. އެހެންކަމުން، ޣިޔާޘުއްދީނުގެ ނަންފުޅަށް ލިބޭންވީ ރީތިކަމެއް ނުލިބި، އެ ރަދުންގެ މާތް ނަންފުޅު ޮއތީ ކިލަނބު ވެފައެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ޣިޔާޘުއްދީން ރަދުންގެ ނަންފުޅު ރާއްޖޭގައި

ވަރަށް ޮބޑަށް ތަޢާރަފުވެ މަޝްހޫރުވެގެން ދިޔައެވެ. މިހާރު މާލޭގައި މިހިރަ ޣިޔާޡުއްދީން ސްކޫލަކީ ވެސް މި ދެންނެވި ބަހުގެ ދިރިހުރި މިސާލެކެވެ. އެ

ކަމަށްޓަކައި އެ މަނިކުފާނަށް ވަރަށް ޮބޑަށް އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ. ތާރީޚަކީ ޮއޅުވައިލެވިގެން ވާނޭ އެއްޗެއް ނޫނެވެ. ތާރީފު ޙައްޤު ފަރާތްތަކަށް ތާރީފު

ކުރެވޭ ދުވަސް އަންނަން ޖެހޭނެއެވެ. މިތާގައި އަޅުގަނޑުމެން ކުޑަ އިރު އަހާ ވާހަކައެއް ލިޔެލާނަމެވެ. ޣިޔާޘުއްދީން ޝަހީދުޮކށްލުމަށްފަހު ރާއްޖޭގެ ވެރިކަމުގެ ބާރުތައް އަތުލި މުލީގޭ ދަރިޮކޅުގެ ބޭފުޅެއް ކަމުގައިވާ އަލްއަމީރު އިބްރާހީމް ޮދށިމޭނާ ކިލެގެފާނުގެ

ޮބޑުވަޒީރުކަމުގެ ދުވަސްވަރު، އެ ކިލެގެފާނުގެ އަރިއަހަށް ވަޑައިގަތް ފުވައްމުލަކުގެ ޢިއްޒަތްތެރި ޮބޑަކާ މެދުގައި އެ ކިލެގެފާނު ކަންތައް ކުރެއްވި ޮގތުގެ ވާހަކައެވެ.

ފުވައްމުލަކުގެ ޢިއްޒަތްތެރިޔާ ތުރުކުރައްވައިގެން ހުންނެވީ ތާން ޖަހައި ހަރުޮކށްފައިވާ ޮބޑު ގިރުވާން އެޅި ލިބާސްޮކޅެކެވެ. އެ ހިނދު އިބްރާހީމް ޮދށިމޭނާ ކިލެގެފާނު

ވިދާޅުވިކަމަށް ވަނީ "އިބްރާހީމް ރަސްގެފާނުގެ ދަރިޮކޅުގެ ބޭފުޅަކަށް ޮބޑު ގިރުވާން ހުއްދައެއް ނުވާނެ" ކަމުގައެވެ. އަދި ޮދށިމޭނާ ކިލެގެފާނުގެ ޯނކަރަކަށް އަންގަވައިގެން ފެންކުރަޔަކާއި ޯލގަނޑު ގެންނަވައި، އެ ޢިއްޒަތްތެރިޔާގެ ގިރުވާނު ފުރަގަހަށް ދަމައި،

ފެން އަޅައި، ތާނުގެ ހަރުކަން ފިލުވުމަށްފަހު، ޮކނޑުފުޅުމަތީގައި ބޭއްވެވިކަމަށް ވެއެވެ. ޣިޔާޘުއްދީން ޝަހީދުޮކށްލުމަށް ފަހު ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ

ތަޢައްޞުބުގެ މިންވަރު ހުރި ވަރީ މިއީއެވެ. ޣިޔާޘުއްދީން ރަދުން ޝަހީދުޮކށްލުމަށްފަހު، އެ ރަދުންގެ ތުއްޕުޅު

ދަރިކަލުން ޕްރިންސް ޢަބްދުهللا )އެ މަނިކުފާނުގެ ނަންފުޅަކީ މުޙައްމަދު ކަމަށް ވެސް ބުނެވެއެވެ( ޤަތުލުކުރަން ވެސް ވެރިކަމުގެ ފަރާތުން އުޅުނެވެ. ނަމަވެސް އެ ބޭފުޅާ ބަލަހައްޓަން އުޅުނު ފުވައްމުލަކު އަންހެން މީހާ ޮރއިހޭރި އާދޭސް

ދެންނެވީމާ، ވެރިކަމުގެ ފަރާތުން އެ ކަނބުލޭގެއަށް އެންގެވީ ތުއްޕުޅު މަނިކުފާނު ޮގވައިގެން ފުވައްމުލަކަށް ދިޔުމަށެވެ. އެ މަނިކުފާނު ފުވައްމުލަކުގައި ޮބޑުފުޅުވެ، ޮދން ބަންޑާރައިންގެ ޙަސަން ނޫރުއްދީންގެ ޒަމާން އަންނަންދެން ފުވައްމުލަކުގައި

ހުންނެވިއެވެ. އެއަށްފަހު ޙަސަން ނޫރުއްދީން ރަދުން އެ މަނިކުފާނު މާލެ ގެންނަވައި، ފާމުދޭރި ކިލެގެކަން ދެއްވިކަމަށް ތާރީޚުގައި ބަޔާންކުރެވިފައި ވެއެވެ. މި ޕްރިންސް

ޢަބްދުهللا ފުވައްމުލަކުން ވަރަށް ގިނަ މީހުންނާ ކައިވަނި ބައްލަވައި، ރަށުގައި އޭނާގެ ދަރިފަސްޮކޅު ފެތުރުނެވެ. ފުވައްމުލަކުގައި މި ކިލެގެފާނު އުޅުއްވި ގަނޑުވަރަކީ ކަރައްޔެ ގަނޑުވަރެވެ. އެ ކިލެގެފާނުގެ ފިރިހެން ބޭބޭފުޅުން އުޅުއްވި ގޭގެއަށް

ވެސް މުޅީންވެސް ކިޔާފައި ވަނީ ގަނޑުވަރެވެ. އޭގެ ތެރޭގައި ފުނާޑު ގަނޑުވަރާއި، ދޫނޑިގަމު ގަނޑުވަރާއި ދަޑިމަގު ގަނޑުވަރު ހިމެނެއެވެ.

ސިއްކަގޭ މުހައްމަދު ނަސީމް

Page 22: Sun Magazine
Page 23: Sun Magazine

23

Page 24: Sun Magazine

24

ދެކުނު އޭޝިއާގެ 8 ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުން ނުވަތަ ސާކް ސަމިޓް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގައެވެ. މި ސަމިޓް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް

ބުނެވެނީ ރާއްޖޭގެ އެންމެ ދެކުނުގައި ޮއންނަ އައްޑު އަޮތޅުގައެވެ. އައްޑު އަޮތޅުގައި މި ސަމިޓް ބާއްވާނެ ކަމަށް ނުވަތަ

ބޭއްވޭނެ ކަމަށް ސަރުކާރުން ތަކުރާރުޮކށް ބުނަމުންދިޔަ ކަމަށް ވިއަސް މިއީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމާ މެދު ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި މި ސަމިޓް އެ އަޮތޅުގައި ބޭއްވުނަސް

ޚަރަދުގެ ޮގތުން ބަލާއިރު މިއީ މިފަދަ ދަނޑިވަޅެއްގައި އެންމެ އެކަށީގެންވާ ޮގތުގައި ކުރެވޭ ހޭދައަކަށް ނުވާނެ ކަމުގެ ފިކުރު ވެސް ވަރަށް ޮބޑެވެ.

އަހަރު ފެށިގެން އެއް މަސް ފާއިތުވެގެންދާ އިރު މި ސަމިޓަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދި ވެސް ޮއތީ ކުރަން ޖެހޭ ކަމެއްގެ ޮގތުގައެވެ. މި ސަމިޓަށްޓަކައި، ދެކުނު އޭޝިއާގައި ގާއިމުކުރެވޭ އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ޮކންވެންޝަން ސެންޓަރު

އައްޑު އަޮތޅު ހިތަދޫގައި ބިނާކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެކަމަށްޓަކައި ބިމެއް ވެސް ވަނީ ޚާއްސަ ކުރެވިފައެވެ. އެބިމުން އަދި

ފެންނަނީ ޯބ ޖަންގައްޔަކާއި ޗަސް ބިމެއްގެ އަސަރުތަކެވެ. ކިތަންމެ ޮބޑު ޚަރަދެއް ޮކށްގެން ވިއަސް ޮކންވެންޝަން

ސެންޓަރެއް ބިނާ ކުރެވިދާނެއެވެ. އެއީ ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. އެވަރުގެ ޮބޑު ހޭދައެއް ޮކށްގެން ޮކންވެންޝަން ސެންޓަރެއް އަޅައި

އެތަނުގައި ސަމިޓު ހުޅުވުމުގެ ޖަލްސާއާއި ނިންމުމުގެ ޖަލްސާ ބޭއްވިދާނެއެވެ. އެހިސާބުން ދެން އެސެންޓަރު ތަޅާލާނީ ބާވައެވެ؟ ނޫނެކެވެ. އެއީ ތަޅާލަން އަޅާ ތަނެއް ނޫނެވެ. އެކަމަކު ތިން ސަތޭކަ މިލިއަނެއްހާ ރުފިޔާގެ އަގު

ޮބޑު މި ސެންޓަރުން ދެން ކުރާނެ އެހެން ބޭނުމެއް އަދި ފެންނާކަށް ނެތެވެ. ރާއްޖޭގައި ޮބޑެތި އެއްވުންތައް ބާއްވަން ބޭނުންވާ ދޭސީންނާއި ބިދޭސީން

އައްޑު އަޮތޅަށް ޮގސް ކުލި ދީފައި މި ސެންޓަރުގެ ބޭނުން ހިފާނެ ދުވަހެއް އަދި ލަފާ ކުރާކަށް ވެސް ފަސޭހައެއް ނޫނެވެ. ބޭނުން ކުރިއަސް އަދި

ނުކުރިއަސް މިސެންޓަރު ބަލަހައްޓަން ޖެހޭނެއެވެ. އެކަމަށްޓަކައި މުވައްޒަފުން ވެސް ގެންގުޅެން ޖެހޭނެ އެވެ. މިއީ ހަމަ ހައްތާވެސް ޚަރަދެވެ.

ޮކންވެންޝަން ސެންޓަރު އަޅަން ހަމަޖައްސާފައިވާ ސަރަހައްދާ ޖެހިގެން އެ ޮއތީ ވަރަށް ކުރީއްސުރެ ރިހެބިލިޓޭޝަން ސެންޓަރެއް

އެޅުމަށްޓަކައި އުސްޮކށް ވަށާ ފާރު ރާނައި ވަކިޮކށްފައިވާ ބިމެކެވެ. އެފަދަ ތަނެއް އަދި ނޭޅިގެން އުޅެނީ އޭގެ ބޭނުން ކުރާނެ މީހުން މަދުވެގެންނެއް

ނޫނެވެ. ރިހެބެއްގެ މުހިންމުކަން ކުޑަ ވެގެންނެއް ވެސް ނޫނެވެ. ހަމަ ފައިސާ ނެތީއެވެ. މިފަދަ ހާލަތެއްގައި ދެކުނު އޭޝިއާގެ އެންމެ ފެންވަރު ރަނގަޅު ޮކންވެންޝަން ސެންޓަރު އެތަނާ ޖެހިގެން އަޅައި، އޭގެ ވަށައިގެން ގިރިޓީ އުރައެއް ލައްވައިގެން ތިބެ، ރިހެބުގެ އެތެރޭގައި ފަޅައި ހެދި ޯބވަމުންދާ

ާސކް ސަމިާޓއި އައްޑުއަތޮޅު

އިމާދު ލަތީދުފަންވަތް

ޖަންގައްޔަށް ބަލަން ތިބުމަކީ ވަރަށްވެސް ހެއްވާ ކަމަކަށް ވާނެއެވެ. ޮކންވެންޝަން ސެންޓަރެއް އެޅިއަސް އަދި ސަމިޓެއް

ނުބޭއްވޭނެއެވެ. ސަމިޓަށްޓަކައި އަޮތޅަށް ދާ އެންމެނަށް ތިބެވޭނެ ޮގތާއި ކެވޭނެ ޮބވޭނެ ޮގތް ވެސް ތަނަވަސްވާން ޖެހެއެވެ. ޝަންގްރިއްލާއާއި އަމާރީ

ހެރެތެރެ އެ އަޮތޅުގައި ޮއތުމުން އެއްފަހަރާ ބާރަސަތޭކައެއްހާ މީހުންނަށް މި ދެތަނުގައި ކައިގެން ޮބއެގެން ތިބެވިދާނެއެވެ. އެކަމަކު މި އެންމެން

ޮކންވެންޝަން ސެންޓަރަށް އައިސް ޮގސް ވާނީ ޮކން ޮގތަކަށް ބާވައެވެ؟ ދައްޗެއް ނެތި މިކަން ކުރެވޭ ވަރަށް ޯލންޗް ފަހަރާއި ހެލިޮކޕްޓަރު އެބަހުރި

ބާވައެވެ؟ މި ވަރުގެ ސަމިޓަކަށް އަންނަ ނޫސްވެރިން ބޭނުންކުރާނެ މީޑިއާ ސެންޓަރެއްގައި ހުންނަން ޖެހޭނެ ފެންވަރާ މެދު އެއްވެސް މީހަކު ޚިޔާލުޮކށްފައި ވޭ ބާވައެވެ؟ ވާދަވެރި ހަތުރުވެރި ގައުމުތަކެއްގެ ވެރިން

އެއްވާ ތަނެއްގައި ސަލާމަތީ ނިޒާމެއް ގާއިމު ކުރެވިފައި ހުންނަން ޖެހޭނެ މިންވަރާ މެދު ވިސްނާލެވިފައި ވޭ ބާވައެވެ؟

މިހިރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކަށް އެކަށޭނަ ޖަވާބު ލިބެމުން ނުދާތީއާއި، މަންޒަރުތައް އެނބުރެމުން ކުލަ

ބަދަލުވަމުންދާ ޮގތުން އިތުރު ވަހުމްތަކަށް ޖާގަ ލިބެއެވެ. ވެށިފަހި މާލޭގެ މަޝްރޫއަކުން ލިބޭނެ ޯގއްޗާއި ފްލެޓްގެ

އުއްމީދާއި ޮކއްލަވާނީގެ ހުވަފެންތަކަށް، ޮތއްޖެހިފައިވާ މާލޭގައި ދިރިއުޅޭ މީހުން ގެނބެމުންދަނީއެވެ. ރާއްޖޭގެ އެންމެ އުތުރުން

ކުޅުދުއްފުށީގެ ރައްޔިތުން އެދަނީ ކެބިނެޓްގެ ބައްދަލުވުމެއް އެރަށުގައި ބާއްވައި، ވެރިރަށެއްގެ އިހުސާސް ހިނދުޮކޅަކަށް ނަމަވެސް ކުރުމަށް

ތައްޔާރުވަމުންނެވެ. އެންމެ ދެކުނުން އައްޑު އަޮތޅުގެ ރައްޔިތުން ދެކެމުން އެދަނީ އެތައްސަތޭކަ މިލިއަން ރުފިޔާ އެ އަޮތޅުގެ ތެރެއަށް ހޭދަވެގެންދާނެ

ތާރީޚީ ސަމިޓެއްގެ ހުވަފެންތަކެވެ. ރާއްޖޭގެ އާބާދީގެ އެންމެ ޮބޑު ބައެއް ބެހިގެން ޮގސްފައި ވަނީ

މި ތިން ސަރަހައްދަށް ކަމުގައިވާތީ މިކަހަލަ ހުވަފެންތަކުން ސަރުކާރު ހިންގަން ތިބޭ ބަޔަކަށް ހާދަހާވާ ޮބޑު ލުޔެއް ލިބޭނެއެވެ. ޚާއްސަޮކށް އިންތިޚާބެއް ނަގައި ޯބމަތިވެފައި ޮއންނަ ދުވަސްވަރެއްގައި ސަރުކާރަށް

ލިބޭނެ މަންފާ ނުހަނު ޮބޑުވާނެއެވެ. އެއްބަހެވެ. ކުރަން އުޅޭ ބަޔަކަށް ކަންތައް ވާނެއެވެ.

ކުރެވޭނެއެވެ. އެކަމަކު ރައްޔިތުން ބޭނުންވަނީ ރިޯކޑްތަކެއް ގާއިމްކުރަން، ނުވަތަ ތާރީޚުގައި ލިޔަން ޖެހޭ ވަރުގެ އާ ކަންތަކެއް ކުރާތަން ދެކޭކަށެއް

ނޫނެވެ. ބޭނުން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒު ހިފެވޭ ކަންތައްތަކެވެ. އަސާސީ ބޭނުންތަކާއި އެއާ ގުޅިފައިވާ އެނޫންވެސް

ކަންތައްތަކެވެ. މިލިއަނުން މިލިއަނުން ޚަރަދު ކުރަން ޖެހެނީ މި ޒާތުގެ ކަންތައްތަކަށެވެ.

Page 25: Sun Magazine

25

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޤަދަރުވެރި ބައެކެވެ.

އެބޭފުޅުންނަށް ޙައްޤު އިޙްތިރާމް އާއި ރައްކާތެރިކަން ލިބިދޭންޖެހޭނެބައެކެވެ. ޤާނޫނުންނެވެ. ޤާނޫނު ނަގަހައްޓާ، ޤާނޫނު ތަންފީޒުކުރާ ފަރާތުުންނެވެ. އެބޭފުޅުން އެބައެއްގެ ޙައްޤު ރައްކާތެރިކުރުމަށާއި، އެބައެއްގެ މުސްތަޤްބަލް އުޖާލާކުރުމަށް

އެބޭފުޅުން އިންތިޚާބްޮކށްފައިވާ ރައްޔިތުންގެ ފަރާތުންނެވެ. ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްޞަ އިމްތިޔާޒްތަކެއް ދިނުމަށް ލާޒިމްޮކށްފައިވެއެވެ. އެބޭފުޅުންގެ ޤާނޫނީ ވާޖިބު

އަދާކުރެއްވުމުގައި ދިމާވެދާނެ ހުރަސްތައް ގިރާކުރެއްވުމަށެވެ. ބައެއްކަހަލަ މުހިއްމު ޯވޓަށް އެހޭވަގުތުގައި އެބޭފުޅުންނަށް އެފަދަ ޯވޓެއްގައި ބައިވެރިވެވަޑައިނުގެންނެވޭޮގ

ތަށް ބަންދެއްގައި ބެހެއްޓުމަކީވެސް ޤާނޫނުއަސާސީ ހުރަސްއަޅާކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޤަދަރުވެރިކަމާއިއެކު ޢިއްޒަތުގައި

އުޅުއްވޭނެ މިންވަރަށް މުސާރައާއި ޢިނާޔަތްތަށްވެސް ލިބިވަޑައިގަންނަވާންވާނެއެވެ. އެބޭފުޅުން ދަތުރުފަތުރުކުރެއްވުމަށް ކާރެއް ނުވަތަ ޯލންޗެއް އިންޯޕރޓްކުރައްވަން

ބޭނުންފުޅުވެއްޖެ ހިނދެއްގައި އެކަމުގެ މަގުވެސް ތަނަވަސްވެފައި ޮއންނަންވާނެއެވެ. އެފަދަ އެއްޗެތި އިންޯޕރޓްކުރުމަށް ނެގޭ ޑިއުޓި މަޢާފްކުރެވިގެންނެވެ.

އެހެންނަމަވެސް އެފަދަތަކެތި ބޭނުންކުރެވެންވާނީ އެބޭފުޅުންގެ އަމިއްލަފުޅު ބޭނުމަށެވެ. އެއްވެސް ވިޔަފާރިއަކާއި ގުޅިފައިވާ ބޭނުންފުޅަކަށެއް ނޫނެވެ.

އަޅުގަނޑުގެ ނަޒަަރުގައި މާލެއާއި ކައިރި އަޮތޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް

ދަތުރުފުޅުކުރެއްވުމަށް ޯލންޗެއްގެ ޚިދުމަތް ވަރަށްޮބޑަށް ބޭނުންފުޅުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލޭގައި ގެޮދރުނެތް މެންބަރުންނަށް

ގެޮދރުގެ އެލަވަންސް އެރުވުމަށްވެސް އަޅުގަނޑަށް ތާއީދުކުރެވެއެވެ. އަދި އެބޭފުޅުންނަށް ޮއފީސް އެލަވަންސް އެރުވުމަށްވެސް އަޅުގަނޑަށް ތާއީދުކުރެވެއެވެ. އެހެންނަމަވެސް އެބޭފުޅުން އެ ޚިދުމަތުގެ ބޭނުންކުރައްވާކަމުގެ ހެކިދެއްކެވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢާއިލާ އަށް މެޑިކަލް އިންޝުއަރެންސެއް ޮއތުމަކީވެސް މައްސަލައެއް ނޫނެވެ. މިފަދަކަންކަން ކުރެވެންވާނީ އެހެން ޤައުމުތަކުގައި ވެސް މިފަދަ ކަންތައްތައް ޮއންނަޮގތަށް ބެލެވިގެންނެވެ. އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް

ޕެންޝަން ލިބިވަޑައިގަތުމުގެ އުޞޫލެއްޮއތުމަކީވެސް މައްސަލައެއް ނޫނެވެ. ތެދުފުޅެކެވެ. ޕެންޝަންލިބޭ ޢާއްމު އުޞޫލާއި އެއާއި ވަރަށް ތަފާތުވާނެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޮހވެނީ ރައްޔިތުންގެ ތެރެއިން ޮބޑު ވާދަވެރި މާހައުލެއްގެ ތެރެއިންކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހެއެވެ.

މަޖީލީހުގެ މެންބަރުކަމުގައި ދިހަވަރަކަށް އަހަރު ހޭދަކުރެއްވުމުން، މެންބަރުކަމުން ވަކިވާދުވަހުންފެށިގެން ޕެންޝަންލިބިވަޑައިގަންނަވާޮގތަށް ޮއތުމަކީ

ރަގަޅުޮގތަކަށްވެދާނެއެވެ. ރާއްޖޭގެ މިހާެރުގެ މާހައުލުގައި މިއީ ގިނަބަޔަކަށް ޤަބޫލުނުކުރެވޭނެކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް މިއީ ޮކންމެވެސް ދުވަހަކުން

ހަމަޖެހޭނެކަމެއްކަން ޔަޤީނެވެ. ކުރިންދެންނެވުނު ޚިދުމަތްތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެރުވޭކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަފުޅު މިހާރަށްވުރެ ކުޑަވާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަފުޅު މިހާރު ޮއތް މިންވަރަށް ގެނެވިފައިވަނީ ކުރިންދެންނެވުނު ގިނަ ބައިތަށް ޝާމިލުވާޮގތަށެވެ.

ީސާނ އަހުމަދު ާޒހިރުސިކުނީޑގެ ތޫާފން

މިސާލަކަށް ދަންނަވާނަމަ ޮކމިޓީ އެލަވަންސާއި ޮއފީސް އެލަވަންސްފަދަ އެލަވަންސްތައް ޝާމިލުވެގެންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުސާރާގެޮގތުގައި ގެއަށް ގެންދަވަނީ ނިސްބަތުން ކުޑަ އެއްޗެކެވެ. އެހެންނަމަވެސް އެބޭފުޅުންނަށް ވަރަށްގިނަ އެލަވަންސްތައް ލިބިވަޑައިގަންނަވައެވެ. ލިބިވަޑައިގަންނަވާ

ހުރިހާ އެލަވަންސްތަކެއް ސީދާ މުސާރައިގެ ފައިސާ އަށް ބަދަލުކުރެވިއްޖެނަމަ ވަރަށްޮބޑު މުސާރައެއް ލިބިވަޑައިގަންނަވާކަމަށް ދައްކާނެއެވެ.

ރާއްޖެކަހަލަ އާބާދީ ކުޑަ ޤައުމެއްގެ ރައްޔިތުންގެމަޖިލީހުގައި 77 މެންބަރުން ތިއްބަވާ އިރުވެސް ރައްޔިތުންގެ މަޖިލީހުގެ ޯކރަމް ހަމަނުވެގެން މިހާެރުވެސް ބައެއް ޖަލްސާތައް ނުބޭއްވިއެބަދެއެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ޯކރަމް ނަގާލައިގެންނެއް

ނޫނެވެ. މެންބަރުން އެހެން ސަބަބުތަކާއި ހުރެ ޖަލްސާއަށް ޙާޒިރުނުވެގެންނެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެބަޔަކަށް ބެހެންވީއެވެ.

މެންބަރުން ޖަލްސާއަށް ޙާޒިރުވުމުން ލިބިވަޑައިގަންނަވާބަޔަކާއި، މެންބަރުންނަށް މަހެއްގެ މައްޗަށް ކަނޑައެޅިފައި ޮއންނަ މުސާރައެެކެވެ. މެންބަރަކު ޖަލްސާއެއްގައި ބައިވެރިވަޑައިގަތުމުން ލިބިވަޑައިގަންނަވަންޖެހޭ ފައިސާ ލިބިވަޑައިގަންނަަވަންވާނީ،

އެޖަލްސާއަކަށް ކަނޑައެޅިފައި ޮއންނަ ވަގުތުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ވަގުތު ޖަލްސާއެއްގައި އިންނެވުމުންނެވެ. ނުވަތަ އެވަގުތު ޮކމިޓީއެއްގައި އިންނެވުމުންނެވެ.

ހަމައެޮގތަށް ޮކމިޓީ އެލަވަންސް އެރުވެންވާނީ ޮކމިޓީއަށް ޙާޒިރުވާ ބޭފުޅުންނަށް ކުރިން ދެންނެވުނު އުޞޫލުންނެވެ. މިހެން މިދެންނެވީ ރާއްޖޭގެ މާޒީގެ ތަޖްރިބާއަށް

ބަލާލާއިރު އެއްވަގުތެއްގައި ދެތިން ޮކމިޓީ ހިނގަމުން ޮގސްފައިވަނިޮކށްވެސް އެޮކމިޓީގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުން އެއް ޮކމިޓީއަށްވުރެ ގިނަ ޮކމިޓީގެ

އެލަވަންސް ނަންގަވާފައިވާތީވެއެވެ. ޮކމިޓީގެ ޙާޒިރީއަށް ބަލައިގެން އެލަވަންސް ދެމުންޮގސްފައިވާތީވެއެވެ. ޙާޒިރީއާއި ގުޅުމެއްނެތި ޮކމިޓީ އެލަވަންސްދޫކުރެވޭނަމަ، އެ

އެލަވަންސް، އެނަމުގައި، ޙައްޤުނޫން ވަރަށް ގިނަފަރާތްތަކަށްވެސް ލިބެމުންދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޮއންނަ އިމްތިޔާޒަކީ އެބޭފުޅުންގެ ވާޖިބު

އަދާކުރެއްވުމަށް ޮއންނަ އިމްތިޔާޒެކެވެ. އެބޭފުޅުންގެ ޤާނޫނީ މަސައްކަތުން ބޭރުގައި ކުރައްވާ ކަންތައްތަކުގައި އެބޭފުޅުންނާއި މެދުވެސް ކަންތައްކުރެވެންވާނީ ރާއްޖޭގެ އެހެން ރައްޔިތުންނާއި މެދުވެސް ކަންތައް ކުރެވޭޮގތަށެވެ. އެއިންބޭފުޅަކު ޖިނާއީ

ކުށެއްކުރެއްވިކަމަށްވާނަމަ ތަޙްޤީޤުވެސް ކުރެވެންވާނެއެވެ. ޝަރީޢަތަށްޮފނުވޭ ވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާނަމަ ޝަރީޢަތަށްވެސް ޮފނުވެންވާނެއެވެ. އެހެންނަމަވެސް

އެބޭފުޅުން ބަންދުކުރެވޭނަމަ ނުވަތަ ތަޙްޤީޤަށް ގެންދެވޭނަމަ އެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެންގެންވާނެއެވެ. ހަމައެޮގތަށް މީހުންގެ އަބުރަށް އަރައިގަންނަ

ޮގތަށް މަޖިލީހުގެ ބޭރުގައްޔާއި މަޖިލީހުގެތެރޭގައި، ހުށައެޅިފައިވާ މައްސަލައަކާއި އެއްވެސް ގުޅުމެއްނެތި އަބުރާބެހެވޭޮގތަށް ވާހަކަދެކެވޭނަމަ އެކަމަކާއިގުޅިގެން

ފިޔަވަޅު އަޅަންބޭނުންވާ ބަޔަކަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ޮއންނަންވާނެއެވެ. ޤާނޫނުއަސާސީންނާއި ޤާނޫނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒާއި ޙިމާޔަތްދީފައިވަނީ އެބޭފުޅުންގެ ޤާނޫނީ ވާޖިބް އަދާކުރެއްވުމުގައެވެ. ޕާރލަމެންޓްރީ ޑެޮމކްރަސީގެ ނަމޫނާއަކަށް ބެލެވޭ އިނގިރޭސިވިލާތުންވެސް ދާދިފަހުން އެކަމުގެ

ހެކިފެނިގެން ހިނގައްޖެއެވެ. ރައްޔިތުންގެ މަޖިލީހުންދޭ އެލަވަންސެއް ނުބައި މައުލޫމާތު ދީގެން ޯހއްދެވިކަން ސާބިތުވެގެން 5 އަހަރުދުވަހުގެ މުއްދަަތަށް މެންބަރަކު ޖަލަށްލުމަށް

ޙުކުމްކުރެވިގެންނެވެ.

Page 26: Sun Magazine

26

ލޯބި56 ވަނަ ފިލްމްފެއަރ އެޯވރޑް ޙަފުލާ މި

މަހުގެ 29 ވާ ޮހނިހިރު ދުވަހު ޮއންނާނެއެވެ. މުމްބާއީގެ ޔަޝް ރާޖް ފިލްމްސް ސްޓޫޑިޯއގައި ބާއްވަން ހަމަޖެހިފައިވާ

މި ޙަފުލާ ހުށަހަޅައިދޭނީ ރަންބީރު ކަޕޫރާއި އިމްރާން ޚާނެވެ. މި ފަހަރުގެ އެޯވރޑް ދިނުމުގެ ހަފުލާ ކައިރިވެގެން އަންނަ އިރު ޮބލީވުޑު ޚަބަރުތަކުގެ ސުރުޚީއަށް އަރާފައިވާ

އެއް ވާހަކައަކީ އެޯވރޑާއެކު ދެވޭ ޓްޮރފީގެ ބައްޓަމާއި ސިފަ އެންމެ ފުރަތަމަ ފިލްމްފެއަރ އެޯވރޑް ދެވުނު އިރު ދެވުނު ޓްޮރފީގެ ބައްޓަމާއި ސިފައަށް ބަދަލުކުރެވިފައިވާ ވާހަކައެވެ.

މި ފަހަރުގެ ޮނމިނޭޝަންތައް އިއުލާންކުރުމަށްޓަކައި ދާދި ފަހުން ޖޭޑަބްލިޔު މެރިޮއޓް

ޮހޓަލުގައި ހާއްސަ ހަފުލާއެއް ބޭއްވިފައި ވެއެވެ. ޝާހުރުކު ހާނާއި އައިޝްވާރިޔާ ރާއީއާއި މަޯނޖް ބަޖްޕާއީއާއި ޮރނިތު ޯރއި އާއި އަރުބާޒު ހާނާއި ޕްރާޗީ ދެސާއީ ފަދަ އެތައް

ތަރީންނެއްގެ ހަރަކާތްތަކުން ފަޅުފިލި މި ހަފުލާގައި ޮނމިނޭޝަންތައް އިއުލާންކުރުމަށްފަހު މިހާރުވެސް ބެލެވެނީ އަންނަ ޮހނިހިރު ދުވަހު ބޭއްވޭ ހަފުލާގައި އެންމެ ވިދުން ގަދަވާނީ ދެ ހާނުން ކަމުގައެވެ. އާމިރު ހާނާއި ޝާހުރުކު

Page 27: Sun Magazine

27

ހާނާ ދެ މީހުންގެ ހަފުލާއަކަށް މި ހަފުލާވެގެން ދާނެ ކަމަށް ގިނަ ބަޔަކު ބުނާ އިރު، އެންމެ ޮބޑު މައްސަލައަކީ މި ދެމީހުން

މިހާރު ވެސް އެކަކު އަނެކަކާ އަނގައިން ނުބުނާ ކަމެވެ.މި ދިޔަ އަހަރުގެ ފިލްމުތަކަށް ބަލާއިރު،

ޮނމިނޭޝަންތަކުގައި އެންމެ ފާހަގަޮކށްލެވިގެން ދިޔައީ ޝާހުރުކުގެ "މައި ނޭމް އިޒް ހާން" އާއި ސަލްމާން ހާނުގެ "ދަބަންގް" އެވެ. މި ދެ ފިލްމުވެސް އެތައް ކެޓަގަރީއަކުން އެޯވރޑަށް

ޮނމިނޭޓުވެފައި ވެއެވެ. ޮނމިނޭޝަންތަކާއެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އިވެން ފަށާފައެވެ. މި ފަހަރަކީ ވެސް މީގެ ކުރީގެ ފަހަރުތަކެކޭ އެއްފަދައިން ޮބޑެތި ސްޓޫޑިޯއތަކުން ހަދައި، މަޝްހޫރު ސުޕަރސްޓާރުން ކުޅެފައިވާ ފިލްމުތަކަށް އެޯވރޑްތައް

ދެވޭނޭ ފަހަރެއް ކަމަށާއި، ފަންނީ ޮގތުން ފާހަގަޮކށްލެވޭ މަސައްކަތްތަކަށް ހައްގު ތާރީފެއް ލިބޭނޭ ފަހަރެއް ނޫން ކަމަށް އެފަދަ މީހުން ބުނެއެވެ. އެޮގތުން މި ދިޔަ އަހަރު ނިކުތް ޮމޅު ފިލްމުތައް ކަމަށް ވާ "ލަވް ސެކްސް އައުރް ޯދކާ" އާއި، "ޯދ ޯދނީ ޗާރް" އާއި "ފާސް ގައޭ ރޭ ޮއބާމާ" ފިލްމުތައް ވަނީ ގާތްގަނޑަކަށް މުޅީން ހަނދާންނައްތާލެވިފައެވެ. ހަމައެއާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާ އެއް ކަމަކީ ޮގލް މާލް 3 އިން އެއްވަނަ އެކްޓްރެސްގެ މަގާމަށް ކަރީނާ ކަޕޫރު ޮނމިނޭޓުވެފައި ވުމެވެ. އެޯވރޑަށް ޮނމިނޭޓުވާ ވަރުގެ

އެކްޓިންގއެއް ކަރީނާއަށް ދެއްކިފައި ނުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ތިރީގައި މި ވަނީ ބައެއް ކެޓަގަރީތަކުން ޮނމިނޭޝަންތަކެވެ.

އެއްވަނަ ފިލްމު – ބޭންޑް ބާޖާ ބާރާތު، ދަބަންގް، މައި ނޭމް އިޒް ޚާން، ޕީޕްލީ ލައިވް، އުޅާން

އެއްވަނަ ޑައިރެކްޓަރ – އަބީނާވް ކަޝްޔަޕް )ދަބަންގް(، ކަރަން ޯޖހަރު )މައި ނޭމް އިޒް ޚާން(، މަނީޝް ޝަރުމާ )ބޭންޑް ބާޖާ ބާރާތު(، ސަންޖޭ ލީލާ ބާންސާލީ )ގުޒާރިޝް(، ވިކްރަމަދިތުޔާ

ޮމޓްވާން )އުޅާން(އެއްވަނަ އެކްޓަރ – އަޖޭ ދޭވްގަން )ވަންސް އަޯޕން އަ ޓައިމް އިން މުމްބާއީ(، ރިތިކް ޯރޝަން )ގުޒާރިޝް(، ސަލްމާން ޚާން )ދަބަންގް(، ޝާހުރުކް ޚާން )މައި ނޭމް އިޒް ޚާން(، ރަންބީރު

ކަޕޫރް )ރާޖްނީތީ( އެއްވަނަ އެކްޓްރެސް – އައިޝްވާރިޔާ ރާއީ )ގުޒާރިޝް(،

އަނޫޝްކާ ޝަރްމާ )ބޭންޑް ބާޖާ ބާރާތު(، ކާޖަލް )މައި ނޭމް އިޒް ޚާން(، ކަރީނާ ކަޕޫރް )ޮގލްމާލް 3(، ވިދްޔާ ބާލަން

)އިޝްކިޔާ( އެންމެ ޮމޅު މިޔުޒިކް – ޕްރީތަމް ޗަކްރަބަރތީ )ވަންސް އަޯޕން

އަ ޓައިމް އިން މުމްބާއީ(، ސާޖިދު ވާޖިދު ލަލިތު ޕަންޑިތު )ދަބަންގް(، ޝަންކަރް އެހެސާން ޯލއީ )މައި ނޭމް އިޒް ޚާން(،

ވިޝާލް ޝޭކަރް )އަންޖާނާ އަންޖާނީ(، ވިޝާލް ބަރްދްވާޖް )އިޝްކިޔާ(

Page 28: Sun Magazine

28

ހިނގަމުން މިދާ އަހަރުގެ ފުޓުޯބޅަ ސީޒަނަށް ބަލާއިރު އެންމެ ޮބޑަށް ފާހަގަކުރެވެނީ އިނގިރޭސި ލީގެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި އަގުޮބޑު ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިއަކު ފީފާ ޯއލް ސްޓާރ ޓީމުގައި

ނުހިމެނެއެވެ. އަދި އެ ލީގުގެ ގިނަ ތަރިންނަށް މިއީ ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ ސީޒަނެކެވެ.

މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ލިވަރޕޫލްގެ ކެޕްޓަން ސްޓީވެން ޖެރާޑާއި ޯފވަޑް ފެނާންޯޑ ޮޓރޭޒާއި، އާސެނަލްގެ ކެޕްޓަން ސެސްކް ފަބްރެގާސް އާއި، ޗެލްސީގެ ޯފވަޑް ޑިޑިއޭ ޑްޮރގްބާއަށް ވަނީ އެ މީހުންގެ

އަސްލު ކުޅުމާ ގާތަށް ވެސް ކުޅެވޭޮގތް ނުވެފައެވެ. މި ކުޅުންތެރިންގެ ޯފމު ގެއްލިދިއުމުގައި ތިން ސަބަބެެއް ވެއެވެ. އެއް ކަމަކީ ޯވލްޑް ކަޕުގެ ސަބަބުން

ކުޅުންތެރިންނަށް އަރާމު ކުރަން ލިބުނު ވަގުތު މަދުވުމެވެ. އަނެއް ކަމަކީ ކުޅުންތެރިންގެ ޕްރީސީޒަން ޯގސްވުމެވެ. އެންމެ ފަހު ކަމަކީ އެ ކުޅުންތެރީން ހިމެނޭ ޓީމުތަކުގެ އެހެން ކުޅުންތެރިން ދައްކާ ކުޅުން ވެސް ޯގސްވެ ޓީމުގެ

ނަތީޖާތައް ދަށްވެ މާޔޫސްވުމެވެ.ނަމަވެސް މި ސުޕަރސްޓާރުންގެ ވިދުވަރު ހައި އަލިގަދަ

ނުވި ނަމަވެސް، އާ އަދި ޒުވާން އެހެން ބައެއް ކުޅުންތެރިން ދަނީ ގިނަގުނަ ކުރިއެރުންތަކެއް ޯހދަމުންނެވެ. މިސާލެއްގެ ޮގތުން އަޅުގަނޑު ނަގާނެ އެއް

ކުޅުންތެރިއަކީ އެންޑީ ކެޯރލްއެވެ. ނިއު ކާސަލްގެ ޒުވާން ޯފވަޑް އެންޑީ ވަނީ ގިނަ އަދަދެއްގެ ޯގލުތަކެއް ޖަހައި، އިނގިރޭސި ގައުމީ ޓީމުން ވެސް ޖާގަ ޯހދައިފައެވެ. އޭނާ ފާހަގަ ޮކށްލަން ޖެހޭ އެހެން ސަބަބުތަކަކީ ޯބޅައާއެކު

ހާސްކަމެއް ނެތި އޭނާ ހަރަކާތްކުރާލެއް ފުރިހަމަވުމާއި، ދަނޑުމަތީގެ ޮކންމެ ހިސާބެއްގައި ވެސް ނުރައްކާ ކުޅުންތެރިއަކަށް އޭނާ ވުމެވެ. މިހެންވެ އޭނާ

ގަތުމަށް ނިއު ކާސްލް އިން ހޭދަކުރި ފަސްލައްކަ ޕައުންޑަކީ އަގުހުރި އެއްޗަކަށް ވަނީ ވެފައެވެ.

ޮޓޓްންހަމް ޮހޓްސްޕަރސްގެ ގަރެތު ބޭލް އާއި، އާރސެނަލްގެ ސަމީރު ނަސްރީ އަކީ ޮކންމެހެން ފާހަގަ ކުރަން ޖެހޭ ދެ ކުޅުންތެރިންނެވެ. ބޭލް ފާހަގަ ކުރެވެނީ މުހިންމު ވަގުތުތަކުގައި އާދަޔާ ހިލާފަށް ޮމޅަށް ކުޅޭ ކުޅުންތެރިއެެއްގެ

ޮގތުގައެވެ. ނަސްރީ ފާހަގަ ކުރެވެނީ ހުރިހާ މެޗެއްގައި އެއް ފެންވަރަކަށް ކުޅޭތީއެވެ. މިހެންވެ ތަޖުރިބާކާރުން ފާހަގަކުރަނީ އެރިކް ކެންޮޓނާ އާއި ތިއެރީ ޮއންރީ ފަދަ ކުޅުންތެރިންގެ ސަފުން ބޭލް އާއި ނަސްރީ ކުރިމަގުގައި ޖާގަ

އަބްދުهللا އަޒްީމން

އިނގިރޭސި ީލގްގައި ސުޕަ ސްާޓރުންގެ ވިދުވަރު ފަނޑުވެފައި

Page 29: Sun Magazine

ޯހދާނެ ކަމަށެވެ.އިނގިރޭސި ލީގަށް އަލަށް ގެނައި

ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ޮކށްލެވޭ ކުޅުންތެރިއަކީ ޮޓޓްންހަމްގެ ރަފައެލް ވެންޑަރވާރޓެވެ.

ނީލަމުގައި ވިއްކާލި ކުޅުންތެރިޔާ ވަނީ އޭނާއަށް ޮޓޓްންހަމުން ހޭދަކުރި 28 މިލިއަން ޕައުންޑާއި،

ހަފުތާއަކު އެކުލަބުން އޭނާއަށް ދެމުން އަންނަ 000،185 ޕައުންޑަކީ މާޮބޑަށް ވެސް ރަނގަޅު ހޭދައެއްކަން

ސާބިތުޮކށްދީފައެވެ. ނަމަވެސް ލީގަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން މެންޗެސްޓާ ސިޓީގެ ޔާޔާ ޯޓރޭ

ގުނަމުންދަނީ ހިތްފަސޭހަ ދުވަސްތަކެއް ނޫނެވެ. ތައްޓަށް ވާދަ ކުރާ ޓީމުތަކަށް ގެނައި އާ ޯފވަޑުންނަށް ބަލާއިރު، އާސެނަލްގެ މަރުވާން

ޝަމަޚް މިހާތަނަށް ޖެހީ އެންމެ ހަތް ޯގލެވެ. ކުރީން ފަރަންސޭސި ވިލާތުގެ ޯބރޯޑއަށް ކުޅުނު، ޮމޮރޯކގެ

މި ކުޅުންތެރިޔާގެ އަމާޒަކީ މި ސީޒަނުގައި 30 ޯގލު ޖެހުމެވެ. އޭނާ މިހާތަނަށް ޖެހި ހަތްޯގލަކީ ތިއެރީ ޮއންރީ

ފަދަ ކުޅުންތެރިންނަށް ވެސް އާސެނަލްގައި ހޭދަކުރި ފުރަތަމަ އަހަރު ހަމަކުރެވުނު އަދަދު ކަމަށް ވާތީވެ،

ޝަމަޚްގެ ކުރިމަގު ބަނަ ނޫން ކަމަށް ބުނެވޭނެ ޖާގަ އެބަޮއތެވެ.

ޮބޑެތި ޓީމުތަކާ ހިލާފަށް އާދައިގެ ޓީމުތަކުން މަޝްހޫރުކަން ޯހދަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި

ނިއު ކާސްލްގެ ޝެއިޚް އިސްމާއީލް ޓިޯއޓީ އާއި ވެސްޓްބްޮރމްވިޗް އަލްބިއަންގެ ޮސމެން ޯޗޔީ ހިމެނެއެވެ.

މީގެ ތެރެއިން އިސްމާއީލް ޓިޯއޓީއަކީ އައިވަރީ ޯކސްޓްގެ ޑިފެންސިވް މިޑްފީލްޑަރެކެވެ. ނިއު ކާސަލަށް އެންމެ ފުރަތަމަ ކުޅުނު މެޗުގައި ވެސް ޓިޯއޓީ ވަނީ އެވަރޓަންގެ ވަރުގަދަ ޓީމާ ދެޮކޅަށް ކުޅެ އޭނާ ކުރި 44 ޕާސް ފުރިހަމަޮކށް، އާދަޔާ ޚިލާފު ޮމޅު ކުޅުމެއް

ދައްކައިފައެވެ. ކެމަރޫންގެ ޮސމެން ޯޗޔީ ވެސްޓްބްޮރމްވިޗް ގައި ދައްކަމުންދާ ކުޅުން ވެސް ވަކި ދެރައެއް

ނޫނެވެ. މި ކުޅުންތެރިޔާގެ ވަރުގަދަ ޓެކްލްތަކާއި، މެދުތެރެ ބަލަހައްޓާލެއް ޮމޅުކަމުން ގިނަ ބަޔަކު އޭނާ

ސިފަކުރަނީ ޗެލްސީގެ މައިކަލް އެސިއެންގެ ޮގތުގައެވެ. ޮސމެން އެންމެ ޮބޑަށް ފާހަގަކުރެވުނީ މެންޗެސްޓާ ޔުނައިޓެޑާ ދެޮކޅަށް ޯގލު ޖެހުމުންނެވެ. އެ ޯގލާއެކު އޭނާ މިސީޒަނުގައި ޖެހި ޯގލުގެ އަދަދު ހަތަރަކަށް

އެރުމުން، މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ޯގލާ އެންމެ ރައްޓެހި، އަދި ނުރައްކާތެރި މީހެއްގެ ޮގތުގައި

ތަޖުރިބާކާރުން ވަނީ އޭނާ ބަލައިގެންފައެވެ.ޮކންމެއަކަސް، އަގުޮބޑު އަދި ކުލަބުތަކުން

އެ ކުޅުންތެރީންނަށް ޮބޑެތި ހޭދަތައް ކުރަމުންދާ ކުޅުންތެރިންނަށް އަމާޒުވާ ފާޑުކިއުންތައް ވެސް މިހާރު ވަނީ ވަކީން ޮބޑަށް އިތުރުވާން ފަށައިފައެވެ. ފެށިގެން މިދާ އަހަރުގައި ޮބޑު މުސާރަ ލިބޭ ސުޕަރސްޓާރުން

ޮމޅަށް ކުޅެ ޯގލު ނުޖަހާނަމަ، އެ "ތަރިތައް" ފަނޑުޮކށްލާނެ ފަދަ ވިދުވަރެއް އާދައިގެ ކުޅުންތެރީންގެ ފަރާތުން ފެނިގެން ދިޔުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ.

Page 30: Sun Magazine

ބޭރުގައި އުޅެފައި ޝިނާނަށް ގެއަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހާ ޮބޑުވެފަ އެވެ. މިހާރު ޝިމްލާ އިންނާނީ އޭނާގެ

އިންތިޒާރުގަ އެވެ. "ޒިންދަގީ ރެސްޯޓރެންޓު"ގެ މަތީ ފަންގި ފިލާގަ އެވެ. ޝިނާނު އައި މަގުމަތީގައި ޝިމްލާއަށް ގުޅާފައި އެތަނަށް ދިޔުމަށް ވަނީ އެދިފަ އެވެ. ޝިނާން ގެއަށް އައީ ހަމަ އެންމެ ބޭނުމަކު އެވެ. އެއްޗެހި ބަދަލުޮކށްލާށެވެ. ކުޑަޮކށް ތާޒާ ވެލާށެވެ. މިއަދު މާބުރަޮކށް އުޅެން ޖެހުނު ދުވަހަކަށް ވާތީ އެވެ. ޝިމްލާގެ ވެޑިން ޑްރެސްއާއި ޕާޓީގެ ދަޢުވަތު ކާޑު

ހެދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުންނެވެ.ޖީބުން ތަޅުދަނޑި ނަގާ ތަޅަށް ޖަހައިލުމަށްފަހު އަނބުރައިލި އެވެ.

ޮދރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ގޭތެރެއަށް ސީދާޮކށްލެވުނު ފުރަތަމަ ނަޒަރާއެކު ޝިނާނަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެޯލ ޮބޑުވި އެވެ. މޭ

ތެޅިގަތެވެ. ފިޔަވަޅަށް ހުއްޓުން އެރި އެވެ. ކަޅި ހުއްޓުނެވެ. މޭޒުމަތީގައި ޮއތް ކަރުދާސްގަނޑާ ދިމާއަށެވެ. އެއީ ހަމަ އޭގެ ކަރުދާހެކެވެ. އެ ކުލައެވެ. އެ

ވައްތަރެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ ކަރުދާސްގަނޑަށް ބަލަން އެތައް އިރަކު ޝިނާނަށް ހުރެވުނެވެ.

އޭނާގެ ދެފަޔަށް މަޑުމަޑު ހަރާކާތެއް އަތުވެއްޖެ އެވެ. ކުރިއަށް ފިޔަވަޅެއް އެޅިއްޖެ އެވެ. ތެޅި ތެޅި ޮއތް ހިތާއެކު ޮގސް އެކަރުދާސްގަނޑު ނެގި އެވެ. ކަރުދާސްގަނޑު ޮއތީ ތިންފަށަށް ފަތް ޖަހާލާފަ އެވެ. އެއީ މީގެކުރިން ފެނުނު އެފަދަ ކަރުދާސްތައް ވެސް ހުރިޮގތެވެ. ޝިނާން މަޑުމަޑުން އެކަރުދާސްގަނޑު

ނިއުޅައިލި އެވެ. ފެނުނީ ހަމަ ކުރީގެ ވެސް ލިޔުމެވެ. އެ ރަތް ދެއްޔެވެ. ލިޔެފައިވާ ތިންޮފޅުވަތް ކިޔައިލެވުނުއިރު، އޭނާ ވަނީ ދާހިއްލާ ޯފވެފައެވެ.

ބިމުގައި ދެފައި ހަރުލަނީވެސް ކިރިޔާ އެވެ. ޝިނާން ހުރީ އަދިވެސް އެކަރުދާސްގަނޑަށް ނަޒަރު

ހުއްޓާލައިގެންނެވެ. އޭނާގެ ދެއަތް ތުރުތުރުއަޅަމުން ދިޔަ މިންވަރު އޭނާއަކަށް އިހުސާސް ކުރެވޭހެނެއް ހިއެއް ނުވެއެވެ. އޭރު އޭނާގެ ކުރިމަތީގައި

ސިފަވަމުން، ކުލަޖެހެމުން ދިޔައީ އޭނާގެ މާޒީއާ ގުޅިފައިވާ ހިތި، ހަނދާންތަކެވެ. އެތައް ހާސް އަހަރަކު ދުނިޔޭގައި ހުންނަން ޖެހުނަސް ހަނދާނުން ޮފހެވިގެން

ނުދާނެ ބިރުވެރި މަންޒަރުތަކެވެ. ފާއިތުވި ދެއަހަރެއްހާ ދުވަހަކީ ޝިނާންގެ ހަޔާތް އެފުށް މިފުށަށް

ޖަހައިލި ދެއަހަރެއްހާ ދުވަހެވެ. އޭރު އޭނާ އަކީ ޯބ ފިކުރެއް، ޚިޔާލެއް ނެތި ، ތަނަވަސްކަމާއެކު އުފަލުގައި އުޅެމުން އައިސްފައިވާ ޒުވާނެކެވެ.

ރަނގަޅު ނަތީޖާއަކާއެކު ސްކޫލް ނިންމާލުމަށްފަހު، ޝިނާން ޮއފީހަކަށް ވަނީ ފަހަރެއްގައިވެސް ފައިސާގެ ދަތިކަން އިޙުސާސް ކުރެވޭތީއެއް ނޫނެވެ. ހަރުދަނާ ދިރިއުޅުމެއް އުޅެވޭނީ އަމިއްލައަށް މަސައްކަތް ޮކށްގެންކަން ވިސްނިފައި ވާތީ

އެވެ. ޝިނާން ވަޒީފާ އަދާކުރަނީ ސަރުކާރުގެ ޒިންމާ ޮބޑު ޮއފީހެއްގަ

އެވެ. އޭނާއަށް ބައްޕަގެ ވިޔަފާރީގެ ތެރޭގައި ވެސް އުޅެވެން ޮއތެވެ. އެހެނަސް އޭނާގެ ޚިޔާލާއި ފިކުރު ހުރީ ޢާންމު ވިސްނުމާ އެއްޮގތަކަށް ނޫނެވެ. މައިން ބަފައިންގެ މުދާވެރިކަމުގެ ތެރެއަށްވަދެ އެއިން ނަފާ ޯހދާ ޚިޔާލެއް އޭނާގެ

ކިބަޔަކު ނެތެވެ. އޭނާ ބޭނުންވަނީ އަމިއްލައަށް މަސައްކަތް ކުރާށެވެ. އަމިއްލަ މަސައްކަތުން ފައިސާ އެއްޮކށްގެން މުއްސަންޖަކަށް ވާށެވެ. ބައްޕަގެ

ނުރުހުމާއެކުގައި ނަމަވެސް އޭނާ ވަޒީފާ އަކަށް ވަން ސަބަބަކީ އެއީ އެވެ.އެއީ ޝިނާން ޮއފީހަށް ދާންފެށިތާ ބަރާބަރު ތިންމަސް ފުރުނު ދުވަހެވެ. އެހެނަސް އެދުވަސް ޝިނާނަށް ޚާއްސަވީ ޮކންމެހެން އެކަމާ ގުޅިގެނެއް

ނޫނެވެ. އެއަށްވުރެ މާ ޚާއްޞަ ސަބަބަކާ ހުރެއެވެ. ޮއފީހަށް ދިޔަ މަގުމަތީގައި ދިމާވި ކަމަކާ ގުޅިގެންނެވެ. އެއީ އެކްސިޑެންޓެކެވެ. އެހެނަސް ތަފާތު

އެކްސިޑެންޓެކެވެ. މަގުމަތީގައި މި ހިނގާ ކަހަލަ ބިރުވެރި، ނުރައްކާތެރި އެކްސިޑެންޓެއް ނޫނެވެ. ޝިނާން އައީ ސައިކަލްގަ އެވެ. ދުއްވާފައި އައީ

ހުއްދަކުރެވިފައިވާ ފަޅިންނެވެ. މާ ބާރު ދުވެއްޔެއްގައެއްވެސް ނޫނެވެ. އައި ނައި ދިމާއެއް ނޭނގި ފެނުނީ ކުއްލިއަކަށް އައިސް ކުރިމައްޗަށް

އެރިތަނެވެ. ހެސްކިޔާފައި ދެ ބުރަތްކަށް އެއްފަހަރާ ފިތާލެވުނުކަން އެއީ އެ ދުވަހުގެ ނަޞީބެވެ. އެހެންނޫންނަމަ އެއްވެސް ޝައްކެތް ނެތެވެ. އެ ފަރި

ލޫޅާފަތި ހަށިގަނޑު ޮއންނާނީ ޝިނާންގެ ސައިކަލުގެ އަނިޔާވެރި ފުޮރޅުތަކުގެ ދަށުވެ ޒަޚަމްވެފަ އެވެ. އޭނާ ހުރީ ރަކިވެފަ އެވެ. ލަދުން އެ ޮދން މޫނު ވަނީ

30

މަރުގެ އިންާޒރުމުހައްމަދު ާގސިމް، އއ. މަތިވެރި

Page 31: Sun Magazine

31

ރަތްވެފަ އެވެ. އަމިއްލަ ކުށް ގަބޫލުކުރީ އެއްވެސް ޝަކުވާއެއް ނެތި އެވެ. ދެން އެހެން ނޫނަސް ކުރެވޭނީ ވެސް ޮކން ޝަކުވާއެއް ހެއްޔެވެ؟

"ޮސރީ." އޭނާ ހުރީ ދެއަތް ދެއަތާ ފިތަފިތަ އެވެ. މަގުހިނގާ މީހުންގެ ކަޅިތަކުން އޭނާގެ އެ ފަރި ހަށިގަނޑު ޮތރުފަމުން ގެންދާ ކަހަލަ

އެވެ."އިޓްސް ޯއކޭ." މައާފަށް އެދުނުކަން އެއީ އޭނާގެ ކިބައިގައި

ހުރި މާތް ސިފައެއްކަމަށް ޝިނާނަށް ޖެހުނީ ގަބޫލުކުރާށެވެ. އެއީ އުމުރުން ޯސޅަ ސަތާރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. ޮބޑުވަރަކަށް

ވެސް ވާނީ އަށާރަވަރަކަށް އަހަރެވެ. ނަން އަހާ ނުލެވުނު ޮމޔަ ފަހުން ހީވި އެވެ. އެހެންނަމަވެސް މަގުމެދުން ބައްދަލުވި ބައްދަލުވުން އެދުވަހު ނިމިގެން ދިޔައީ ޝިނާނުގެ އަރުގައި އުފާވެރިކަމުގެ ޮފނި ރަހަ ކިތަންމެ ރަނގަޅަކަށް ވެސް ލައްވާލާފަ އެވެ. ޝިނާނަށް ލިބިފައިވަނީ އަޖައިބެއްފަދަ އުފަލެކެވެ. ހީވީ އެތައް ޒަމާނެއް ވާނަދެން ކުރަން ހިތު

އަޅައިގެން އުޅުނު ކަމެއް ހާސިލުވިހެންނެވެ. ޖެހިގެން އައި ދުވަހު ޝިނާނަށް އޭނާ ފެނުނީ ގޭ ޮދރުމަތީގައި ހުއްޓައެވެ. ޝިނާން ފެނުމާއެކު އޭނާ ހިނިތުންވެލި އެވެ. އަތް ހޫރައިލި

އެވެ. ހީވީ މާކުރިން އެކަމަށް ތައްޔާރުވެގެން ނިކުމެ ހުރިހެންނެވެ. ޝިނާނަށް ލިބުނީ ވަރަށް ޮބޑު އުފަލެކެވެ. ވަގުތުން ސައިކަލުގެ

ދެބުރެތްކަށް އެއްފަހަރާ ހިފައިލެވުނެވެ. ސައިކަލު މަގުމަތީގައި ތަތްވި ކަހަލައެވެ. އޭރު އެކުއްޖާއާ ޝިނާނާ ދެމެދުގައި ހައެއްކަ ފޫޓުވެސް

ނުހުންނާނެ އެވެ. ސައިކަލު މަޑުޮކށްލުމާއެކު އެކުއްޖާ ޝިނާނު ގާތަށް އަތުވެއްޖެ

އެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވީހެންނެވެ. "ކުރީދުވަހު ދިމާވި ކަންތަކާ އަދިވެސް އަހަރެން ވަރަށް ދެރަވެ

ހިތާމަކުރަން. އެއީ އަހަރެން ގަސްދުގައި ކުރިކަމެއް ނޫން!" އަންހެން ކުއްޖާ ދެރަވެފައި ހުރެ ބުންޏެވެ.

"ދެން އެކަމާ އަޅާނުލާ! ކިހިނެއް ހާލު؟" ޝިނާން ބޭނުންވީ އެހެން މަޢުޟޫއަކަށް ވަންނާށެވެ.

"ރަނގަޅު! ތީނަގެ ހާލު ކިހިނެއް؟" "ތީނައޭ؟" ޝިނާނު ގާތަށް އައީ ލާނެއް ހިންޏެކެވެ.

"ކީއްވެ ތިހެނީ؟" އަންހެން ކުއްޖާ ރަކިވާޮގތްވި އެވެ. "ކަމެއް ނުވޭ! ތީނައޭ ބުނީމަ ހަމަ ހިނިއައީ. އެނގޭތަ؟

"ތީނަ" އެއީ ދިވެހިބަހުގައި ޮއންނަ ލަފުޒެއް ނޫނޭ!""އެކަމަކު ކަލޭ ކިޔަން އަހަރެން ވަރަށް ފޫހިވޭ!"

"އެހެންވީރު ނަމުން ކިޔާ! އަހަންނަށް ކިޔަނީ ޝިނާން." ޝިނާން ސަލާމަށް އަތް ދިއްޮކށްލި އެވެ. "ޮކންނަމެއް ކިޔަނީ؟"

"ޝިމްލާ!" ޝިމްލާ ހިނިތުން ވެލަމުން ޝިނާނާ ސަލާން ޮކށްލި އެވެ.

"ވަރަށް ގާތް ރަޙުމަތްތެރިއަކަށް ޝިމްލާ ހަދަން އަހަރެން ބޭނުން."

"ތިހެން ހަދައިދީފިއްޔާ ވަރަށް އުފާވާނެ" ޝިމްލާ ހިނިތުންވެލި އެވެ. އެވަގުތު އެ ހިނިތުންވުމުގައި ހުރި ޖާދޫގެ ބާރުން ޝިނާނުގެ އެތެރެ

ހައްޓަށް ޮލޅުންއެރި އެވެ. ނާރުތަކަށް ބާރު ކުރި އެވެ. ލޭގެ ހިނގުމަށް ބަދަލުގެނުވި އެވެ.

އެދުވަހަށްފަހު ޝިމްލާއާއި ޝިނާނަކީ ގާތް ދެ އެކުވެރިންނެވެ. އެހެނަސް މި އެކުވެރިކަން އެޮގތުގައި ދެމި ޮއތީ ކުޑަ ދުވަސްޮކޅަކު އެވެ. އެގުޅުން މުޅިން އެހެން ދިމާއަކަށް މިސްރާބުޖަހައިފި އެވެ. އެއީ އެންމެ

ފުރަތަމަ ދުވަހުވެސް ޝިނާނު ބޭނުންވި ޮގތެވެ. އޭނާ ބޭނުންވަނީ ޝިމްލާ ޮގވައިގެން ޯލބީގެ މަގުގައި ދަތުރު ކުރާށެވެ. ޯލބީގެ ލިސްޓުގައި އެ ދެނަން

ހިމަނާށެވެ. ދެތިން ހަފުތާތެރޭގައި އޭނާ އެކަން ކާމިޔާބުޮކށްފި އެވެ.

ޝިމްލާގެވެސް ރުހުމާއެކުގަ އެވެ.ޝިނާނާއި ޝިމްލާގެ ގުޅުމަށް ޝިނާންގެ މައިން ބަފައިންގެ ރުހުން ލިބުނީ ކުޑަވެސް ދެޮކޅުވެރިކަމެއް ނެތި އެވެ. ޝިމްލާގެ ކިބައިން ފެންނަމުން ދިޔަ ރިތި މާތް ސިފަތައް އެ ދެމަފިރިންގެ ހިތް ފަތަޙަކުރީ އެއްވެސް ހުރަހަކާ ނުލައެވެ. އެހެންކަމުން ޝިނާންމެންގެއަކީ ޝިމްލާގެ ވެސް ގެ ކަމުގައި ވެގެން ހިނގައްޖެ އެވެ. އޭނާ އެގެއަށް އަންނާކަށް، އެނބުރި ދާކަށް ވަކި ދުވަހެއް، ވަކި ވަގުތެއް ޯނވެ އެވެ. ޝިނާން އުޅުނަސް ނޫޅުނަސް ވެހެވެ. ޝިނާންގެ

މަންމައާއެކު އޭނާ ވަގުތުތައް ހޭދަކުރަނީ އަމިއްލަ މަންމަ ކަމުގައި ދެކިގެންނެވެ. މަސައްކަތުގައި ބައިވެރިވަނީ އޭނާގެ އަމިއްލަ މަސައްކަތް ކަމުގައި ދެކިގެންނެވެ.ޝިނާނާއި ޝިމްލާ އުޅެމުން އައީ ވަރަށް އަރާމާއި އުފަލުގަ އެވެ. އެހެނަސް މި އުފާވެރިކަން ދެމިގެން ދިޔައީ ދުވަސް ޮކޅަކަށެވެ. ޝިނާންގެ

އާއިލާއަށް ކުރިމަތިލާން ޖެހުނީ ބަރުދާސްތު ކުރަން ދަތި ފުން ހިތާމައަކާ އެވެ. އެއްރެއެއްގެ އިރާޮކޅު ގޭތެރެއިން ފެނުނީ ފާޑެއްގެ ލިޔުމެކެވެ. އެ ލިޔުން ފުރަތަމަ

ފެނުނީ އޭނާގެ މަންމަ އަށެވެ. ލިޔުން އެޑުރެސް ޮކށްފައިވަނީ ވެސް މަންމަ އަށެވެ.

އެ ލިޔުމާމެދު އެއްވެސް ވަރަކަށް އޭނާ ސީރިޔަސްއެއް ނުވި އެވެ. އެކަން އެނގުނީ އެއްވެސް މީހެއްގާތު އެވާހަކަ ބުނެފައި ނުވާތީ އެވެ. ނަސީބު ދިމާކުރިޮގތުން އޭރު އޭނާގެ ބައްޕަވީ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގަ އެވެ.

އެއްޗެއް ބުނަންޏާ ބުނަން ހުރީ ޝިނާނެވެ. އެހެނަސް އެކަހަލަ ވާހަކައެއް ދައްކައިގެން ޝިނާންގެ ސިކުނޑި ހާސްކުރުވަން އޭނާ ބޭނުން ނުވީކަމަށް ވެދާނެ

އެވެ. ކިތަންމެ އާދައިގެ ޮގތަކަށް އޭނާ އެކަން ސިފަ ކުރި ނަމަވެސް އެކަން ވެގެންދިޔައީ ޮބޑު ކަމަކަށެވެ. ޖެހިގެން އައިރޭ އޭނާއަށް ޖެހުނީ މަރާ

ކުރިމަތިލާށެވެ. ރަހުމެއް ނެތް އަނިޔާވެރި އަތަކުން އޭނާ ވަނީ ކަތިލާލާފަ އެވެ. އެ ނުރައްކަލުން ސަލާމަތް ވުމަށް އޭނާ އެއްވެސް ކަމެއް ޮކށްފައިވާކަމެއް

އެނގޭކަށް ނެތެވެ. އެހެންކަމުން މިކަމުން ދޭހަވަނީ އޭނާއަށް ހަމަލާ ދީފައި އެވަނީ ނިދާފައި ޮއއްވާ ކަމެވެ.

ސިފައިން މައްސަލަ ތަޙުޤީޤު ކުރި އެވެ. އެހެނަސް ތުހުމަތު ކުރެވޭ މީހަކުނެތެވެ. މައްސަލައައިގެން ކުރިއަށް ދިޔުމުގެ މަގެއް ތަނަވަހެއް ނުވި އެވެ. އެންމެ ފަހުން ޖެހުނީ މައްސަލަ ދޫޮކށްލާށެވެ. ވަގުތީޮގތުން ނަމަވެސް ފައިލް

ލައްޕާލާށެވެ. ޝިނާންގެ އާއިލާއަށް ލިބުނު ހިތާމައަށް ލުޔެއް ލިބުމަށް ދުވަސްތަކެއް

ނެގި އެވެ. މަންމަ ނެތުމުން ލިބުނު ފަޅުކަމާއި އެކަނިވެރިކަން ފޫބެދޭޮގތެއް ނުވި އެވެ. އެ ހިތާމައިގައި ޝިނާން ޮމޔަނުވީ ޝިމްލާގެ ފަރާތުން ލިބުނު

އަޅާލުމާއި ހިތްވަރުގެ ސަބަބުންނެވެ. ގާތްކަމާއި ޯއގާވެރިކަމުގެ ޮބޑުކަމުންނެވެ. މިކަމުގެ ސަބަބުން، ޝިނާން ހަމައަކަށް އެޅެމުން އައި އިރު، އޭނާގެ ހިތުގައި

ޝިމްލާއާމެދު އުފެދިފައިވާ ޯލބި އެތައް ގުނައަކަށް ވަނީ އިތުރު ވެފަ އެވެ.ލިބުނު އެކަނިވެރިކަމާއި ފަޅުކަމުގެ ސަބަބުންނާއި ބައްޕަގެ އެދުމުގެ މަތިން ޝިނާން ގަސްދުކުރީ ވީ އެންމެ އަވަހަކަށް ޝިމްލާއާ ކައިވެނި ކުރާށެވެ. މަންމަ ނެތުމުން ލިބުނު އުނިކަން ފޫބައްދާކަށް ނޫނެވެ. ފޫބެއްދޭނެތީ އެއްވެސް

ނޫނެވެ. ޮކންމެވެސް ވަރެއްގެ ހައްލަކަށް ވާނޭކަމަށް ފެންނާތީ އެވެ."ކައިވެންޏޭ؟ ހާދަ އަވަހަކަށް." ޝިމްލާ އަކަށް އެ ވާހަކަ ކަމަކު

ނުދިޔަ އެވެ."ބައްޕަ ބޭނުންވަނީ ލަސްނުޮކށް ކައިވެނި ކުރަން." ޝިމްލާގެ

ޮކނޑުމަތީގައި ޝިނާން އަތް ބާއްވާލި އެވެ."ކައިވެނި ކުރަންވާނީ އެކަމަށް ތައްޔާރުވެސް ވެގެން. ކުއްލިއަކަށް

ކުރީމަ ޮކން މަޖަލެއް ވާނީ. އަދި މަޑުޮކށްލާނީ ޯދ!""ޯއކޭ! އަހަރެން ބައްޕަގާތު ތިވާހަކަ ބުނާނަން. ބައްޕަވެސް ޯއކޭ ވާނެ."

"ކައިވެނި ނުކުރިޔަސް ޝިނާންގެ އެއްވެސް ކަމަކަށް )ނުނިމޭ(

Page 32: Sun Magazine

32

އަޅުގަނޑުމެން ވާން ޖެހެނީ ޮކންކަހަލަ ބަޔަކަށްޯތއެވެ؟

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

މުޖުތަމަޢުގައި އެ ބަޔަކަށް ޚާއްސަ މަޤާމުތަކެއް ލިބިފައިވާ އެތައް ބަޔަކު ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މަޤާމަކީ އެ ބަޔަކަށް ވަކީން މަންފާ

ހުރި، އެހެން މީހުންނަށް އޭގެ ލާބަ ކުޑަ މަޤާމުތަކެއްކަން ވެސް އިޙުސާސްވެވަޑައިގަންނަވާނެއެވެ. މި ދެންނެވި ފަދަ މީހުންނަށް

މަޤާމުތައް ލިބިފައި ވުމަކީ ދުޅެހެއި މުޖުތަމަޢަކަށް ވަރަށް ވެސް ޮބޑު ނުރައްކަލެކެވެ. ކިތަންމެހައި ވެސް ބިރުގަންނާން ޖެހޭ ބައްޔެކެވެ.

އަމިއްލަފުޅަށް ވިސްނައިވަޑައިގެން ބައްލަވާށެވެ. ޤައުމުގެ އިޖުތިމާޢި ރައްކާތެރިކަން ގަރަންޓީޮކށްދޭ އިދާރާގެ އެންމެ އިސްޮކށްހުރި މީހަކީ ފަސާދައިގެ ފަސްމަންޒަރެއް ޮއތް މީހެކެވެ.

އޭނާއާ ގުޅިގެން މިހާރު ވެސް ދެކެވެމުން ދަނީ ފަސާދައިގެ ޢަމަލުތަކުގެ ވާހަކައެވެ.

އެހެން ކަމުގައި ވާ ނަމަ ސާބިތު ވަނީ އޭނާގެ މަޤާމު ބޭނުންކުރެވެމުން ދަނީ ހުއްދަ ނޫން

ފައިދާތަކެއް ލިބިގަތުމަށްޓަކައި ކަމަށް ޯތއެވެ؟ ނުވަތަ އަމިއްލަ އެދުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްޮކށްދިނުމުގެ ޮގތުން ކަމަށް ޯތއެވެ؟

އިންތިޚާބީ ދާއިރާއެއް ތަމްސީލުކުރަން ސިޔާސީ މަޤާމެއްގައި ހުންނަ މީހަކު މަސައްކަތްކުރަމުން ގެންދަނީ އޭނާގެ ޖީބު ބަރުކުރުމަށެވެ. އޭނާގެ

އަރައިދުއްވާ ނުވަތަ ފުރައިދުއްވާ ތަކެތީގެ ޙާލަތަށް ހެޮޔ ބަދަލުތަކެއް ގެނައުމަށެވެ. އޭނާގެ އެކުވެރީންނާއި ގާތްތިމާގެ މީހުންނާއި ޘަނާކިޔާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށެވެ. އޭނާގެ

އިންތިޚާބީ ދާއިރާގެ ރައްޔިތުންގެ އެންމެ އާދައިގެ އަސާސީ ބޭނުންތަކާމެދު ވެސް ވަނީ އަޅައިނުލައި

ދޫޮކށްލައިފައެވެ. އެހެން ކަމުގައި ވާ ނަމަ އޭނާއަކީ އަމިއްލަ އެދުމެއް ނެތް، ޢާއްމު ރައްޔިތުންގެ ޚާދިމެއްޯތއެވެ؟

އިސްވެދެންނެވި ބާވަތުގެ ކަންތައްތައް ފިޔަވައި ވެސް އެކަމެއްގެ ހަމައެކަނި ނަމާ ގުޅިގެން ވެސް ޒިންމާއާއި މަސްއޫލިއްޔަތުގެ ތަސައްވުރުތަކެއް އުފެދިގެން އަންނަ އެތައް ކަންތައްތަކެއް ހުރެއެވެ. އާދޭހެވެ. ޤައުމެއްގެ ރަށްވެއްސަކަށް ވުމެވެ. އާމްދަނީ ޯހދުމަށްޓަކައި މަސައްކަތެއް ޚިޔާރުކުރުމެވެ.

ކިޔަވައިދިނުމާއި ތަރުބަވީ ޒިންމާތައް އަދާކުރުމެވެ. މި ދެންނެވި ބާވަތުގެ ކަންތައްތަކާމެދު ޚިޔާލުޮކށްލާއިރު ވެސް ޮކންޮކން ކަމަކުން

ފައިދާކުރަމުން ދަނީ ޮކންޮކން ބަޔަކަށް ކިހާވަރަކަށް ކަން ދާދި ފަސޭހައިން ބަލައިލެވިދާނެއެވެ. ޤައުމެއްގެ ރައްޔިތެއްގެ މަސްއޫލިއްޔަތަކީ އެ ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމުގައި އޭނާގެ ދައުރު އަދާކުރުމެވެ. އެކަމަކު އޭނާގެ މަސައްކަތަކީ ޤައުމުގައި ފިތުނަ ފަސާދަ އުފެއްދުމާއި

އަމަން އަމާންކަން ނަގައިލުން ކަމުގައި ވާނަމަ އޭނާއަކީ އޭނާގެ ޙަޤީޤީ މަޤާމަކީ ޮކބައިކަން ރޭކާނުލާ މީހެކެވެ. މި ބާވަތުގެ

ފަސްމަންޒަރުތަކަށް އިންސާފުވެރި ނަޒަރަކުން ބަލައި އެއްޗެއް ދަންނަވާ ނަމަ އަޅުގަނޑުމެންގެ ތެރެއިން ޮކންމެ މީހަކު ވެސް ވާން ޖެހޭނީ

އަޅުގަނޑުމެންގެ އަމިއްލަ ޒާތަށް ވެސް ފައިދާ ހުރި މީހަކަށެވެ. އަދި އެއަށްވުރެ މާ ޮބޑަށް އަޅުގަނޑުމެންގެ މުޖުތަމަޢަށް ލާބައާއި މަންފާ ހުރި

މީހަކަށެވެ. އާދޭހެވެ. އަޅުގަނޑުމެން ވާން ޖެހޭނީ މާތްهللا ޯލބިވެޮވޑިގެންވާ މީހުން

ކަމުގައެވެ. އެކަލާނގެ އަޅުތަކުންވެސް ރުހި ޤަބޫލުވާ ބަޔަކު ކަމުގައެވެ. މާތްهللا ގެ

ރުހިޮވޑިގަތުން ޯހދުމަށްޓަކައި ބޭނުން ވަނީ އަޅުގަނޑުމެން އަބަދުވެސް ރީތި ޚުލުޤުތަކުގައި ސާބިތުވެތިބުމެވެ. ތެދުވެރިކަމުގައި ތިބުމެވެ.

އީމާންކަން ވަރުގަދަކުރުމެވެ. ތިމާ ކުރާ ޮކންމެ ކަމަކާއި، ތިމާ ބުނާ ޮކންމެ ބުނުމެއްގައި

ވެސް އަމާޒަކީ މާތް هللا ގެ ރުހިޮވޑިގަތުމާއި، އެކަލާނގެ ޙަޟުރަތުގައި ޮލބުވެތި މަޤާމެއް ލިބުން ކަމުގައި ހެދުމެވެ. މީސްތަކުންގެ ހިތްތަކުން ތިމާޔަށްޓަކައި ޖާގައެއް ޯހދަން އުޅުމުގެ ބަދަލުގައި އަނެކުންގެ ފުށުން

ތާރީފަކަށް ނުވަތަ ޝުކުރަކަށް އެދުންވެރިނުވެ ޚިދުމަތުގެ ރޫޙުގައި ޚިދުމަތްކުރުމެވެ. އަނެކުންނަށް ލިބިފައިވާ ނިޢުމަތާއި

މަޤާމާ މެދު ތިމާގެ ހިތުގައި ކުޑަވެސް ދަހިވެތިކަމެއް ނުބޭއްވުމެވެ. ތެދުފުޅެކެވެ. ތިމާ ދުނިޔޭގައި ދިރިހުރެމެ، ދުނިޔޭގެ

ލައްޒަތްތަކުން ތިމާ ލިބިގަންނަ ބައި ކުޑަޮކށް އެހެން މީހުންނަށް ފައިދާ ލިބޭ މިންވަރު އިތުރުޮކށްދޭން މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތިމާގެ ކިބައިގައި މި ކަހަލަ ޖަޒުބާތެއް ހޭލައްވައިލުމަކީ

އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް އުހަށް އަރައިގެން ޮބންތިއެއް އަތުލުމެވެ. ޝައްކެއް ނެތެވެ. އިންސާނީ ޙައްޤުތައް އަދާކުރުމަކީ ވަރަށް

އުސް ކުންނަކަށް ވާސިލުވުމެވެ.

އާދޭހެވެ. އަޅުގަނޑުމެން ވާން ޖެހޭނީ މާތްهللا ޯލބިވެޮވޑިގެންވާ މީހުން ކަމުގައެވެ. އެކަލާނގެ

އަޅުތަކުންވެސް ރުހި ޤަބޫލުވާ ބަޔަކު ކަމުގައެވެ.

Page 33: Sun Magazine

33

Page 34: Sun Magazine

34

Page 35: Sun Magazine
Page 36: Sun Magazine